ބީއެމްއެލް އިސްލާމިކް އިން މިވަނީ ތައުލީމަށް ހާއްސަ ފައިނޭންސިންއެއް ތައާރަފްކޮށްފައި--ފޮޓޯ:ބީއެމްއެލް
23 ޑިސެމްބަރ 2020 - 21:20
ބީއެމްއެލް އިސްލާމިކް އިން ތައުލީމަށް ހާއްސަކޮށް ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށްފި އެވެ.
ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން އިޖާރާގެ ދަށުން އެކުލަވާލާފައިވާ މި ފެސިލިޓީ އަކީ ސެޓްފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓާ ހަމައަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައާރަފް ކުރި ފެސިލިޓީ އެކެވެ.
އެޑިޔުކޭޝަން ފައިނޭންސިން މެދުވެރިކޮށް ޓިއުޝަން ފީ، ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ހަރަދުތައް ހިމަނައިގެން ޖުމްލަ ހަރަދުގެ 75 ޕަސެންޓާ ހަމައަށް ފައިނޭންސްކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ފައިސާ ދައްކާ ހަލާސްކުރުމަށް އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވެ އެވެ.
މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 ޕަސެންޓްގެ ރޭޓުގަ އެވެ. މި ފައިނޭންސިން އަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ކިޔަވާ ނިމުމަށް ފަހު އެވެ. ތައުލީމް ހާސިލްކުރުމަށް ޖުމްލަ ހިނގާނެ ހަރަދުގެ 25 ޕަސެންޓް ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ހަރަދު ކުރަން ޖެހޭނެ އެވެ. އަދި ރަހުނުގެ ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ 150 ޕަސެންޓަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެ އެވެ.
ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ މި ތައާރަފް ކުރި އެޑިޔުކޭޝަން ފައިނޭންސިން އަކީ އިސްލާމިކް ފައިނޭންސިން ފެސލިޓީއެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއް ކަމަށެވެ.
"ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް،" އޭނާ ވިދާޅުވި އެވެ.
Bank of Maldives
Download a BML Islamic Education Financing application and apply to BML Islamic Male’ branch or any other Branch located outside of Male’.
ބީއެމްއެލްގެ އިސްލާމިކްފެ އެޑިއުކޭޝަން ފައިނޭންސިންއަށް އެދުމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ލިންކް
އެޑިޔުކޭޝަން ފައިނޭންސިން އަށް އެދި ހ. ޒޮނޭރިއާގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެ އެވެ. އަދި އަތޮޅު ތެރެއިން ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް އެދި ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކޫރުބޭ
27 December 2020
"ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 ޕަސެންޓްގެ ރޭޓުގަ އެވެ". ބީއެމްއެލް އިސްލާމިކް ވީމަ މިއަށްވުރެ ތަފްސީލުކޮށް ބުނެދޭން ނުކެރެނީތަ.
މަކަރުވެރީން ހީލތްތެރީން
26 December 2020
މިކަމަށް ސަރުކާރުން ބަސް ނުބުނާނެ! ކޮލި ޗަމްޕާ އަށް ފައިދާ ނެތް ގޮތަކަށް ދިވެހިރާއްޖޭގެ ފައިނޭންޝަލް ނިޒާމު ނުހިންގާނެ. އެމްއެމްއޭ، ބީއެމްއެލް، އެމްއޭސީއެލް އެމީހުންގް މީހުން ބޯ ޑުތަކުން ކޮންޓްރޯލް ނުނަގާނެ ގޮތެއް ނޯވޭ!
ބީޔެމްޔެލް
25 December 2020
މިހާރުވެސް ނިކަން ލުއި އެކަމަކު ބަރުވެގެންވާ ބިރު ބޮޑު ބަރު ބިއަ ލޯނެއް ނެގި އެކަންކުރެވުނު މޮޔާގައި މިހުރީ. ކަނޑައަޅާ އެއްޗެހިވެސް ޑައިވިންގ ކޮށްގެން ހޯދޭއިރު މީގެ ޙަޤީޤަތެއް ޚިޔާލަށްގެނެސްގަންނަވެސް ނޭގޭ. ކުދިންނޭ! ހެޔޮ ނުވާނެ ނަމުގެ ކުރިއަށް "އިސްލާމް" ލައިގެން ތިޔަ ދައްކާވާހަކަތައް ނޫން ދެން ކޮންމެވެސް އެހެން ވާހަކައެއް ދައްކާ. އިސްލާމީ އިޤްތިޞާދު ކިޔަވައިގެން ހުރި ޖުއްބާލީ އަރަތްބެއް ތިޔަ ތަނުގެ ބޮޑަކަށް ނުގެނެހެއް ތިޔައިން ސަލާމަތްނުވާނެ. ހީނ!
