ބޭރުކުރަނިކޮށް އަތުލައިގަތް މިޔަރުު އުރަހަތައް: އޮޅުވާލައިގެން ބޭރުކުރަން އުޅުނީ 421 ކިލޯގެ މިޔަރު އުރަހަ -- ފޮޓޯ/ކަސްޓަމްސް
04 ޖެނުއަރީ 2021 - 11:51
ކަސްޓަމްސް އިން އިއްޔެ އަތުލައިގަތް މިޔަރު އުރަހަ ޝިޕްމެންޓަކީ އެންސިސް އިން ބޭރުކުރަން އުޅުނު އެއްޗެއް ނޫން ކަމަށް، އެންސިސް ފިޝަރީސް އިން މިއަދު ބުނެފި އެވެ.
އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް "މިހާރު"އަށް ވިދާޅުވީ އެ ކުންފުނީގެ އެންޒީ ބްރޭންޑުގެ ފޮށިތައް ބޭނުން ކޮށްގެން މިޔަރު އުރަހަ ބޭރުކުރަން ބަޔަކު އުޅުމުގެ ސަބަބުން އެ ކުންފުނީގެ ރީތި ނަމަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އެހެންކަމުން އޭގެ ބަދަލު ހޯދަން އެކަން ކުރި ބަޔަކާ ދެކޮޅަށް މައްސަލަ ޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޮނުމަހާ އެއްކޮށްގެން ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ހޯދީ ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެންނެވެ. ލޮނުމަހުގެ ގޮތުގައި ޑިކްލަރޭޝަން ހުށައަޅައިގެން ބޭރުކުރަން އުޅުނު ބައެއް އުރަހަ ބަންދުކޮށްފައި ހުރީ އެންޒީގެ ލޯގޯ ޖަހާފައި ހުރި ކަރުދާހު ފޮށިތަކުގަ އެވެ.
"އަޅުގަނޑުމެންގެ ފޮށިތަކުގައި ބަންދުކޮށްފައި ހުރީމަ ވަރަށް ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދި. އޭގެ ސަބަބުން އަޅުގަނޑުމެންގެ ރެޕިއުޓޭޝަނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފަ މިއޮތީ،" ރާއްޖޭގައި އެންމެ ފުޅާކޮށް ކަންނެލި ބޭރުކުރަމުން އަންނަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
"ކަސްޓަމްސް އިން އެއޮތީ ވަރަށް ހާމަކޮށް ބުނެފައި އެއީ އަޅުގަނޑުމެން ކުންފުނިން ކުރި ކަމެއް ނޫނޭ."
ކަސްޓަމްސް އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ މިޔަރު އުރަހަ ބޭރުކުރަން ޑިކްލަރޭޝަން ހުށަހެޅީ އެންޒީ އިން ނޫން ކަމަށެވެ.
މިއަދު ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަނެވުނު މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައިވަނީ އެންޒީ އިން ނޫން ކަމުގައި ދަންނަވަން.
— Maldives Customs (@CustomsMv) January 3, 2021
ކަސްޓަމްސް އިން އިއްޔެ ކުރި ޓްވީޓު--
ކަސްޓަމްސް އިން ބުނީ އެގޮތަށް ޓްވީޓު ކުރީ އެންޒީގެ ފޮށިތަކެއްގައި މިޔަރު އުރަހަ ބަންދުކޮށްފައި ހުރުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފެއްދުމުން ކަމަށެވެ. އަދި ތަހުގީގުތައް ނިމުމުން ޑިކްލަރޭޝަން ހުށަހެޅި ބައެއްގެ ނަން ހާމަކުރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެންޒީ އަކީ އެންސިސްގެ އުފެއްދުންތައް ބާޒާރަށް ނެރޭ ބްރޭންޑް ނަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުރަހަ
05 January 2021
ރައީސް އޮފީހުން ހުއްދަ ނުލިބޭތީބާ ތި މީހުންގެ ނަން ހާމަކުރަން ނުކެރިގެން އުޅެނީ
ގޮބަޅި
05 January 2021
ރާއްޖޭގަ ކީއްވެތޯ މިޔަރު ނުހިފަންވީ މުޅިކަނޑު ވަނީ މިޔަރުން އޮލަވެފައި 5 އަހަރަށް ނުވަތަ 3 އަހަރަށް މިޔަރު ބޭރުކޮށް ހިފުމުގެ ހުއްދަދޭންވީ ތިޔައީ އެތައްރުފިޔާއެއް! ދެންކިހާދެރަކަމެއް.
murdoch.
