ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ލާން ގޮސް ތިބި ބަޔަކު ކިޔޫ ނަންބަރު ބަލަނީ: 7000 ފްލެޓް ލިބޭ މީހުން ކުރީގެ ސަރުކާރުން ކަނޑަ އެޅި ނަމަވެސް ޝަކުވާތަކާ ހެދި މި ސަރުކާރުން ވަނީ ހުރިހާ ފޯމުތަކެއް އަލުން އިވެލުއޭޓްކޮށްފައި.
01 ޑިސެމްބަރ 2020 - 20:51
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް އެދުނު އެޗް7 ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބަލައި ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު މިރޭ އާއްމުކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ 12 ކެޓަގަރީން 25،000 މީހުން ފޯމުލިއިރު، އެންމެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދުނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލި އެޗް7 ކެޓަގަރީން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ކެޓަގަރީއަށް 8000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
ހުޅުމާލެ އިން 805 ފްލެޓް ކަނޑައަޅާފައިވާ މި ކެޓަގަރީން ހުށަހެޅި ފޯމުތައް ފްލެޓް ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހު، ވަގުތީ ދެ ލިސްޓެއް ނެރެފައިވެ އެވެ. އަދި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު ވެސް ވަކިން ނެރެފައިވެ އެވެ.
މި ކެޓަގަރީއަށް ކުރިމަތިލީ މީހުންގެ ތެރެއިން 1،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ކުރިން ވެސް މި ކެޓަގަރީ އަށް ޝަރުތު ހަމަނުވާ ގިނަ ބަޔަކު ކުރިމަތިލައި ފްލެޓް ލިބުނު ކަމުގެ ޝަކުވާ ބޮޑެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެޗް7ގެ ވަގުތީ ލިސްޓަށް މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ އެވެ. ދާއިމީ ލިސްޓް ނެރޭނީ ވަގުތީ ލިސްޓަށް، https://hcp.presidency.gov.mv/ މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންގެ ލިސްޓުތައް ކުރީގެ ސަރުކާރުން ވަނީ އާއްމުކޮށް، ފްލެޓް ލިބުނު ކަމުގެ ކަށަވަރު ލިއުން ވެސް ދީފަ އެވެ. އެ ލިއުމަށް ބެލުމެއް ނެތި މި ސަރުކާރުން އެކުލަވާލަމުން އަންނަނީ މުޅިން އާ ލިސްޓެކެވެ. އެކަމަކު ހިޔާ މަޝްރޫއުގެ ހުރިހާ ފޯމެއް ވެސް އިވެލުއޭޓް ކުރަމުން އަންނަނީ ޔާމީންގެ ސަރުކާރުން ކަނޑައަޅައި އިއުލާންކޮށްފައިވާ މާކްސް ދިނުމުގެ މިންގަނޑާ އެއްގޮތަށް ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.
މިހާތަނަށް ވަނީ، ފަސް ކެޓަގަރީއަކުން ވަގުތީ ލިސްޓު އާއްމުކޮށްފަ އެވެ. އެއީ، ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ދަފްތަރު ކެޓަގަރީގެ ލިސްޓެވެ.
ކުރީގެ ސަރުކާރުގައި ފްލެޓްތައް ދީފައިވާ ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އެ ކްރައިޓީރިއާގައި ހިމެނި ދިރިއުޅުމުގެ ހާލަތުގެ ބައިން މާކްސް ދީފައިވާ ގޮތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ގޭގެ އަށް ނުގޮސް ދިރިއުޅޭ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާކުރި އެވެ.
ފްލެޓް ކޮމިޓީން ވެސް ބުނެފައިވާ ގޮތުގައި އޭރު ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ހިމަނާފައި އޮތް އިރު އެ ޕޮއިންޓް ދިން އުސޫލެއް ސާފެއް ނޫނެވެ. އެކަމަކު މިފަހަރު އެ ޕޮއިންޓް ދިނީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިގެން ކަމަށް އެ ކޮމިޓީން ބުންޏެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ލިސްޓު އެކުލަވާލަމުން އަންނައިރު ކުރީގެ ސަރުކާރުން 7،000 ފްލެޓަށް ހުޅުވާލިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ފިހާރަތައް ފަދަ ޒަރޫރީ ބޭނުންތަކަށް މި ސަރުކާރުން ހުސްކުރުމުން އެ މަޝްރޫއުގައި ފްލެޓުގެ އަދަދަކީ މިހާރު 6،720 އެވެ. މި ފްލެޓްތައް އަންނަ އަހަރުގެ މާޗް މަހު ހަވާލުކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ފްލެޓްތައް ހަވާލުކުރަން ނިންމާފައި ވަނީ ފިނިޝިން ނުނިންމަ އެވެ. އެކަމަށް ވަކި މުއްދަތެއް ފްލެޓް ލިބޭ މީހުންނަށް ދޭން ނިންމާފައިވާއިރު، އެ މުއްދަތުގައި ކުއްޔެއް ނުނަގާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުހުދު
02 December 2020
މި ލިސްޓްގައި ތިބި އެންމެންނަށް ތޯ ފްލެޓް ލިބެނީ.
