ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ސަސް ފެންނަނީ ސަޕްރައިޒިން ޓީމެއްގެ ގޮތުގައި: ޝާޒް

ޓީސީގެ ޕްރެކްޓިހުގެ ތެރެއިން ޝާޒް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

25 ޑިސެމްބަރ 2020 - 10:43

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދައްކަމުންދާ ކުޅުމަށް ބަލާއިރު ފެންނަނީ ސަޕްރައިޒިން ޓީމެއްގެ ގޮތުގައި ކަމަށް މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ފުރަތަމަ މެޗުން ދަ ގްރާންޑޭ އަތުން ބަލިވި ނަމަވެސް ޓީސީން ވަނީ ދެ ވަނަ މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް ކުރިހޯދައިފަ އެވެ. ފުރަތަަމަ ޑިވިޝަނުގައި މި ފަހަރު އަލަށް ވާދަކުރާ ސަސްއާ ކުޅޭއިރު ޓީސީން މި މެޗުގައި ވެސް ކުޅެން ޖެހޭނީ ވިސްނުންތެރިކަމާ އެކުގައި ކަމަށް ޝާޒް ދެކެ އެވެ.

"މިހާތަނަށް ސަސް އަށް ބަލާލާއިރު އެ ޓީމުގެ ސެޓަޕަށް ބަލާއިރު ވަރަށް ވަރުގަދަ ކޮށް މުބާރާތުގައި ސަޕްރައިޒިން ޓީމެއް ގޮތު މި ފެންނަނީ،" ޝާޒް ބުންޏެވެ.

ޓީސީގައި ޒުވާން ސްކޮޑެއް އޮތް ނަމަވެސް އެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިތުބާރުކުރާ ކަމަށާއި ފިޓްނަސް ވެސް ރަނގަޅު ކަމަށް ޝާޒް ބުންޏެވެ. ދެ މެޗު ދެމެދުގައި ހަތަރެއް ނޫނީ ފަސް ވަރަކަށް ދުވަސް ލިބުނު ކަމުގައި ވިޔަސް އެއީ ފުޓްބޯޅަ ޓީމެއްގެ ރިކަވަރީ އަށް ބަލާއިރު އެކަށޯގެންވާ މުއްދަތެއް ކަމަށް ޝާޒް ގަބޫލުކުރެ އެވެ.

ޒުވާން ސްކޮޑަކާ އެކީ ސީޒަނުގައި ވާދަކުރާއިރު ޝާޒް އަށް އޮތް އެއް ހިތްހަމަޖެހުމަކީ މަގާމުތަކަށް ވާދަކުރާނެ ކުޅުންތެރިން ގިނަވުމެވެ. ފުރަތަމަ އެގާރަ އަށް އަރަން ކުޅުންތެރިން ކުރާ މަސައްކަތަކީ ޓީމު ރަނގަޅު ވުމުގައި މުހިއްމު ރޯލެއް ކުޅޭނެ ސަބަބެކެވެ.

"ވަރަށް ބޮޑަށް މިސްވާ އެއްޗެއް ސީނިއާ ޕްލޭޔަރުންނާއި ފޮރިން ޕްލޭޔަރުންނަކީ،" ކުރިން ބީޖީ އަށް ކޯޗުކޮށްދިން ޝާޒް ބުންޏެވެ.

އީގަލްސް މެޗުގައި ރަތް ކާޑު ދެއްކި އަލީ ޝާމިސް (ތޮއްޕޭ)ގެ ބަދަލުގައި އެ މަގާމަށް ކުޅޭ ކުޅުންތެރިއަކު ވެސް ރަނގަޅަށް މަސައްކަތްކުރާނެ ކަމަށް ޝާޒް ބުންޏެވެ. ތަޖުރިބާކާރު ކުޅުންތެރިން ޓީސީގައި މަދު ނަމަވެސް ތިބި ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރާކަމަށް ޝާޒް ބުންޏެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ މި ސީޒަނުގައި ޓީސީގެ ކުރިއަށް ކުޅެމުން އަންނަ މުހައްމަދު އައްޒާމް އެވެ. އޭނާ އަކީ މީގެ ކުރިން އެ މަގާމަށް ކުޅެފައިވާ ކުޅުންތެރިއެއް ނޫން ނަމަވެސް ޓީސީގައި އެ މަގާމުގައި ރަނގަޅު ކުޅުމެއް ދައްކަ އެވެ.

