ވީޑިއޯ އަލްބަމް ނެރުމުގެ ކުރިން އޭގެ "ބާރަށް ދުއްވާ" ލަވައިގެ އޯޑިއޯ މިހާރު ވަނީ އާންމުންނަށް ދޫކޮށްލާފައި. އަދި އަލްބަމް ރިލީޒް ކުރުމުގެ ކުރިން އިތުރު ލަވައެއް ވެސް ސައުންޑްކުލައުޑްގައި ރިލީޒް ކުރާނެ.
ރާޅުގަނޑު ބޮޑުބެރު ބޭންޑް ޝޯއެއްގައި ކުޅެނީ: ޖެނުއަރީ މަހު ވީޑީއޯ އަލްބަމެއް ނެރޭނެ.
10 ނޮވެމްބަރ 2016 - 06:14
އާންމުންގެ މެދުގައި މަޝްހޫރު ބޮޑުބެރު ބޭންޑް ރާޅުގަނޑުން އެ މީހުންގެ ފުރަތަމަ އަލްބަމް، ވީޑިއޯ ލަވަ އަލްބަމެއްގެ ގޮތުގައި ނެރުމުގެ ތައްޔާރީތައް ފަށައިފި އެވެ.
ހަތެއް ނުވަތަ އަށް ލަވަ ހިމަނަން ނިންމާފައިވާ އަލްބަމްގެ ހުރިހާ އޯޑިއޯއެއް މިހާރު ވަނީ ނިންމައިފަ އެވެ.
މުޅިން ވެސް ރާޅުގަނޑުގެ އަމިއްލަ އުފެއްދުންތައް ހިމެނޭ މި އަލްބަމްގައި ހިމެނޭ "ބާރަށް ދުއްވާ" ލަވައިގެ އޯޑިއޯ މިހާރު ވަނީ ސައުންޑްކުލައުޑް މެދުވެރިކޮށް ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ފޭނުންނަށް ދޫކޮށްލައިފަ އެވެ.
އަދި އަލްބަމް ރިލީޒް ކުރުމުގެ ކުރިން އިތުރު އެއް ލަވަ ނެރޭނެ އެވެ.
ރާޅުގަނޑުގެ ފައުންޑަ މެމްބަރު ހައްމާދު ރަޝީދު (ހަމްޕް) ބުނީ ބޭންޑުގެ އަމިއްލަ ހަރަދުގައި ހަދާ އަލްބަމްގެ ހުރިހާ ލަވަތަކަކީ ވެސް ދިވެހިންގެ ސަގާފަތާއި އާދަކާދަ ކިޔައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލަވަތަކެއް ކަމަށެވެ.
"އެހެންވެ ލަވަތަކުގެ ވީޑީއޯ ވެސް ހުންނާނީ ލަވަތަކުގައި ކިޔާ އެއްޗަކުން މަންޒަރުތައް ސިފަކޮށް ދޭ ގޮތަށް. މީގެ އަސްލު ބޭނުމަކީ ދިވެހިންގެ ކުރީގެ އާދަކާދަތަކާއި ސަގާފަތް މި ޒަމާނުގެ ޒުވާން ކުދިންނަށް ކިޔައި ދިނުން،" އޭނާ ބުންޏެވެ. "އެހެންވެ މީގެ ކޮންމެ ލަވައަކީ ވެސް ކަމާ ބެހޭ ވަރަށް ގިނަ ބައެއްގެ ހިޔާލާއި ލަފާ ހޯދައިގެން ހަދާފައި ހުރި ލަވަތަކެއް."
ހަމްޕް: އޭނާ ބުނީ ވީޑިއޯ އަލްބަމަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށް.
ހަމްޕް ބުނީ ބޭނުން ވަނީ ފެންވަރު ރަނގަޅު، ބެލުންތެރިން ބަލާ ހިތްވާ ޒާތުގެ އަލްބަމެއް ވުޖޫދަށް ގެނައުން ކަމަށެވެ. އެހެންވެ އަލްބަމްގެ ލަވަތަކުގެ ޑައިރެކްޝަން ހަދާނީ ރާއްޖޭގެ މަޝްހޫރު ބައެއް ޑައިރެކްޓަރުން ކަމަށް ބުންޏެވެ.
"އެކަމަކު އަހަރެންގެ އައިޑީ އާއި ވިޝަންގެ މައްޗަށް ލަވަތައް ޑައިރެކްޓް ކުރާނީ. ތަޖުރިބާ ހުރި، ރަނގަޅު މީހުން ލައްވައި ލަވަތަކުގެ ޑައިރެކްޝަން ވެސް ހަދާނީ،" ބުންޏެވެ. "މިހާރު އެ ސްޓޭޖްގައި މި އުޅެނީ."
އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އަލްބަމް ރިލީޒް ކުރަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
އަލްބަމްގެ ނަން ރާޅުގަނޑު ހާމަ ކުރާނީ ވެސް އަލްބަމް ރިލީޒް ކުރާ ރޭގަ އެވެ.
"މި އަލްބަމަށް އަހަރަމެން ތައްޔާރުވަމުން އަންނަތާ ފުދޭ ވަރަކަށް ދުވަސްވެއްޖެ. ވީހާ ވެސް ފެންވަރު ރަނގަޅު އެއްޗެއް ގެނެސް ދިނުން އަމާޒަކީ،" 25 އަށް މެމްބަރުން ހިމެނޭ ބޭންޑާ ބެހޭ ގޮތުން ހަމްޕް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
10 November 2016
ހިތްވަރާއެކު މަސައްކަތްކުރާ ބަޔަކަށް އަބަދަކު ނާކާމިޔާބެއް ކުރިމައްޗެއް ނުވާނެ! ބޭނުންވަނީ ރީތި ނަލަނަލަ ލަވަތަކަކަށް ހަމަ އެހާމެ ފުރިހަމަ ވީޑިއޯއެއް! -އިބްރާހީމް-
ޖިހާދް
10 November 2016
މީހަކު ނޫޅޭ މޮޔަވެގެނެއް!!!! ހަރުބީ ވަރެއް ނުވާނެ، އެވެރިންނާއި ގާއި ވެސް ނުކުރެވޭނެ!
މެއްހް
10 November 2016
ހޫ ކެއާސް