ވިޔަފާރި / ސިމްޑީ

ކެނޯން ޕްރިންޓަރުގެ ޖެނުއިން ޓޯނާ އާއި ކާޓްރިޖް ގަންނަންވީ ސިމްޑީން

ޕްރިންޓަރެއް ބޭނުންކުރާ ނަމަ އާންމު ގޮތެއްގައި ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ. ދެ ފަހަރު މަތިން ޕްރިންޓެއް ނަގާލާ އިރަށް ކާޓްރިޖުން ކުލަ ހުސްވެ އެވެ. ގަނޑަށް ނުވަތަ ގަނޑުގެ އެއްފަޅިއަށް ކުލަ ނޭރުމުގެ މައްސަލަ ދިމާވެ އެވެ. މީގެ އިތުރުން، ބޭނުންވާ ކުލަ ދިމާނުވުމަކީ އޭގެ ތެރެއިން ވެސް ބޮޑު މައްސަލައެކެވެ. ހަމަ އެއާ އެކު، ޕްރިންޓަރުން ކާޓްރިޖް ނަގާއިރަށް ކުލަތައް ފައިބައިގަނެ އެވެ.

މިއީ ޕްރިންޓަރު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް އާންމުކޮށް ކުރާ ޝަކުވާތަކެވެ. ހިތްހަމަޖެހޭ ގޮތަށް ރަނގަޅު ފެންވަރެއްގެ ޕްރިންޓެއް ނަގައިލެވެނީ މަދު ފަހަރެއްގަ އެވެ. އެކަމަކު ގިނަ ފަހަރަށް މިކަން މިހެން ދިމާވަނީ ހަމައެކަނި ޕްރިންޓަރުގެ މައްސަލައަކުން ނޫނެވެ. ޕްރިންޓަރަށް ލައްވާ ޖެނުއިން ނޫން ޓޯނާއެއް ނުވަތަ ކާޓްރިޖެއްގެ ސަބަބުންނެވެ.

މިއީ ޕްރިންޓަރު މައްސަލައަކަށް ހަދާ ފަރުޖައްސާލައިގެން ތިބޭވަރުގެ ކަމެއް ނޫނެވެ. މިކަން ހައްލުކުރަން ބޭނުންވާ ނަމަ، ހޯދަންވީ އެ ޕްރިންޓަރަކާ ގުޅޭ ޖެނުއިން ޓޯނާއެއް ނުވަތަ ކާޓްރިޖެކެވެ. އެހެންކަމުން ކެނޮން ބްރޭންޑްގެ ޕްރިންޓަރު ބޭނުން ކުރާ ނަމަ ހޯދަން ޖެހޭނީ ކެނޮންގެ ޖެނުއިން ޓޯނާ އާއި ކާޓްރިޖެވެ.

ރާއްޖޭގައި ކެނޮން ބްރޭންޑް ޑިސްޓްރިބިއުޓްކޮށް މާކެޓް ކުރަނީ ސިމްޑީގެ ޑިވިޝަނެއް ކަމަށްވާ ސިމްޑީ ޓެކް އިންނެވެ. ސިމްޑީ ޓެކަކީ ރާއްޖޭގައި ހުރި ކެނޮންގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރްބިއުޓަރު ވެސް މެއެވެ. މުޅި ދުނިޔެއަށް މަޝްހޫރު ޖަޕާންގެ ކެނޮން ބްރޭންޑް ސިމްޑީން ރާއްޖެ ގެންނަތާ 20 އަހަރު ވީ އިރު، މި ބްރޭންޑްގެ ޕްރިންޓަރު މިވަނީ ބޮޑު މަގްބޫލުކަމެއް ވެސް ހޯދައިފަ އެވެ. ނަމަވެސް މޮޅު ޕްރިންޓަރެއް އެކަނި ހޯދައިގެން ޕްރިންޓް ކުރުމުގެ ފުލް ސޮލިއުޝަނެއް ނުލިބޭނެ އެވެ. ޕްރިންޓަރު ގަންނަ ފަދައިން، އެއަށް އެކަށޭނަ ޖެނުއިން ޓޯނާ ނުވަތަ ކާޓްރިޖު ވެސް ހޯދަން ޖެހޭނެ އެވެ.