ރައްޔިތުން ލޫޓުވުން
24 December 2020
150% ރަހުނު %11 ރިބާ އަހަރަކު؟ އިސްލާމީ ޝަރީޢާތޯ ހަމަތީ؟
އަޖައިބު ހައިރާން ވެއްޖެ
24 December 2020
150% ގެ ރަހުނެކޭ؟ ތިޔަށްވުރެ މާ އިސްލާމިކް ވާނެ އެމީހެއްގެ ނުވަތަ މައިންބަފައިން ނުވަތަ އެއްބަނޑު އެއްބަފާ މީހުންގެ ޕެންޝަން ފަންޑުގާ ހުންނަ ފައިސާ އިން ލޯނުގެ %100 މޯގޭޖް ކުރީމާ. ކިޔަވަން ލޯނު ނަގާ ފަރާތުގެ ދުވަސް ދުއްވާލާނެ ގޮތެއް ހޯދަން ޖެހޭތަ؟ ރަށުގޯތި އަގު 1 ލައްކަ! މާލެ/ހުޅުމާލެ ބިމުގެ އަގު 30 މިލިއަން! ނަގާ ލޯނާ ނުބައްދަލު ބޮޑު ރަހުނެއް ނެގުން އިސްލާމިކް އުސޫލްތަކާއި ޚިލާފް.
ދިލްމެހެރާ
24 December 2020
އިސްލާމް ކުރިޔަށް ލާފާ ރައްތުންނާ ބީރައްޓެހި އެކި ނަންދީގެން ރިބާ ހުއްދަ އެއްޗެކަށް ހަދަން އުޅުމަކީ މުނާފިގުންގެ ސިފައެއް. އިންޓުރެސްޓްގެ ގޮތުގައި އިތުރަށް 11% އިންޓްރެސްޓް ގޮތުގައި އަތުލާ ބަޔަކީ ރިބާ ނޫން ދެން ކޯޗެއްތޯ؟ ޙަމައެކަނި 11% އޭ ކިޔާފަ، އިންޓްރެސް އެ ލަފުޒު ބޭނުން ނުކުރައުމަކުން އަސްލަށް ވަކި ބަދަލެއް އާދޭތޯ؟
މަންތިޤް
24 December 2020
"މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 ޕަސެންޓްގެ ރޭޓުގަ އެވެ." 11 ޕަސެންޓްގެ ކޯއްޗެކޭ؟ އޯ... އިންޓްރެސްޓް ރޭޓް ދޯ. އެނުވާނެދޯ ރިބާއަކަށް.
ރިކާބީ
25 December 2020
ޢަދި އިންޓުރެސްޓެް އަށް ރިބާ ނޫންކަމަށް ދައްކަން ހީވަނީ ކޮންމެވެސް ނަމެއް ވެސް ހަދާނެހެން. ކޮންމެ ކަމެއްގައިވެސް މަކަރާ ހީލަތާ އޮޅުވާލުން އިސްކުރަނީ ނުބާކަން ބިޑުކަމުން. މިމީހުން މީ އަޅެފަހެ އިސްލާމުންބާ؟
ގަމު މީހާ
24 December 2020
އަސްލު ތި ތަޢާރަފް ކުރި އިރު އިސްލާމީ ޝަރީޢާ އަށް ފެތޭ ގޮތަކީ ކޮބައިކަން ބަޔާން ކޮށްދޭން ޖެހޭ..ނޫހުންވެސް ޚަބަރުންވެސް ބުނަނީ އިސްލާމީ ޝަރީޢާ އާ އެއްގޮތަށޭ..ގިނަ ދިވެހިން ގޮތަށް ނަމުން އިސްލާމް..ޢަމަލުން ކޮންމެ ގޮތެއް ވަރިހަމަ...އެހެންވީމާ އަދި އިސްލާމީ ޝަރީޢާއޭ ބުންޏަކަސް ތިކަން ޤަބޫލު ނުކުރެވޭ..
އިސްލާމް
24 December 2020
ތިތާ މުވައްޒަފުން ދޮގު ހަދަން މޮޅުވާނެ. ބުނާ އެއްޗެއް ދުވަހަކުވެސް ދިމާނުވާނެ.
އަޝްރަފު
24 December 2020
ތިޔޮތީ ފައިނޭންސެއްވެސް ނޫން ކޮށްދެވިފަ! ނަގަން ބޭނުންވާ އަދަދުގެ %150 ރަހުނު ކުރީމަ އިސްލާމީ އުސޫލަށް ފެތި ބާކީވެސް ވެފައި ތިޔައޮތީ!
އަލިބޭބެ
25 December 2020
އިސްލާމީ އުސޫލެއް ނޫން ބަދަލުގައި އެއެއްޗެއްގެ އަގަށް ވާވަރަށްވުރެ ބޮޑު އެއްޗެއް އަތުލުމަކީ. %150 އޭތޯ . އަޅެ ފަހެ ހައިރާނެއް ނުވާނެތަ؟ އިސްލާމިކް އޭ ކިޔާފަ ކޮންމެފަދަ ޖަރީމާއެއަ ވެސް ހިންގަފާ ނެހެންހީވަނީ މިވަރުން ދަންޏާ