މުއި
02 December 2020
އަޅުގަނޑު އަތުގައި ކުރީގެ ސަރުކާރުން ދީފައިއޮތް ދައުލަތުގެ ނިޝާން ޖެހި ލިޔުމެއް އެބައޮތް. މިސަރުކާރުން ބެލިއިރުވެސް ޝަރުޠު ހަމަވޭ. އެކަމަކު ފުލެޓުދޭން ކަނޑައެޅި އަދަދުގައި ލައްވާނުލީ. ސުވާލަކީ އަޅުގަނޑަށް ފުލެޓު ނުލިބުނީ ކީއްވެހޭ؟ އަޅުގަނޑުގެ ކުށަކީ ކޮބައިހޭ؟ ސަރުކާރުންދޭ ލިޔުމަށް އިތުބާރުކުރަންވޭހޭ؟ މިކަމުގައި ޒިންމާވާންޖެހެނީ ކާކުހޭ؟ ދެން އަޅުގަނޑު ކަންތައްކުރަންވީ ކިހިނެއްހޭ؟
ސަކުވާ
02 December 2020
ދިރިއުޅުމުގެ ހާލަތު މި ބަލާ މިންގަޑް އެއްގޮތަކަށް ވެސް ނޭގުނި 8ފޫޓް 8ފޫޓް ކޮޓަރި ގަޑެއްގަ ކަންކާ ކައިގެން ދަރިން ގޮވައިގެން ދެމަފިރިން އުޅޭއިރުވެސް ކުރިން ލިބުނި ވަރަށް ވެސް ފޮއިންޓް މިފަހަރު ނުލިބޭ
ގުދުގުދާ ބެއްޔާ
02 December 2020
ތިޔަ ލިސްޓްގައި ގިނަ ވާނީ ރައްރަށުގެ ވަޒަންވެރިން! މާލެ/ ހުޅުމާލެއިން ފުލެޓް! ރަށުގަ މައިންބަފައިންގެ ފަޅުރަށެއްވަރު ގޯތި، ތިމާގެ ގޯތި ގެސްޓްހައުސް އަޅަން ކުއްޔަށް ދީފައި މާލެއައިސްމިބުނަނީ ފުލެޓްވެސް ދޭންޖެހޭނީ އެމީހުންނަށޯ؟. މިއީތޯ އެބުނާ އެމީހުން ނުލިބިގެން ސަކުވާކުރާއިންސާފަކީ؟
އަލީ
02 December 2020
ތި ކޮމެޓީގައި ޕޮއިންޓް ދޭން ތިބީ ކޮންއެއްޗެއް ބަލައިގެން ކިޔައިގެން ޕޮއިންޓު ދޭ ބައެއްތޯ. ވަޒީފާގަ ނޫޅޭމީހުންނައްވެސް 15 ޕޮއިންޓު ފިރިމީހާއައް ފުލެޓް ލިބިފަ ހުއްޓަސް މިފަހަރު އަންހެންމީހާއައް ފުލެޓް. ފުލެޓް ކޮމިޓީގަ ތިބިމީހުން ތިބީ ކަނު ބައެއްބާ.
ެެސސސފފދ
02 December 2020
ކޮއްކޯ މިއީ ވަގުތީ ލިސްޓެއް! ދާއިމީ ލިސްޓް ނެރޭއިރު ދެމަފިރިން ތިބި ނަމަ ކޮންމެވެސް އެކަކަށް ލިބޭ ގޮތަށް ބަދަލުކުރާނެ!
ލަޔަން
02 December 2020
ހުސް ވަޤުތީ ލިސްޓް ... ހެހެ
ޢުނބު ޝޭމް
02 December 2020
މިބޭކާރު ކޮތަރުވެސް ދިރިއުޅެން ކަ މުނުދާ ކޮއްޓާ ހާދަވަރަކަށް ބަޔަކު ހިފަނީ
މޮޔަބެ
02 December 2020
މިމީހުން 5 އަހަރު ވަންދެން ދޭނެ ފްލެޓް ޔާމީން ހަދައިދީފި. މިމީހުންވެސް ބުނާނެ ދޯ ތިމަންނަމެން ފްލެޓް ދިނީމޭ. ވައިސަރީ!!!!!!!!
ސަންފައްތަ
02 December 2020
މީން އެއްވެސް ލިސްޓަކުން މަގޭ ނަމެއް ހޯދާ ހޯދާ ނުފެނުނު. ގައިމު ކޮންމެވެސް އެއްލިސްޓެއްގަ އޮންނަންވާނެތާ. ޝަކުވާ ނުކުރާނެ ގޮތަކީ ނެތްގޮތެއް.
ދޮންފަ
02 December 2020
މީގެ ކުރިން އައިޑީ ކާޑް ގެ ނަންބަރު ޖަހައިގެން ފުލެޓް ލިސްޓް ނެރުނީތީ ގޯސްވީ . ބަޔަކު މީގަހިފާދަމާފާނެތީ ތަ ނަން އެޑްރެސް ނުޖަހާ އައިޑީކާޑް . ފޯމް ނަން ބަރު ޖަހާ ލިސްޓް ތިނެރުނީ މިބަޔަކު ކުރީގަ މީގަ ހިފާ ބަޔަކު ދަމައިގެން ވެސް ނުވޭ . ހުރިހާކަމެއް މިޖެހެނީ އަމިއްލަ އަނގަތަކަށް .