ޫޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު (ވ) އަދި އަތަމާ ފައިންޑޭޝަންގެ ފައުންޑަރު އަދި ވައިސް ޗެއާޕާސަން އަލީ އަހްރުޝް އިބްރާހިމް ސަލާމްކުރައްވަނީ.-- ފޮޓޯ: ވިލާ ކޮލެޖު
14 ޖެނުއަރީ 2021 - 20:32
ޓޫރިޒަމް ދާއިރާ އަށް މީހުން ތަމްރީނު ކުރުމަށް ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަނުން މިއަދު ސޮއިކޮށްފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އަތަމާ ފައުންޑޭޝަންގެ ފައުންޑަރު އަދި ވައިސް ޗެއާޕާސަން އަލީ އަހްރުޝް އިބްރާހިމާއި ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.
އެއްބަސްވުމުގެ ދަށުން ހިންގާނީ "ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ" ޕްރޮގްރާމެވެ.
ހަތަރު މަސް ދުވަހަށް ހިންގާ ކޯހުގެ ކިޔަވައިދިނުމާއި އަމަލީ ތަޖުރިބާ ހޯދުމުގެ ބައި ކުރިއަށް ގެންދާނީ ރިސޯޓުގަ އެވެ. ހުރިހާ ހަރަދެއް އަތަމާ ފައުންޑޭޝަނުން ކޮށްދޭ މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 20 ޖާގަ ކަނޑައަޅާފައިވެ އެވެ.
Villa College and Athama Foundation signed a Memorandum of Understanding (MoU) on training people in the Tourism and Hospitality Industry. #transformyourlifewithvillacollege #studywithus pic.twitter.com/vHd5vq2QpL
— Villa College (@VillaCollegeMv) January 14, 2021
އަތަމާ ފައުންޑޭޝަނުން ބުނިގޮތުގައި ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާ އިން މީހުން ތަމްރީނު ކުރުމަކީ ރާއްޖޭގެ ތަރައްގީ، އެ ސިނާއަތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް މުހިއްމު ކަމެކެވެ. ދާއިރާއާ ގުޅޭ ތަމްރީނު ނެތި، އެފަދަ ކުދިން އަމަލީ މަސައްކަތަށް ނުކުންނަން ޖެހުމަކީ އަވަހަށް ވަޒީފާ ދޫކޮށްލާފައި ދިއުމުގެ މައިގަނޑު އެއް ސަބަބު ކަމަށް ވެސް ފާހަގަވެފައިވާ ކަމަށް ބުންޏެވެ.
"މި ތަމްރީން ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާ އަށް ދިމާވެފައިވާ މި ފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުން. އެ މަގުސަދުގައި އަތަމާ ފައުންޑޭޝަނުން ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން، އަތަމާ ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގޭ ތަމްރީން ޕްރޮގްރާމްތަކެއް،" ވިލާ ކޮލެޖުން ބުންޏެވެ.
އެ ފައުންޑޭޝަނުން ޓޫރިޒަމްގެ ޕްރޮގްރާމް ހިންގަން ވިލާ ކޮލެޖު އިހުތިޔާރުކުރީ، އެއީ ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި މި ފަދަ ކަންކަން ހިންގުމުގައި އެންމެ ގާބިލު ކޮލެޖު ކަމަށް ގަބޫލުކުރެވޭތީ ކަމަށް އަތަމާ ފައުންޑޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް ބިން ރަފައިދާ
14 January 2021
މަމިހާތަނަށް ހީކޮށްގެންމިހުންނަނީ އަތަމާއަކީ މީހުން ހައްޖަށްފޮނުވާބައެއްކަމަށް؟
ދެކުނުތަރި
14 January 2021
ކޯސްފީ ނުލިބިގެން ވިލާއިން ކޯޓަށް ދާންނުޖެހުނިއްޔާ ރަނގަޅު.
ތަރިބެ
14 January 2021
އެންމެ ރަނގަޅު ދެބާތީ.މިހާރުވެސް މުސާރަ ނުދޭ ބައިވަރު ދިވެހިން. ބޯހަލާކު މީވާ ގައުމެއް.