މާފުށީ ޖަލު: އެ ޖަލުގައި ހުރި މީހެއްގެ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެނިކޮށް ރޭ ފަތިހު ވަނީ މަރުވެފައި.-- ފޮޓޯ: ކެވިންޓިއޯ.ބްލޮގްސްޕޮޓް.ކޮމް
08 ނޮވެމްބަރ 2016 - 10:41
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތެއް ނިމެންދެން މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުރި މީހަކު އައިޖީއެމްޗްގައި ފަރުވާދެމުން ދަނިިކޮށް ރޭ ފަތިހު މަރުވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލް ވިދާޅުވި ގޮތުގައި މަރުވީ ހުސައިން ޒަރީރު، ދ. ވާނީ، 28 އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގައި ހުއްޓާ ޒަރީރު އައިޖީއެމްއެޗަށް ގެންދިޔައީ އިއްޔެ ހެނދުނު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި ޒަރީރަށް ފަރުވާ ދިނުމަށް މާލެ ގެނައީ ވަރަށް ބޮޑަށް ވަރު ދެރަވެގެންނެވެ. އޭނާއަކީ މުޖުތަމައަށް ނުރައްކާތެރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަން ވެސް އެނގިފައިވެ އެވެ.
ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޒަރީރު ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ޖެނުއަރީ 28ގަ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ކުރަމުން ދަނީ ސީދާ ކޮން ކުށެއްގެ ޝަރީއަތެއް ކަމެއް ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
08 November 2016
ޚަބަރުލިބުނީ އޭނަ ޖަލުގަހުއްޓާ އަނގައިންވެސް ނުބުނެވި ނުކެވި އުޅޭތާ ދުވަސްކޮޅެއްވެއްޖެކަމަށް. ކާންދީ ހެދީވެސް ޖަލުގަހުރި ތިމާގެ ކުއްޖެއްކަމަށް.
GAN Island
08 November 2016
ކުރީ ޒަމަމާނުގައި ކޮމިއުނިސްޓް ރަޝިޔާ އާއި ހުޅަޤު ޖަރުމަން އަދި ސައުތު އެފްރިކާގެ ޖަލުތަކުގެ ގޮޅިތައް ރާއްޖޭގައި ބެހެއްޓީތޯ ؟؟ މިހާރު އެތަންތަނުގެ މިދެންނެވި ޖަލުތަކުގެ ހާލަތު އަހަރުމެންގެ ވެރިރަށުގެ އާންމު ދިރިއުޅެން އުޅޭ ގޮޅިތަކަށް ވުރެން ރަނގަޅުކޮށްފި.
ޒައި
08 November 2016
ޅަ ސޮރެއް ކުއްލި ގޮތަކަށް ހާލުބޮޑުވެ މަރުވީމާ ބަލަން އެބަޖެހޭ އޭނަޔަށް އަނިޔާއެއް ލިބިފަ ހުރީތޯ، ކުރިންވެސް ބަލި މީހަކީތޯ، ކަމަކަށް ފަރުވާކުރަމުން ދިޔަ މީހެއްތޯ، އެހެންވިއްޔާ އެކަށީގެންވާ ފަރުވާ ލިބުނުތޯ. ފުލުހުންނަށް ވަރަށް ފަސޭހަކަމެއް ކޯޓުގަ މުޖުތަމައަށް ނުރައްކާތެރިމީހެކޭ ބުނުން، ހަމަ ބުނާއިރަށް ޕަޓަސް 30 ދުވަސް، އެހެންގޮސް ހައެއްކަ މަސްވެސް ވެދާނެ ސުވާލެއްވެސް ކޮށްނުލާ. މިވެރިން ޖަވާބުދާރީ ކުރުވެން އެބަޖެހޭ.
އަހްމަދު
08 November 2016
އެއްބައިމީހުންގެ މއްސަލަ ތިންއަޑުއެހުމާއި އެކު އެއްހަފުތާއިން ނިންމާފަހުކުމް އަދި ހުރިހާމރުހަލާއެއް އެއްމަސްވުމުގެކުރިން ނިންމާލަ. އނެއްބަޔަކު އުމުރުނިމޭއިރުވެސް ކޮންކަހަލަ ކަމެއްކަންވެސް ނޭގެ. ދެންވިސްނަވާ...... އކަމކު ފާޑުކިޔުންމަނާ
ހަމަހަމަ
08 November 2016
ޤާނޫނު އަސާސީ ބުނަނީ ސަރުޢީ ކޯޓަކުން ހުކުމެއްނާންނަ ހާހިނދަކު އެއްވެސްމީހަކީ ކުށްވެރިއެއް ނޫނޭ. ދެންކީވެތޯ ހިނގަމުންދާ ޝަރީއަތެއް ނިމެންދެން މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ބަހައްޓަނީ؟؟؟؟؟ އެގޮތަށް ިހަމަސް ހަތްމަސްބަހައްޓާފަ މައްސަލަ ސާބިތުނުވިޔޭކިޔާފަ ދޫކޮށްލާއިރު ބަދަލުގެގޮތުގައި ދެނީކޯއްޗެއްތޯ؟؟؟؟؟؟
މއ
08 November 2016
ޝަރީއަތް ނިމެންދެން ގޭބަންދުގައިވެސް މީހުން ބައިތިއްބާފަ އެބަހުރި އަހަރު ދެ އަހަރު ވަންދެކަން
ޢަބްދުﷲނާފިޒު
08 November 2016
ޝަރީޢަތް ނިމެންދެނޭ ކިޔާފަ ޖަލުގަ ބެހެއްޓި މީހާ އެތާ ހުންނަތާ 9 މަސްދުވަސް ވީއިރު ކިތައް ދުވަހު ޝަރީޢަތް ބޭއްވުނުބާ! މިވެރިގެން ހުރި ޤާބިލުކަމެއްގެ ބޮޑު ކަމާއެވެ.
ބޫ
08 November 2016
އެފަކީރު ޖަލުގައި އެމަރުވީ ދައުވާކުރާ މައްސަލަވެސް ނޭނގި. ޚިހަ ދެރަ.
މުޙައްމަދު
08 November 2016
ކުރިން މަރު ވި މީހާގެ ވެސް އެއްވެސް ހަބަރެއް އަދިވެސް ނުލިބޭ..، ،މި ފަހަރު ކިހާވަރަކުން ދާނެބާ! މިކަންކަން މިހާރު މިދަނީ ޢާއްމުވަމުން
ނައްޓައިފި
08 November 2016
ހޯމް މިނިސްޓަރަށާއި ކަރެކްޝަންސް އިން ދަސްކުރަންވީ ކަންކަމުގެ ތެރޭގައި https://www.penalreform.org/wp-content/uploads/2015/05/MANDELA-RULES.pdf