ކެނޯން ޕްރިންޓަރުތަކެއް

ސިމްޑީ ޓެކްއިން ބުނީ ރާއްޖޭގައި ޕްރިންޓަރުތަކުގެ އާންމު އެއް މައްސަލައަކީ ޖެނުއިން ނޫން ކާޓްރިޖް ނުވަތަ ޓޯނާ ބޭނުން ކުރުމުން ކަމަށެވެ. ގިނަ ފަހަރަށް އެގޮތަށް ހަދަނީ ޚަރަދު ކުޑަކުރުމުގެ ވިސްނުމުގަ އެވެ. ނަމަވެސް ދިގު މުއްދަތަކަށް ބަލާ އިރު އެކަމުން ދިމާވާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެގެންދެ އެވެ.

ފޭކު ކެނޮން ޓޯނާ ނުވަތަ ކާޓްރިޖް ދެނެގަންނާނެ ގޮތް

ފޭކް ކާޓްރިޖެއް ނުވަތަ ޓޯނާއެއް ދެނެގަންނާނެ އެންމެ ފަސޭހަވާނީ އާންމު ގޮތެއްގައި ކެނޮންއިން ވިއްކާ ޓޯނާ ނުވަތަ ކާޓްރިޖްގެ އަގުތަކަށް ބަލައިގެންނެވެ. ކެނޮންގެ އަގުތައް ބާޒާރުގައި ހުރި ވަރު ބަލައިލުމުން އެ ކަން ކޮންމެ މީހަކަށް ވެސް ފަސޭހަކަމާ އެކު ދެނެގަނެވޭނެ އެވެ. ބާޒާރުގެ އަގަށް ވުރެ މާ ބޮޑަށް އަގު ހެޔޮކޮށް ކެނޮންގެ ޓޯނާ ނުވަތަ ކާޓްރިޖް ވިއްކާ ނަމަ އެކަމަށް ސަމާލުވާން ޖެހޭނެ އެވެ. ފޭކު ޓޯނާ އާއި ކާޓްރިޖް ބޭނުންކުރުމުގެ ސަބަބުން ޕްރިންޓް ކުއަލިޓީ ދަށްވުމާއި ޓޯނާއިން އާދަޔާ ޚިލާފަށް ކުލަ ލީކުވުމާއި އަވަހަށް ކުލަ ހުސްވުން ފަދަ ކަންކަން ދިމާވެ އެވެ. މީގެ އިތުރުން، ޖެނުއިން ނޫން އުފެއްދުންތަކުގެ ޕެކޭޖިން ތަފާތުވުމާއި، ޕެކިންގެ ކުލަ ކެނޮންގެ ޕެކިންނާ އެއްގޮތްވި ނަމަވެސް އަކުރުތަކުގެ ތަފާތުތައް ވެސް ހުރެދާނެ އެވެ. އެހެންކަމުން މިކަންކަމަށް ސަމާލުކަންދީގެން ވެސް ކެނޮންގެ ފޭކް އުފެއްދުންތައް ދެނެގަނެވިދާނެ އެވެ. ކެނޮންގެ ޓޯނާ އާއި ކާޓްރިޖް ކައުންޓާފިޓް ނުވަތަ ފޭކު އުފެއްދުންތައް ވިއްކުމަކީ ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ވަރަށް އާންމު ކަމެކެވެ.

