މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް(ކ) އާއި ޗަމްޕާ ބްރަދާސްގެ ޑިރެކްޓަރު ސާރާ(ވ) އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ:މިހާރު
27 ޖެނުއަރީ 2021 - 20:17
ހއ. ހޯރަފުށީގައި އައިސް ޕްލާންޓެއް ހަދަން ޗަމްޕާ ބްރަދާސް އާއި ހޯރަފުށި ކައުންސިލް އަދި މިފްކޯއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މިފްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ. ޗަމްޕާ ބްރަދާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ސާރާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގަތެވެ. ހޯރަފުށި ކައުންސިލް މެމްބަރުން ވެސް ވީޑިއޯ ކޯލެއްގެ ޒަރީއާ އިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި އައިސްޕްލާންޓު ހެދުމަށް ފައިސާ ހޭދަކުރަނީ ކުރާނީ ޗަމްޕާ ބްރަދާސް އިންނެވެ. އެ ކުންފުނިން މި ޕްރޮޖެކްޓަށް 4.2 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ހޯރަފުށި ކައުންސިލުން ބުންޏެވެ. އެއީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުންނެވެ.
މިފްކޯ އާއި ހޯރަފުށި ކައުންސިލުން މި ޕްރޮޖެކްރު ކުރިއަށް ގެންދަނީ ދެ ބައި މީހުންނަށް ފައިދާ ބަހާ އުސޫލުންނެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މި އައިސްޕްލާންޓުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް އައިސް ލިބުމުގައި އިތުރަށް ލުއިފަސޭހަ ވާނެ ކަމަށެވެ. އިތުރު ރަށެއްގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަހުގެ ތާރީޚެއްގައި އެ ކޮން ރަށެއްކަން އިއުލާން ކުރާނެ. މި ސަރުކާރުގައި އަޅުގަނޑުމެން ވެފައިވާ ވައުދު، ރާއްޖޭގެ އައިސް ލިބުމުގެ ތަނަވަސްކަން 45 ޕަސެންޓަށް އިތުރު ކުރާނަން،" ޒަހާ ވިދާޅުވި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މި ޕްރޮޖެކްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ހޯރަފުށި ކައުންސިލުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. ވީހާ ވެސް އަވަހަކަށް އެ ޕްލާންޓު ގާއިމުކޮށް މަސްވެރިންނަށް ހިދުމަތް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
28 January 2021
ހިންގުން ތެރި ކައުންސިލެއް އަދި ހީވާގި އެމްޕީ ސަލީމްގެ ކުޅަދާނަކަން ފެނި އަންތަރީސް ވެއްޖެ. އެހެން ރަށްތަކުގެ ކައުންސިލް ތަކާއި މެމްބަރުން ހޭލަން ވެއްޖެ. ހަމަ އެކަނި އައިސް ޕްލާންޓެއް ނޫން. މިކަހަލަ ކިތަންމެ ޕްރޮޖެކްްޓެއް.
ޝޫނާން
28 January 2021
ހޯރަފުށި ތަރައްޤީ ވާތަން ފެނުނީ މަ އަތް ބަންނަންފޭށީ. ހުރިހާ ފަޅުރައްތަށް އަތުލާފަ ތަރައްޤީއަށް އެއްވެސް ކައެއް ނުކޮށްދޭނެ. ޅ.އަތޮޅައްވެސް ހަދާލީ އެކަހަލަ ގޮތެއް. ރައްޔިތުން ވިސްނާލައްވާ
ޖޫލީ
27 January 2021
ސަރުކާރުން ކަމެއް ނުކުރެއޭ ބުނާނެ އަދުރޭ ސާރ މެން.
ޖަންބުހަސަންބެ
27 January 2021
ޝުކުރިއްޔާ ޗަންޕާބުރަދާސް.
ރަށްއިތުމީހާ
27 January 2021
ހޯރަފުށީ ކައުންސިލުގެ ހިންގުން ތެރިކަން ތި ފެންނަނި. މަސް ނިމްނީމަ މުސާރަ ނަގަށް ތިބޭ ކައުންސިލަރުން ނަކައް ކަން ކަމެއް ނުވާނެ. ކަން ކަން ވާނި ނިކަން އެކުޓިވް ކައުންސިލު ތަކަށް.
މޯޑް
27 January 2021
ސުކުރިއްޔާ ޗަންފާ ބުރަދާސް.