މަޖީދީ މަގުގައި އަލަށް ހުޅުވި ބަނީރާ ފިހާރަ-- ފޮޓޯ: މިހާރު
23 ޖެނުއަރީ 2021 - 10:56
ސެންޓާއި ކޮސްމެޓިކްސް އަށް ޚާއްސަ ކޮށްގެން މާލޭގައި ހުޅުވާފައިވާ "ބަނީރާ" މަޖީދީ މަގަށް ބަދަލުކޮށްފި އެވެ.
ބަނީރާގެ އާ ފިހާރަ ރަސްމީކޮށް ހުޅުވައިދިނީ ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފު (ލަމް) އެވެ.
ދެ ބުރިއަށް ހުންނަ މި ފިހާރަގެ ތިރި ހާއްސަ ކޮށްފައިވަނީ ސެންޓަށެވެ. މަތީބުރީގައި ހުންނަނީ ކޮސްމެޓިކްސް އެވެ.
މަޖީދީ މަގު ސޮނީ ހާޑްވެއާ ކުރިމަތީގައި ހުޅުވި މި ފިހާރަ އިން ގިނަ އަދަދެއްގެ ބްރޭންޑުތަކުގެ އޮރިޖިނިލް ސެންޓާއި ކޮސްމެޓިކް ސާމާނު ލިބޭނެ އެވެ. މީގެ ތެރޭގައި ވިކްޓޯރިއާސް ސީކްރެޓާއި ޖިމީ ޝޫ އާއި ވަސަޗޭ އަދި ގޫޗީ ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ. އެ ފިހާރަ އިން ވަނީ އެމެރިކާގެ މަޝްހޫރު މޭކަޕް ބްރޭންޑް "އޮފީސް" ވެސް ރާއްޖެ އަށް ތައާރަފު ކޮށްފަ އެވެ.
ލަމް، ބޮނީރާއިން ވިއްކާ ސެންޓު ބަލާލަނީ-- ފޮޓޯ: މިހާރު
ބަނީރާގެ އޮފިޝަލަކު ބުނިގޮތުގައި އެ ފިހާރަ އިން ރާއްޖޭގައި އާއްމުކޮށް ލިބެން ހުންނަ ބްރޭންޑުތައް ވެސް ލިބޭނެ އެވެ. އަދި އެ ފިހާރައިން ވިއްކާ ތަކެތި ލިބެން ހުންނާނީ މިވަގުތު ބާޒާރުގައި ހުރި އެންމެ ހެޔޮ އަގުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"ބަނީރާ" ކުރިން ހިންގަމުން އައީ އޮންލައިން ވިޔަފާރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ވިޔަފާރި ފުޅާ ކުރުމަށް ކާނޭޝަން މަގުގައި ކުރިން ފިހާރައެއް ހުޅުވި އެވެ.
ނަމަވެސް ކަސްޓަމަރުންގެ އެދުމުގެ މަތިން އެ ފިހާރަ މަޖީދީ މަގަށް ބަދަލުކުރީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މައިގަނޑު ސަބަބަކީ ތަނުގެ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމެވެ.
މި ފިހާރަ ހުޅުވުމުގެ ގޮތުން ބަނީރާއިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފިހާރަ އިން ގަންނަ ކޮންމެ ބާވަތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
ލަމް، ބޮނީރާއިން ވިއްކާ ސެންޓު ބަލާލަނީ-- ފޮޓޯ: މިހާރު
ހޯލްސޭލްކޮށް ކޮސްމެޓިކްސް ގަންނަން ބޭނުންވާ މީހުންނަށް ވެސް ބަނީރާ އިން ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. ހޯލްސޭލް ކުރާ ޕްރޮޑަކްޓުގެ ތެރޭގައި "ކާންޓޫ" ބްރޭންޑުގެ ކޮސްމެޓިކްސް އާއި "އާރު" ސީރީޒްގެ ތަކެތި ހިމެނެ އެވެ.
ބަނީރާ އިން އޮންލައިންކޮށް ވިޔަފާރި ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފިހާރައިގެ ވެބްސައިޓު https://banira.mv/ މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީ
24 January 2021
ވަރަށް ސަޅި އެފޯޑަބަލް ސެންޓް ލިބެން ހުންނަ ފިހާރައެއް. ހަބޭސް!
ހިރާސް
23 January 2021
ތިފިހާރިއިން މަ ސެންޓު ގަންނަން ވަރަށް އާއްމުކޮށް. އަގުވަރަށް ރަނގަޅު. އާއްމު މަށަށް ޑިސްކައުންޓް ވެސްލިބޭ
ލެކިއުޓް
23 January 2021
ވަރަށް ފައްކާ ފިހާރައެއް...
ނަން ހާމަނުކުރާ
23 January 2021
ވަރަށް ފައްކާ ފިހާރައެއް. އޮރިޖިނަލް ސެންޓް ވިއްކާ އަދި އެހެން ތަންތަނަށްވުރެ އަގުވެސް ހެޔޮ