04 January 2021
މިޔަރު އުރަހަ ބޭރު ކުރަން އުޅުނީ އެންސިސް އެއް ނޫން، މަށެއްވެސް ނޫން، އޭނައެއްވެސް ނޫން. ދެން ކާކު؟ ޖިންނި އެއް.. ހަބަރު ނިމުނީ
އަލްފާ
04 January 2021
ކަސްޓަމްސްގެ މާލޭގުދަނުގަ އަދި ހުޅުމާލޭގަ ހުންނަ ސްކޭންމެޝިންތައް އޮޕްރޭޓް ނުކުރަނީ ކީއްވެތޯ ސުވާލުއުފެދޭ. ދެން އެހެންވީމަ ރާއްޖެއަށް ކަނޑުމަގުން، މަނާ ކިހާ އެެއްޗެއް އެތެރެކޮށްފަ ހުންނާނެ.
އަޙުމަދު.
04 January 2021
މިޔަރު އުރަހަ ކަމަށް ސައްކު ކުރެވޭ އެއްޗަކަށް ވާތީ، ޑްރަގުކޭސް ތަކުގަވެސް ވަނީ މިކަހަލަ ތޮތެއްނު.
އީކޯ ފްރެންޑްލީ
04 January 2021
އީކޯ ސިސްޓަމް ބެލެންސް ކުރުމަށް މިޔަރު ބާނަންވެސް ހުއްދަ ދޭން ޖެހޭ. މިޔަރަކީ އޭޕެކްސް ޕްރިޑޭޓަރެއް (ފުޑް ސައިކަލް ގެ އެންމެ މަތީގައިވާ މަހެއް)، އެހެންކަމުން މިޔަރަށް ހަމަލާދޭނެ އެއްޗެއް ކަނޑުގައި ވަރަށް މަދުވާނެ. އިންސާނުން މިޔަރު ނުހިފާނަމަ ބޮޑެތި މައްސަލަތަށް ކުރިމަތިވުން ގާތް.
ވަގު ވިޔަފާރި
04 January 2021
1997 ގައި ހަމަ ތޮގޮތަށް ފެނި ހުއްޓުވާ އެނގުމުން ފައިސާގެ ބާރު މާގަދަވި، ދައުލަތުގެ 1650ރ މުސާރަ ލިބޭ ތެދުވެރި އިޚްލާސްތެރިކަމަށް ވުރެ، ގާނޫނާއި ގަވާއިދަށް ވުރެ. ޔުނިޓު ބަދަލުވެ، ދެންފެނިގެން ދިޔައީ ބައި އެޅިގެންދާ އިސް ވެރީންތަކެއް. ބުރާމަތް ސުނޯ، ބުރާމަތް ދޭކޯ!
ބިސްކާން
04 January 2021
ކޯސްޓްދަޅު އަދި އެސްޓީއޯ ފުއްބަސްތާތަކުގައި ބަންދު ކުރާނަމަ އެތަންތަން ބަދުނާމް ކުރަން ޖެހޭބާ؟؟ފުލުހުން ކޮންމެ ކަމެއްކުރިޔަސް ވަރިހަމަ ނުވާނެ..ޒިންމާދާރު ވެބަލަ!
ދުނި55
04 January 2021
ކީއްވެބާ ތިކަމެއް ކުރި ބަޔަކު ހާމަނުކޮށް ފޮރުވައިގެން ތިއުޅެނީ. ރެޑްހޭންޑް ކޮށް ވަގު ހިފުނީމަ ދެން ކޮންކަމަކާ ތި ފަސްޖެހެނީ!! އުރަހަ ކަމަށް ޔަގީންނުވަނީތަ!
ފާރޫގު
04 January 2021
ކުންފުނީގެ ރީތިނަމޭ ބުނާއިރު...މަހުގެ އުފެއްދުންތަށް ތައްޔާރު ކުރާތަނެކޭ ގޮނޑެކޭ އެއްގޮތް...ތިތަނުގެ ގިނަ ބާވަތްތަށް ތިފިހާރައިގަ ހުންނައިރުވެސް ހުންނަނީ ފޫޖަހާފަ....