ގިނަ ގައުމުތަކުގައި މިއީ ބޮޑު ޖިނާއީ ކުށެކެވެ. މިފަދަ ކަންތައްތައް ހުއްޓުވަން މެލޭޝިއާ، އިންޑިޔާ އަދި ތައިލެންޑް ފަދަ ގައުމުތަކުގައި އޮޕަރޭޝަންތައް ވެސް ހިންގަ އެވެ. ނަމަވެސް ރާއްޖޭގައި މިހާތަނަށް ޖެނުއިން ނޫން ބްރޭންޑްގެ ބާވަތްތައް ވިއްކުމުން މާ ބޮޑު ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. މިހެން ވުމުގެ ސަބަބުން މަދުމަދުން ނަމަވެސް މިފަދަ ފޭކް އުފެއްދުންތައް ރާއްޖޭގެ ބާޒާރުގައި ދައުރުވެ އެވެ. ކެނޮން ބްރޭންޑްގެ ޓޯނާ ނުވަތަ ކާޓްރިޖް ހަދާފައިވަނީ ކުލަ އޭގެ އެންމެ ފުރިހަމައަށް ބޭނުން ކުރެވޭ ގޮތަށް ޚާއްސަ ޓެކްނޮލޮޖީތަކެއް ހިމަނައިގެންނެވެ. އެހެންކަމުން ފޭކް ބްރޭންޑްތައް ނުވަތަ ޖެނުއިން ނޫން ޓޯނާ ނުވަތަ ކާޓްރިޖް ބޭނުން ކުރުމުގެ ސަބަބުން ޕްރިންޓަރު އަވަހަށް ހަލާކުވުމަށް މަގުފަހިވެ އެވެ. ސަބަބަކީ އެއީ ޚާއްސަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ތަކެއްޗަށް ނުވުމުގެ އިތުރުން ކެނޮން ޕްރިންޓަރާ ނުގުޅުން ފަދަ މައްސަލަތައް ދިމާވާތީ އެވެ.

ކެނޯން ބްރޭންޑްގެ އުފެއްދުންތައް ވިއްކާ ސިމްޑީ ފިހާރަ

ދިރާސާތަކުން ދައްކާ ގޮތުގައި ފޭކް ޓޯނާ ނުވަތަ ކާޓްރިޖް ބޭނުންކުރާ ނަމަ ޕްރިންޓް ކުރެވޭ ވަރު 32 ޕަސެންޓް ދަށް ވެ އެވެ. އެހެންކަމުން، ފޭކް ޓޯނާ ނުވަތަ ކާޓްރިޖް އަގު ހެޔޮވި ނަމަވެސް އަވަހަށް ބަދަލުކުރަން ޖެހޭނެ އެވެ. އޭގެ ސަބަބުން ފޭކު ޓޯނާ ނުވަތަ ކާޓްރިޖަށް ކުރާ ހޭދަ ބޮޑުވެ އެތަކެތި ބަދަލު ކުރަން ވެސް އިތުރު ހޭދަތަކެއް ކުރަން ޖެހެ އެވެ.

ރާއްޖޭގައި ކެނޮންގެ ޖެނުއިން ޕްރިންޓަރު ލިބޭނީ ސިމްޑީ ޓެކްއިން

ސިމްޑީ ޓެކްއިން ގަންނަ ކޮންމެ މުދަލަކާ އެކު އެއަށް ވޮރެންޓީ ފޯރުކޮށްދިނުމާއި، ކެނޮންގެ ޖެނުއިން އުފެއްދުންތައް ލިބޭ އިރު ކެނޮންގެ ޕްރިންޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެ އެވެ. ސިމްޑީ ޓެކްގެ ޑެޕިއުޓީ މެނޭޖަރު އަހުމަދު އިސްމާއިލް ވިދާޅުވީ ކެނޮން ބްރޭންޑްގެ ޕްރިންޓަރަށް ޖެނުއިން ނޫން ޓޯނާ ނުވަތަ ކާޓްރިޖް ބޭނުން ކުރާ ނަމަ ވޮރެންޓީ ވެސް ގެއްލިގެންދާނެ ކަމަށެވެ.

"ރަނގަޅު ޕްރިންޓަރެއް ހޯދަންވެގެން ގިނަ ފަހަރަށް ކެނޮން ބްރޭންޑް މީހުން އިޚްތިޔާރު ކުރަނީ. އެކަމަކު ޕްރިންޓަރު ގަނެފައި ފޭކް ޓޯނާ ބޭނުންކުރާ ނަމަ، ކެނޮން ބްރޭންޑްގެ ޕްރިންޓަރުގެ ހަގީގީ މަންފާއެއް ނުލިބޭނެ. މިކަން އަޅުގަނޑުމެން ވަރަށް ގިނަ ކަސްޓަމަރުންނަށް ކިޔައިދެން،" އޭނާ ވިދާޅުވި އެވެ.

