10 ޑިސެމްބަރ 2020 - 07:39
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ އުސްމިނާ މެދު އެ ފަރުބަދަ ހިއްސާކުރާ ނޭޕާލާއި ޗައިނާއިން އެތައް އަހަރެއް ވަންދެން އޮތް ހިޔާލު ތަފާތުވުން އެއްފަރާތްކޮށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ދެ ގައުމުން އެއްބަސްވެފައިވާ ގޮތުގައި އެވަަރެސްޓް ނޭޕާލާއި ޗައިނާގެ ފަޅިން ވަޒަންކުރި ނަމަވެސް އުސްމިނަކީ 8848.86 މީޓަރު (29,032 ފޫޓް) އެވެ. ފަރުބަދައިގެ ކުންނުގެ އުސްމިނާ މެދު 10 ވަރަކަށް އަހަރު ވަންދެން ބަހުސްކުރުމަށް ފަހު ދެ ގައުމުން ވެސް އާ އުސްމިނަށް ރަސްމީކޮށް އެއްބަސްވިކަން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ޗައިނާ އިން 2005 ގައި ކުރިއަށް ގެންދިޔަ ސާވޭއަކަށް ފަހު ބުނަމުން ދިޔަ ގޮތުގައި އެވަރެސްޓް ފަރުބަދައިގެ އުސްމިނަކީ 8,844 މީޓަރު (29,015 ފޫޓް) އެވެ.
A new height 8848.86 meters of Mt Sagarmatha/Zhumulangma was jointly announced by Nepal and China. The Presidents of Nepal and China exchanged letters on the event. The two Foreign Ministers Mr Pradeep Kumar Gyawali and Mr. Wang Yi unveiled the height pressing crystal balls. pic.twitter.com/l2UQAE0N8Z
— MOFA of Nepal 🇳🇵 (@MofaNepal) December 8, 2020
ނަމަވެސް ނޭޕާލުން ބުނަމުން ދިޔައީ ފަރުބަދައިގެ އުސްމިނަކީ 8,848 މީޓަރު (29,029 ފޫޓް) ކަމަށެވެ. ނޭޕާލުން އެ އުސްމިން ގަބޫލުކުރަމުން އައީ އިންޑިއާ އިން ފަރުދަބައިގެ އުސްމިން ސާވޭކުރަން 1955 ގައި ކުރިއަށް ގެންދިޔަ ސާވޭއަކަށް ރިއާޔަތްކޮށެވެ.
މިހާރު ދެ ގައުމުން އެއްބަސްވި ގޮތަށް ބަލާއިރު ފަރުބަދައިގެ އުސްމިނަށް ވަނީ 0.86 މީޓަރު އިތުރުވެފަ އެވެ.
ފަހުން ސައިންޓިފިކް ދިރާސާތަކެއްގައި ބުނެފައިވާ ގޮތުގައި 2015 ގައި ނޭޕާލަށް 7.8 މެގްނެޓިޓިއުޑްގައި އައި ބިންހެލުމުގެ ސަބަބުން އެވަރެސްޓްގެ އުސްމިނަށް ބަދަލުތަކެއް އައިސްފައިވެ އެވެ.
އެހެން ވިޔަސް ފަރުބަދައިގެ އުސްމިނާ މެދު މިހާރު ނޭޕާލާއި ޗައިނާ އެއްގަލަކަށް އަރާފައި ވަނީ ދެ ގައުމުން ފަރުބަދައާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ސާވޭތަކަށް ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު އެވެ. އެގޮތުން އެއްބަސްވުމަށް އައުމުގައި މައިގަނޑު ތިން ކަމަކަށް ރިއާޔަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ލެވެލިން އިންސްޓްރޫމަންޓާއި ގްރެވިޓީ މީޓަރާއި ޖީޕީސް އެވެ. އެގޮތުން އެ ތިން މެކޭނިޒަމް ބޭނުންކޮށްގެން ފަރުބަދައިގެ ސާވޭ ހަދައި ޑޭޓާ އެއްކޮށް އުސްމިން ދެ ގައުމުން ބަލައި، ކަށަވަރުކޮށްފައިވެ އެވެ
އެވަރެސްޓް ފަރުބަދަ އަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. އަދި އެ ފަރުބަދަ އަށް އެރުމަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަންދޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފާބް
10 December 2020
ޕެސިފިކް ކަނޑުގައި ހުރި ކުދި ޖަޒީރާ ބައެއް ރަށްތައްވެސް އެބަ އުފުލި ބޮޑުވާކަމަށް އެންމެ ފަހުގެ ދިރާސާތަކުން އެބަ ދައްކާ. ދުނިޔެ ހޫނުވެ ލޮނުގަނޑު އުސްވެގެން ރަށްތައް އަޑިއަށް ދާނެކަމުގެ މަޝްހޫރު ވާހަކައަށް އާ ޓްވިސްޓެއް އެއައީ. ރަށްތައް އަމިއްލައަށް ބޮޑުވާތީ އެވެރިން އަޖައިބުވެއްޖެ.
ގޯޕާލް
10 December 2020
މިއިންވެސް ދޭހަކޮށްދެނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް ތާކުންތާކުނުޖެހޭ ކަންކަމުގައި ޒުވާބުކުރުމުގައި ވަގުތާއި ރިސޯސަސް ބޭކާރުކުރާކަމެވެ. ސަޅި ތަންކޮޅަކީ ޗައިނާ އަދި ނޭޕާލްގެ މައްސަލައެއް އިންޑިއާގެ ރިސާޗަކަށްބިނާކޮށް ނިންމުމެވެ.
ސީޔާމްބެގ
10 December 2020
އަސްލު އެއީ އިގިރޭސިން ކުރި ދަ ގްރޭޓް ޓްރައިންގިއުލާ ސާވޭ އޮފް އިންޑިއާގެ ވާހަކަ. 1955 ގައި އިންޑިއާ އަކީ އިގިރޭސި އިސްތިއުމާރު ދަށުގައި އޮތް ތަނެއް.