ހެޕީ މާކެޓް ފިހާރަ. ކުކުޅުގެ އަގު ވަނީ ހެޔޮކޮށްފަ--
03 ޑިސެމްބަރ 2020 - 12:44
ހެޕީމާކެޓުން ވިއްކާ ކުކުޅު ހޯލް ސޭލްކޮށް ގަންނަ ފަރާތްތަކަށް ވަރަށް ބޮޑަށް އަގު ހެޔޮކޮށްފި އެވެ.
ހެޕީމާކެޓުން މިހާރު ކުކުޅު ކިލޯއެއް 33ރ. އަށް ލިބޭނެ އެވެ. ދުނިޔޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓޭ ނަމަ، އެ އަގުތައް އަންނަ އަހަރު ރޯދަ މަސް ނިމެންދެން ހިފެހެއްޓޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. ހެޕީމާކެޓުން ގަނޑުކުރި ކުކުޅުގެ ފަސް ސައިޒެއް ހޯލްސޭލް ކުރަމުންދެ އެވެ. އެއީ 800 ގްރާމް، 900 ގްރާމް، 1000 ގްރާމް، 1200 ގްރާމް އަދި 1400 ގްރާމް އެވެ.
މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ އަދި ކުޅުދުއްފުށީ ސިޓީގައި ހުންނަ ހެޕީމާކެޓްގެ ފިހާރަތަކުން ގަނޑުކޮށް މުދާ ގަންނަ މީހުންނަށް އިތުރު އަގަކާއިނުލައި ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.
ހެޕީމާކެޓުން ވިއްކާ ކުކުޅު: އަންނަ ރޯދަ މަހާ ހަމަޔަށް މިހާރުގެ އަގުތަކުގައި އަގުތަކުގައި ކުކުޅު ލިބޭނެ
ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަން ބޭނުންވާ ނަމަ، ހެޕީމާކެޓަށް 7993523 ގުޅުމުން އޯޑަރު ނަގައިދީ، ރަށު ބޯޓަށް ޑެލިވަރީގެ ހިދުމަތް ދެ އެވެ.
ރަށްރަށުގެ ވިޔަފާރިވެރިންނަށް މާލެ ނައިސް، ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް ގަތުމުގެ ފުރުސަތު އެ ފިހާރައިން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މެދުރާއްޖޭގެ ރަށްތަކަށް މާލެ އަދި ހުޅުމާލެ އިން، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އައްޑޫން އަދި އުތުރުގެ ރަށްތަކަށް ކުޅުދުއްފުށީގައި ހުންނަ ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުން ތަކެތި ލިބޭނެ އެވެ.
އެ ފިހާރައިން ބުނީ އަންނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް ގިނަ ބާވަތްތަކެއްގެ މުދާ އަގު ހެޔޮކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާށި
03 December 2020
ކުކުލު ފިހާރައިގެ ނަމުގައި ހިންގަމުން އައްނަ ތަނުން ބޮޑައްއަގު ހެޔޮވާނެ. އެކަމު އެތަނުން ނަމަ ނަމަ ފުރޯޒެން ފުރެންޗު ފުރައިސް ނުގައްނާތި. އެކައިގެން ކިރިޔާ ހޮޑުނުލެވުނީ
ކަންމަތީ ސޭޓް
04 December 2020
ދުވަހަކުވެސް ލިސްޓަށް ތަކެތި ހަމަނުވާތަނެއް ތިކިޔާ ކުކުޅު ފިހާރައަކީ ބިލްހަދާފަ ކޭސް ޓުރާންފާ ކުރާފަހުން އެނގެނީ ބައެއްތަޖެތި ނުހުންނަކަން
ގާގާ
03 December 2020
އަގުބޮޑުވި އިރު އަގު މަތިކުރި 40ރ. އެއީ 120ރ ވިއްކި 2.5 ކގ ބޯންލެސް ކުކުލު ފަހުން ވިއްކީ 160. ކިހާ ވަރެއް ތަ މީގެން އަގުހެޔޮކުރީ.
އަމާނާ
03 December 2020
ހެޕީ މާރކެޓްގެ ވެރިންނަށް ﷲ ހެޔޮ ޖަޒާދެއްވާށި، ވިޔަފާރީގައި ބަރަކާތް ލައްވާށި....... މައްސަލަޔަކީ ހޯލްސޭލް އަގު ކިތައްމެ ހެޔޮކުރިޔަށް އިމްޕޯރޓް ޑިއުޓީގެ ގޮތުގައި އަދި ޖީ އެސް ޓީ ގެ ގޮތުގައި ދަވްލަތައް އެއްވެސް މިންވަރެއް ނުނަގާއިރުވެސް ރިޓެއިލް ޝޮޕްތަކުން އާއްމުންނަށް އެއްވެސް ބާވަތެއްގެ މުދަލެއް އެއްވެސް ވަރަކަށް އަގު ހެޔޮނުކުރާކަން .. ތަރުކާރީ އާ މޭވާގެ ބާވަތްތަކުގެ އަގުތައް ހުންނަގޮތުން އާދައިގެ އާމްދަނީއެއް ލިބޭ ރައްޔިތު މީހާއައް ނުކެވޭނެއް އެ.