ވިޔަފާރި / ޑޮލަރު

ޑޮލަރުގެ ކަޅު ބާޒާރަށް ގުނޑުން އަރައިފި، މިހާރު އުޅެނީ 18ރ އަށް

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކުރިއަށްވުރެ ދަށްވެއްޖެ

ޓޫރިޒަމް ރަނގަޅުވެ، ކޮވިޑްގެ ހުއްޓުމުގެ ތެރެއިން ޑޮލަަރު ކުޑަކޮށް ތިޔާގިވެލުމާ އެކު، ކަޅު ބާޒާރަށް ގުނޑުން އަރައި، ޑޮލަރެއްގެ އަގު 18 ރުފިޔާ އަށް ވެއްޓިއްޖެ އެވެ.

މިދިޔަ މަހު ކުރީ ކޮޅު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 19 ރުފިޔާއަށް ވުރެ މަތީގަ އެވެ. ނަމަވެސް މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ހުރީ 18.25 ރުފިޔާ އާއި 18:00 އާ ދެމެދުގަ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދައިރާ ހުއްޓިފައި އޮތުމުން ޑޮލަރު ލިބުން ތާށިވެ އެތައް އަހަރަކަށް ފަހު ޑޮލަރުގެ ކަޅު ބާޒާރު އުފެދުނެވެ. އަދި ރަސްމީ ރޭތް ކަމަށްވާ 15:42 އަކީ "މާޒީއެއް" ކަމަށް ވާނެ ފަދަ ހާލަތަކަށް ޑޮލަރު ތާށިވެ، މަހުޖަނުންގެ ކޮންޓްރޯލްގެ ދަށަށް އެ މުއާމަލާތް ދިޔަ އެވެ.

ޑޮލަރު ގަނެ ވިއްކާ ބައެއް މީހުން ބުނާ ގޮތުގައި، ޑޮލަރުގެ އަގު ދަށަށް ދިޔައީ ކުރިއަށް ވުރެ ގިނައިން މާކެޓުގައި މިހާރު ޑޮލަރު ދައުރުވުމުގެ ސަބަބުންނެވެ. ބޮޑު އަގުގައި ގަންނަން އޮތް ޑިމާންޑް ކުޑަވަމުން އަންނަ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މިހާރު ރާއްޖެއަށް ދުވާލަކު ގާތްގަނޑަކަށް 3،000 ޓޫރިސްޓުން އާދެ އެވެ. މިއީ ކޮވިޑާ ގުޅިގެން މިދިއަ އަަހަރުގެ ފެބްރުއަރީ ހިސާބުގައި ޓޫރިޒަމް ބަންދުވާން ފެށިއިރު ހުރި މިންވަރަށް ވުރެ ދަށް ނިސްބަތެއް ނަމަވެސް، މި ހާލަތުގައި އިގުތިސާދަށް ލިބޭ ވަރަށް ބޮޑު ދިރުމެކެވެ.

ރާއްޖޭގެ ޑޮލަރުގެ ސަޕްލައި ރަނގަޅުކުރަން މަރުކަޒީ ބޭންކުން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމެއްގެ ދަށުން 150 މިލިއަން ޑޮލަރު ހޯދި އެވެ.

25 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 3%
icon angry icon angry 16%
icon wow icon wow 6%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

01 February 2021

ޑޮލަރު މާރު ކުރެވޭ ގޮތް ހަދަންވީ ހަމަ އެކަނި ބޭންކުތަކަށް! ދޭން ބޭރުފައިސާއިން އާމްދަނީ ލިބޭ މީސްމީހުން ގެ އާމްދަނީގެ 50 އިންސައްތަ ބޭންކަށް ޖާމާ ކުރާ ގޮތަށް ޤާނޫނު ފާސް ކުރަންވީ! ރާއްޖޭގެ ޚިދްމަތުގެ އަގު ހަމަ އެކަނި ރުފިޔާ އިން ދައްކާ ގޮތަށް ހަދަން ވީ އެނގިއްޖެ! އޭރުން ތި ބޭރުގެ ޓުއަރ އޮޕަރޭޓަރުން ފޮނުވަން ޖެހޭ ފައިސާ ހަމަ ރާއްޖެ އަށް ވައްދަން ޖެހޭނީ!

The name is already taken The name is available. Register?

ފިނރުޓޭ

01 February 2021

މި އެއް ނޫން ދޯ ރައްޔިތުން ބޭނުންވަނީ ކީ އެއް! ރައްޔިތުން ބޭނުން ވަނީ މި ކަމަށް ހައްލެއް! މާނަ އަކީ އެހެނެހެން އަސާސީ ތަކެތި ލިބޭ ފަދައިން ޑޮލަރުވެސް ލިބުން! އެއީ ވަކި ޑޮލަރު ވެގެންނެއް ނޫން! އެއާ ނުލާ ނޫޅެވޭތީވެ! އެހެންވީމަ މިހެން މި ބުނެލީ އިނގޭ! ޓެކްސް ވެސް ރުފިޔާ އިން ދެއްކޭ ގޮތް ހެދީމަ، އެ ޑޮލަރު ކޮޅުވެސް ކަޅު ބާޒާރުގަ ވިއްކާފަ، އޭގެން ލިބުނު ނަފާއިން އެކަނި ޓެކުސް ދެއްކީވެސް! ކީކޭ ބުނާނީ އަޅެފަހެ!

The name is already taken The name is available. Register?

