01 ޖެނުއަރީ 2021 - 09:30
ޗައިނާގެ އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން ޖެކް މާ ފަހަތަށް ޖައްސާލައި މިދިޔަ އަހަރު ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދި ވިޔަފާވެރިޔާ ޒޮންގް ޝަންޝަން އަށް އޭޝިއާގެ މުއްސަނދި މީހާގެ މަގާމު ވެސް ލިބިއްޖެ އެވެ.
ބޯފެން އުފައްދާ އަމިއްލަ ކުންފުންޏެއްގެ އިތުރުން ވެކްސިން އުފެއްދުމުގެ ވިޔަފާރި ވެސް ކުރާ ޒޮންގަށް ލިބުނު އާ މަގާމާ އެކު، ކުރިން އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު އޮތް އިންޑިއާގެ މުކޭޝް އަމްބާނީ އަށް މި ވަނީ މަގާމު ގެއްލިފަ އެވެ. އަމްބާނީ އަކީ ރިލަޔަންސް ގްރޫޕްގެ ވެރިޔާ އެވެ.
ބްލޫމްބާގް ބިލިއަނާޒް އިންޑެކްސް ދައްކާ ގޮތުން ޒޮންގްގެ މިލްކިއްޔާތު މިހާރު 77.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާގެ ތަނަވަސްކަން މި އަހަރު އުފުލިގެން ދިޔައީ އާމްދަނީގެ ގޮތުގައި މި އަހަރު ލިބުނު 7 ބިލިއަން ޑޮލަރާ އެކީގަ އެވެ.
Move over, Mukesh Ambani, Asia has a new richest person. Meet China's bottled water king, who has gained $70.9 billion this year, the most in the world after Elon Musk and Jeff Bezos https://t.co/Hr4cea7aLS via @business
— Adhushan (@Adhushan1) December 31, 2020
އަމްބާނީގެ މިލްކިއްޔާތަކީ މިހާރު 76.9 ބިލިއަން ޑޮލަރެވެ.
ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު ޖެކް މާ އަށް މިދިޔަ އަހަރު ގެއްލުނު އިރު އޭނާގެ މިލްކިއްޔާތަކީ މިހާރު 58.8 ބިލިއަން ޑޮލަރެވެ.
"ލޯން ވުލްފް" ގެ ނަމުން މަޝްހޫރު އަދި އަމިއްލަ ފެން ކުންފުނި "ނޮންގްފޫ ސްޕްރިންގް" ގެ ވެރިޔާގެ ބޭސް ކުންފުނި ވަންޓާއި ބައޮލޮޖިކަލް ފާމަސީ އެންޓަޕްރައިސަސް ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ޗައިނާގެ ހިއްސާގެ ބާޒާރުގައި ވެސް ލިސްޓްކޮށްފަ އެވެ. އަދި އޭގެ ތިން މަސް ފަހުން "ނޮންގްފޫ ސްޕްރިންގް" ވަނީ ހޮންކޮންގްގެ ހިއްސާގެ ބާޒާރުގައި ވެސް ލިސްޓްކޮށްފަ އެވެ.
އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނު އިރު ޒޮންގްގެ ކެރިއަރުގެ އެކި ދުވަސްވަރު އެކި ކަހަލަ މަސައްކަތްތަތްކޮށްފައިެވ އެވެ. އެގޮތުން ބޯފެން އުފެއްދުމާއި ބޭހުގެ ވިޔަފާރި އަށް ވަނުމުގެ ކުރިން ނޫސްވެރިކަމާއި މަޝްރޫމް ހެއްދުން ފަދަ މަސައްކަތްތައް ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުކޭޝް އަންބާނީ
02 January 2021
ކީއްވެ ރާއްޖޭގަ ޓޫރިޒަމް ވިޔަފާރި އަދި ރިޓެއިލް ވިޔަފާރި ނުކުރަނީ؟ އޭނަ މިލްކިއްޔާތުގަ ކިތައް ބިލިޔަން ޑޮލަރު އެބަހުރިތަ؟
ދިރާސާވެރިޔާ
01 January 2021
ޢޭޝިޔާގެ އެން މެ މުއްސަދި މީހާގެ 2020 ވަނަ އަހަރު ފޯރބްސް އިން ދަރަޖަ ކޮށްފައިވަނީ އިންޑިޔާގެ " މުކޭޝް އަންބާނީ" ކަ މަށް.،