ޝާހިދު: ކޮވިޑް-19 އަކީ ދުނިޔެއާ ގުޅުންތައް ވަކި ކުރަމުންދާ ސުނާމީއެއް ކަމަށް ވިދާޅުވި -- ފޮޓޯ/ފޮރިން މިނިސްޓްރީ
26 ޑިސެމްބަރ 2020 - 13:10
ކޮވިޑް-19 އަކީ ދުނިޔެއާ ގުޅުންތައް ވަކި ކުރަމުންދާ ބޮޑު ސުނާމީއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށް ސުނާމީ އެރި ދުވަހާ ދިމާކޮށް ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19 އަކީ މުޅި މުޖްތަމައު އާއި ދުނިޔެ ހަލާކު ކުރަމުންދާ ސުނާމީއެއް ކަމަށެވެ. އޭގެ ސަބަބުން އެތައް ބަޔަކާ ގުޅުންތައް ކެނޑެމުންދާ ކަމަށާއި އެކަމަކު އެންމެންގެ އެއްބާރުލުމާ އެކު އެ ހާލަތުން އަރައިގަނެވިދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިމަތީގައި މިއަދު ހަމަލާ ދެމުންދާ ސުނާމީއަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖްތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާ ކުރަމުންދާ ސުނާމީއެއް. ދުނިޔޭގެ ހުރިހާ ބޯޑަރުތައް ބަންދުކޮށް، ހުރިހާ ގުޅުންތައް ބުރިބުރި ކުރަމުންދާ ސުނާމީއެއް." ޝާހިދު ވިދާޅުވި އެ އެވެ.
ޝާހިދު ވިދާޅުވީ ސުނާމީއަށް ފަހު ދިވެހިން ކުރި ހިތި ތަޖްރިބާ ވަރަށް ގާތުން އޭނާއަށް ފެނިވަޑައިގަތް ކަމަށާއި އެ ކާރިސާއިން ރާއްޖެއަށް އަރައިގަނެވުނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އަދި މިއަދު ފެނިގެންދާ ކުރިއެރުންތައް އައީ ވެސް އޭގެ ސަބަބުން ކަމަށާއި ކޮވިޑް-19 އަށް ފަހު ވެސް އެ މަންޒަރު ފެނިގެންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުން ވެސް އެދުވަހު ގުޅިގެން ދިޔަ. އަދި ދިވެހިރާއްޖެއާ ބައިނަލްއަގްވާމީ ފަރާތްތަކާއި އަޅުގަނޑުމެންގެ ރަހުމަތްތެރި ގައުމުތަކާ ވެސް އަޅުގަނޑުމެން ގުޅިގެންދިޔަ. އެއީ އަޅުގަނޑުމެންނަށް ފެނިގެންދާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހަކީ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުން ވެސް އަރައިގަތުމުގައި ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި ސުނާމީގެ ހާލަތުން އަރައިގަނެ، ހޯދި ކުރިއެރުންތައް ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
27 December 2020
ކޮވިޑް ކަނޑަނީ އިދިކޮޅު ސިޔާސީ ޕާޓީތަށް އެއްވާ އެއްވުންތަށް. ޕާޓީކުރުމާ މަޖާކުރަންވެއްޖެއްޔާ ކޮވިޑް ޖެހުން މުޅިން މަނާ.
މަންޑޭލާ
26 December 2020
ރައިސް ޔާމިންގެ ވިކަން ނިމުނު އިރު ދައުލަތުގެ ހަޒާނާވަނީ ތަނަވަސް ހާލަތުގަ 800މިލިޔަން ޑޮލަރު ހުރި ދައުލަތުގެ ހަޒާނާގަ މިހުރިހާ ލާރިއެއް ހުސްކޮއްލީ ކޮންތަރައްގީއެއް ގެނެސްގެންތަ؟
ހަސަންފުޅު
26 December 2020
ސުނާމީއާއި ކޮވިޑަށް ވުރެ މިހާރު މިއޮތް ވެރިކަމުގެ ނުރައްކާ ދިވެހިންނަށް މާ ބޮޑު
އޮނަރަބްލް އަފީފު ދީދީ
26 December 2020
2002 ގައި ފެތުރުނު ސާސްވައިރެސް އާއި މީގެ 16 އަހަރުގެކުރިންދިމާވި ސްނާމީ ގެ ޙާދިސާއިން ލިބުނު އެއްވެސްފިލާވަޅެއް އަދި ފިލާވަޅެއްލިބުނުނަމަ އެކަމުގެސަބަބުން ކޮށްފައިވާކަންކަމަކީ ކޮބައިތޯ. # މިދެންނެވި 2 ޙާދިސާގެއިތުރުން މާލެއިން ކަރަންޓްކެޑިގެން "ރާއްޖެއިން ފެން ހުސްވެ" ދުނިޔޭގެއެހީތެރިކަމަށް އެދެންޖެހުނުކަމާއި އަދި މި ޕެންޑަމިކުންވެސް މިފަދަކަންކަމުން ދިވެހިންނަށް އެއްވެސްކަމެއް ދަސްނުވާކަންއިގޭ. އަދިވެސް އިސްކުރަނީ "އެއްރަށްދައުލަތް ސިޔާސަތު" ނޫންތޯ؟
ދުރޫސުލް އަޚްލާގު
26 December 2020
މިހާރު ބުރުއަޅާންނުދެވޭތީދޯ މައްސަލައަކީ.
ޒުވާނާ.
26 December 2020
ޝާހިދޫ ތިޔައުޅުން ދޫކޮއްލާފަ ހައްގުގެ މަގައް ރުޖޫއަވޭ ހުރިހާބާރެއް ލިބިފައޮވެ ދެއަހަރު ތިޔަނިންމާލީ ރިކޯ ޑު ވައްކަމާއެކު ހުރިހާ ދިމާލަކުން ގައުމު އަޅުވެތި ކޮއްފަ ބޭރު ކުލީ ސިފައިންނައް ގައުމުގަ ސެލްފްސާވިސް ބޯ ޑު އަޅުވާފަ ރިސޯޓު މުވައްޒަފުންނާ މަސްވެރިން އިނދަޖައްސާ ޕެންޝަން އޮފިސް ދޮވެ ފަރަންޖީއަކާ ހަވާލުކޮއްފަ ނާގާބިލު ވދރިންގެ ސަބަބުން މިހެންވަނީ ތިޔައީ މުޒާހަރާ ކުރުމަށާ އަލިފާނައް މޮޅުބައެއް ތިޔަފަދަ ސުނާމީއެއް ދެންހެޔޮ އިސްތިޔުފާ
ލައިލާއަލީ
26 December 2020
ދޮގެއްނޫންތިޔަބުނީ މިސަރުކާރެކޭ ތަން ޑު ކެނ ޑިފަ ހުރި ގިފިލި ޑދޮރުގަނ ޑެކޭ ތަފާތެއްނެތް ދެމޫސުމައް ދެބިތައް ހޫރި ހޫރި ދުވަހަކު ހަރެއްނުލާނެ
ވިދުވަރު ދޯނީގެ އަލިގަދަ ދުރުމިން
26 December 2020
ވަރަށް ރަނގަޅު ވާހަކަ ފުޅެއް