ޢަލީ މުޙައްމަދު ފަރުމާ

01 February 2021

ރާއްޖޭގައި ކަޅުބާޒާރު އޮންނަންޖެހޭ ސަބަބެއްނެތް. ކަޅުބާޒު ހިންގަނީ އަބަދުވެސް ސަރުކާރުގެ ބޮޑުން. މިސަރުކާރުވެސް އުންމީދުކުރިވަރަށް މިކަމުގައި އަޅާލާތަނެއް ނުފެނޭ. ކަޅުބާޒާރުގައި ޑޮލަރުވިއްކަން މަގުމަތީ ރޯމާދުވާލު އުޅޭފަރާތްތައް ހައްޔަރުކުރަންޖެހޭ. އެމް.އެމް.އޭ އަށް މިކަމުގައި ފިޔަވަޅު އެޅެންޖެހޭ އަދި ޕޮލިހުންވެސް އެމީހުންގެ ޒިންމާ އަދާކުރަންޖެހޭ

The name is already taken The name is available. Register?

އމވއޑ

01 February 2021

ގުޑުން އެރުމުގެ މާނަ އަދި ނޭންގެނީ. ޚަބަރުގެ އަސްލު މަގުސަދު ހާސިލް ނުވާނެކަން އެނގިއްޖެ ޚަބަރު ކިޔާލުމުން.

The name is already taken The name is available. Register?

އަހުމަދުއަލޯ

01 February 2021

ޑޮލަރުގެ ކަޅުބާޒާރެއް ނޯވޭ. އެމް.އެމް.އޭ!

The name is already taken The name is available. Register?

ޑޮލަރު19

31 January 2021

ޓުރިޒަމުގެ ސީސަން ނިމެނީ.. .ދެންއޮތީ ލޯސީޒަން.. ޗައިނާއިން ނާންނަންޔާ ލޯސީޒަން ނުހިފެހެއްޓޭނެ.. މިމަހުގަ ޑޮލަރު ތިހެން ވެެއްޓުނަސް، އަދި ހަމަ 18-19ރ. ގަ މުޅުމިއަހަރުވެސް ހުންނާނީ... އޭގެފަހުންވެސް ރާއްޖެއަށް ވަންނަހާ ޑޮލަރެއް އިންޑިޔާއިން ގެންދާނެ. މިހާރު މިދޭލޯނުތަކަށް، ލާރިދޭންވީމަ ރިޒާވުކޮޅުވެސް ގެއްލޭނެ... އެހެނަސް 2022 ގަ ޓުރިޒަމް މެކުހަށް ޖަހާނެ. 20،21 ގަ ނުވީހަ ކައިވެންޔެއް އޮންނާނެ، ހަނީމޫންނަށް ރާއްޖެ އަންނާނެ، ވޯލްޑު ޓުރެވެލް ބޫމް!!!

The name is already taken The name is available. Register?

ހާހާހާ

31 January 2021

ތި ކަމެއް ގަވަނަރ އަކަށް ނޭނގޭ.ދުނިޔޭގަނެއް މިގައުމަށްވުރެ ބޮޑަށް ކޮންޓްރޯލް ގެއްލުނު ގައުމެއް. ހަގީގަތަކީ ބަލިކަށި ދޯދިޔާ އަދި ނާގާބިލް ސަރުކާރެެއް.

The name is already taken The name is available. Register?

މިއަދު

31 January 2021

އަބަދުވެސް ޑޮލަރުގެ ކަޅުބާޒާރު އުފެދެނީ އެމްޑީޕީ ވެރިކަމަށް އައުމުން

The name is already taken The name is available. Register?

އަރުތަ

31 January 2021

ކަޅުބާޒާރު ނެތް އިރެއް ނުދެކެން، މީގެ ކުރިންވެސް ފުރާ މީހަކަށް ގަންނަން ލިބެނީ 500 ޑޮލަރު، އޭރުވެސް ކަޅު ބާޒާރުން ހަމަ ޑޮލަރު ގަންނަން ޖެހެނީ 500 ޑޮލަރަށްވުރެ ގިނައިން ބޭނުމިއްޔާ، ތަފާތަކީ ކޮވިޑްގެ ބަލިމަޑުކަމައި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައުމުން ކޭޝްފްލޯ ހުއްޓި ކަޅުބާޒާރުގަ ޑޮލަރުގެ އަގު ވަރަށް މައްޗަށް އަރައިގެން ދިއުން، އަބަދުވެސް ޑޮލަރުގެ ކަޅު ބާޒާރު އޮވޭ، މީހަގީގަތަކީ.

The name is already taken The name is available. Register?

ނަމޫ

01 February 2021

ރަނގަޅު ވާހަކައެއް

The name is already taken The name is available. Register?

ހުސޭނުބެ2323232

31 January 2021

ކޮބާ ވިސާ ކާޑުތަކުގެ ލިމިޓު ދެން ދާއިމަށް އޮންނާނީ މިއޮތް ގޮތަށް 250 ޑޮލަރުގެ ލިމިޓުގަ ދޯ؟ ދިވެހީންނަށް ލިބިފައި މިހުރީ ކޮންފަދަ ކަމެއް ޖެހިފައިހުރި ބޭންކެއްބާ؟

The name is already taken The name is available. Register?

މެޓޭ

31 January 2021

މިއަދުވެސް 18.60 އަށް ވިއްކިން. ކާކުބާ 18 އަށް ވިއްކަނީ ...

The name is already taken The name is available. Register?

އަރުތަ

31 January 2021

ނުބުނާނަން، ތިއުޅެނީ 18 އަށް ގަނެގެން ފައިދާލާފަ ބޮޑު އަގުގަ ވިއްކަން.......

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454