"އައްޒާމްގެ ޕާފޯމަންސް ވަރަށް ރަނގަޅަށް މި ފެންނަނީ. އަނެއްހެން ބަލައިފިއްޔާމު ހުރިހާ ޕޮޒިޝަނަކަށް ކުޅެވޭނެ މަދު ކުޅުންތެރިން މި ތިބީ. މި ވަގުތު އޭނަ އައްޒާމް އެ ކުޅެނީ އޭނަ އަށް އެންމެ އުނދަގޫ ޕޮޒިޝަނަށް. ގިނަ އެހެން ޕޮޒިޝަންތަކަށް ކުޅެފައި އޭނާ ހުންނާނީ. ޓީސީގެ މައިގަނޑު ޕްލޭޔަރަކީ އައްޒާމް. އެ ކުޅުމާ ޕާފޯމަންސަށް ބަލާއިރު ވަރަށް ހިތްހަމަޖެހޭ،" ޝާޒް ބުންޏެވެ.

ސަސް ކުޅުނު ފުރަތަމަ މެޗުން އީގަލްސް އަތުން 1-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ދަ ގްރާންޑޭއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ސަސްގެ މި ނަތީޖާތަކުގެ ސަބަބުން މީހުން އެ ޓީމާ މެދު ދެކޭ ގޮތް އަންނަނީ ކުރިއަށް ވުރެން ރަނގަޅުވަމުންނެވެ.

ސަސްގެ ޕްރެކްޓިހެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ނާދު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މެޗަކަށް ފަހު މެޗެއް ސަސްގެ ކުޅުން ރަނގަޅުވާ އެންމެ ބޮޑު ސަބަބަކީ ޕްރެކްޓިހުގައި ކުރާ މަސައްކަތް މެޗުތަކުގައި ތަކުރާރުކުރުމުގެ އިތުރުން ކޯޗު ބުނާ ގޮތަށް ޓީމެއްގެ ގޮތުގައި ކުޅުންތެރިން ކުރާ މަސައްކަތް ކަމަށެވެ.

މިއީ މި ބުރުގައި ސަސް އަށް އެންމެ މުހިއްމުވާނެ އެއް މެޗު ކަމަށް އެ ޓީމުން ދެކެ އެވެ. މެޗަށް ތައްޔާރުވާއިރު ޓީސީގައި އޮތީ ޒުވާން ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި ވިސްނާނީ ޓީސީ އަކީ ފުރަތަމަ ޑިވިޝަނުގައި ސަސް އަށް ވުރެން ދޮށި ޓީމެއްގެ ގޮތުގައި ކަމަށް ނާދު ބުންޏެވެ.

"އަޅުގަނޑުމެން ދެކެނީ ފުދޭ ވަރަކަށް ގިނަ ދުވަހު ޓީސީ ޓީމު ފުރަތަމަ ޑިވިޝަނުގައި އޮތީމަ އެ ޓީމުގެ އެކްސްޕީރިއަންސްތަކެއް ވެސް ހުންނާނެ ކަމަށް. އެ އަށް ބަލައިގެން ތައްޔާރުވާނީ. ފުރަތަމަ ޑިވިޝަނުގައި ކުޅެފައި އޮތީމަ ޓީސީ އަށް އާ ކަމަކަށް ނުވާނެ ސަސް އަށް ވިޔަކަސް. ސަސް އިން ކުޅުންތެރިންތަކެއް އެކިތަންތަނުން ހޯދައިގެން ޓީމެއް ހެދީ. ކުރިން ވެސް ޓީސީގައި ޓީމެއް އޮންނާނެ ޓޮޕް ޑިވިޝަނުގައި އޮތީމަ،" ނާދު ބުންޏެވެ.

ސަސްގެ ބިދޭސީ ކުޅުންތެރިންގެ ކުޅުން ވަރަށް ރަނގަޅު ކަމަށާއި އެ ޓީމުގެ އުޒްބެކިސްތާން ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އަކީ ރާއްޖޭގައި މި ވަގުތު ކުޅޭ އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށް އޭނާ ބުންޏެވެ.

ސަސް އާއި ޓީސީގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454