ޖެނުއިން ޓޯނާ ބޭނުން ކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ލިޔުންތަކާއި ފޮޓޯތަަކުގެ ޕްރިންޓް ފެންވަރު މަތިކޮށްލާށެވެ. ކެނޮން ބްރޭންޑްގެ ޕްރިންޓަރުގެ ކުލަ އާއި ޓޯނާގެ ސަބަބުން ޕްރިންޓަރު ބޭނުންކުރެވޭ މުއްދަތު ވެސް ވަރަށް ބޮޑަށް ދިގުވެ އެވެ. އެހެންކަމުން ޕްރިންޓު ކުރުމުގައި ދިމާވާ ބޮޑެތި ގިނަ މައްސަލަތަކަށް ހައްލެއް ލިބޭނީ ޖެނުއިން ޓޯނާ ނުވަތަ ކާޓްރިޖް ބޭނުންކޮށްގެންނެވެ.

ކެނޯން ޕްރިންޓަރަށް ޕޭކް ކާޓްރިޖް ލުމުން ކުރިމަތިވާ އެއް މައްސަލަކީ ކުލަ ލީކް ވުން

ކެނޮންގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް އެންމެ އެކަށީގެންވާ އަގެއްގައި ރާއްޖެއިން ލިބެން ހުންނަ ހަމައެކަނި ފިހާރައަކީ ސިމްޑީ ޓެކް އެވެ. މުދާ ވިއްކުމުގެ އިތުރުން އާފްޓަ ސޭލްސް ސާވިސް ދޭން ކެނޮން ސެޓިފައިޑް ޓެކްނީޝަނުން ވެސް ސިމްޑީ ސާވިސް ސެންޓަރުގައި މަސައްކަތްކުރެ އެވެ. މީގެ އިތުރުން ގަންނަ ކޮންމެ އެއްޗެއްގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކާލަ އެވެ.

ތަޖުރިބާކާރު ސޭލްސް ޓީމަކާ އެކު ސިމްޑީ ޓެކްއިން މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޚިދުމަތުގައި އަދި ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކެއް ފުއްދައިދޭށެވެ. ސިމްޑީ ޓެކުން ބޭނުންވަނީ ވިއްކާ ކޮންމެ މުދަލެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި، ދެވެން ހުރި ހުރިހާ މަޢުލޫމާތެއް ދިނުމަށް ފަހު ކަސްޓަމަރުގެ އަތްމައްޗަށް ދޫކޮށްލާށެވެ.

1 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޯގުޅ

27 January 2021

ތީކީ ޖެނުއިން ޓޯނާވިއްކާބައެއްނޫން، އެކަން އެގޭނެ ރާއްޖެއިންބޭރުން އަމިއްލަޔައް ގަނެގެންގެންނަ ޕްރިންޓަރއައް ތިތަނުންވިއްކާ ޓޯނަރލެއްވީމަ، މަދުގަނޑުކޮޅެއް ރަނގަޅައް ޕްރިންޓްކޮއްފަ ދެންއަންނަން ފަށާނީ މުޅިޕޭޖް ބްލެކްވެގެން، މައްސަލަޖެއްސީމަބުނާނީ ޕްރިންޓަރގެންނާށޭ އެއީ ފޭކްޓޯނަރއައް ސަޕޯޓުކުރާގޮތައް މޮޑިއުލްކުރަން. ޕްރިންޓަރ ނުގެންގޮސް ބޭރުންއަމިއްލަޔައް ޓޯނަރގެނެސް ލެއްވީމަ ރަނގަޅު. މީ އަމިއްލަަޔައް އެކްސްޕީރިއެންސްކޮއްފަ މިބުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454