ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ--ފޮޓޯ:މިހާރު
05 ފެބުރުއަރީ 2021 - 16:57
ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އައި ބޮޑު ހުއްޓުމަށް ފަހު މިހާރު ޓޫރިޒަމަށް އަންނަމުންދާ އުންމީދީ ކުރިއެރުންތަކާ އެކު މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަަމުގެ ނިސްބަތް 34 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އަމީރު ވިދާޅުވީ މިދިޔަ އަހަރު ކޮވިޑާ ހެދި އިގްތިސާދު އަޑިއަޅާލި ނަމަވެސް މި އަހަރަށް އިގްތިސާދީ ގޮތުން ކުރައްވާ އުންމީދު ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އެވްރެޖުކޮށް 3،000 ޓޫރިސްޓުން ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ކަމަށާއި ނަމަވެސް އޭޕްރީލް ހިސާބަށްދާ އިރު ޗައިނާ އާއި ޔޫރަޕްގެ ގައުމުތައް ހުޅުވައިލުމުން ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 5،000 އަށް އިތުރުވާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި ލަފާކުރަނީ 2021 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ގާތްގަނޑަކަށް 34 ޕަސެންޓަށް ކުރިއަރައިދާނެ ކަމަށް. މިއަހަރު ވެގެންދާނީ އުންމީދީ އަހަރަކަށް،" އޭނާ ވިދާޅުވި އެވެ
ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް ދަސްވީ އިގްތިސާދާއި ސިއްހީ ކަންކަމާ އޮތް ގުޅުން ކަމަށާއި އިގްތިސާދު ހަމަ މަގަށް އެޅުވެން އޮތީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވިގެން ކަމަށް އަމީރު ވިދާޅުވި އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ފަހު އިގްތިސާދު ކުރިއަރުވަން މަސައްކަތްކުރަމުން އަންނައިރު އެންމެ ބޮޑު އިސްކަމެއް ދެނީ ބަލިން އަރައިގަތުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އަމީރު ވިދާޅުވީ ބަޖެޓު ތަންފީޒުކުރުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ލަފާކުރި އާމްދަނީ ނުލިބުން ކަމަށެވެ. އޭނާ ވިދާޅުވީ މި ސަބަބާ ހެދި ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތް ނަމަވެސް އިތުރު ލޯނާއި މާލީ އެހީތައް ބޭރުން ހޯދަން ޖެހުނު ކަމަށެވެ. އަމީރު ވިދާޅުވީ މިދިޔަ އަހަރު 530 މިލިއަން ޑޮލަރު މާލީ އެކި އިދާރާތަކުން ސަރުކާރުން ހޯދި ކަމަށެވެ.
މިދިޔަ އަހަރު އިގްތިސާދަށް އައި ލޮޅުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިގްތިސާދު ކޮޅަށްޖެހުމަށްޓަކައި މަސައްކަތްކެއް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލުނު 17،700 މީހުންނަށް 260 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ވިޔަފާރިތަކަށް 580 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިސްކްސް އިން މިދިޔަ އަހަރު ނެރުނު ދެ ވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ރާއްޖޭގެ ކުއާޓާލީ ޖީޑީޕީ 51 ޕަސެންޓު ދަށަށް ދިޔަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ކުއާޓާލީ ޖީޑީޕީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 54 ޕަސެންޓުން ދަށަށް ދިޔަ އެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ލަފާކޮށްފައިވަނީ ކޮވިޑްގެ ސަބަބުން ނިސްބަތުން އެންމެ ބޮޑަށް ގެއްލުންވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާގުބަންސަދޯރު
07 February 2021
ކޮންއިރަކުން ތަ އިންޓަނެޓް އަގުހެޔޮ ކުރަނީ!
ކަރަޕްޝަނިސްތާނު
06 February 2021
2020 ވަނަ އަހަރާއި އަޅުވާކިޔާފަ ކުރިއެރުން ނުކިޔާ. 2019 އާއި އަޅުވާކިޔާއިރު ކިހާވަރެއްގެ ކުރިއެރުމެއްތަ ރައްޔިތުންނަށް އޮޅުވާ ނުލައްވާ.ޕޯޑިއަމުގައި ތިބޭފުޅާ ދެއްކިވާހކަ މީ. މިހާރު ކޯންޗަކަށް މިވަނީ. އަމާނަތް ތެރިކަމުގެ ކުނޑިފުކެއްވެސް ނެތް ކަލޭމެނަަށް ލިބިފަ
ރާއްޖެ
06 February 2021
މިސަރުކާރުގެ ވެރިން ވާހަކަ ދައްކަނީ އެއްވެސް ވަރަކަށް ދިރާސާ ކުރުމެއް ނެތި. 2020 ފެށުނު ތަނާ ވެރިމީހާ އަރާ ބުނީ 2020 ނިމޭ ތަނުން އިކޮނޮމިކް ބޫމް އަންނާނެއޭ ވެސް. އޭރު އޮތީ ކޮވިޑް ފެތުރެން ފަށާފަ. ބޫމް އައިސް ފައިބައިގެން ދިޔަ އިރު އެންމެން ދަރަނިވެރިވެ ވަޒީފާ ގެއްލިއްޖެ.
ނަޝީދު.
06 February 2021
ހިނި އަންނަނީ ...
އަބުދުލް ގާދިރު
05 February 2021
ތީ ކޮން ދިރާސާއެއްގެ މައްޗަށް ބިނާކޮށް ބުނި އަދަދެއްބާ؟
އިޔެ1
05 February 2021
34 ޕަސެންޓަށް ކުރިއަރާނެ ކަމަށް ބުނެފައި، ކުރިއަރުވަން ކުރާނެ މަސައްކަތް ނުވަތަ ޕްލޭން ކިޔައި ނުދެވޭ. ކުރިޔަށް އޮތް ދެމަަހެއްގެ ތެރޭ މިހާރު ފެތުރެމުންދާ ސައުތު އެފްރިކާ ވޭރިޔަންޓުގެ ސަބަބުން ފްލައޓުތަށް ކެންސަލްވުމުގެ ފުރުސަތު ބޮޑު. މަސްވެރިކަން ކޮޅަށް ޖަހަން ލިބުނު އެއް އަހަރު ކުރެވުނީ ކޮންކަމެއްތޯ؟ މަސްވެރިކަމުގެ ސިނާއަތަށް ފޯކަސްކޮށްގެން ނޫނީ މިޤައުމަށް ސަލާމަތެއްނެތް.
ކަކުނިބޯ
06 February 2021
އިޤްތިސޯދު ކުރިއެރުވެނީ މަސްވެރިކަމަކކުން އަދި ޓުއަރިޒަމްއިން އެކަނި ނޫން。 މިރާއްޖޭގަ އިފެއްދޭންތަކެތި އުފައްދާނެ މާހައުލެއްރައްޔިތުންނަށްދީގެންވެސް ވާނެ މިސާލު ކަރާ ބަރބޯފަދަ ތަކެތި ޑިޔުޓީބޮޑކޮށް ހައްދަން ހިތްވަރުދިނުން. އެކަމަކު ރާއްޖެއަކު އެއްކަމެއްވެސް ނުކުރެވޭނެ ދިވެފައިސާއާއި ބޭރުފައިސަގެ އިންބެލެންސް ކަޑުވަލެވިގެންނޫނީ މިކަމުގެ ސަބަބުން މަސްވެރިން ގަނަތެޅެނީ. ތާއްޖެގާހިންގާ ވިޔަފާރިންލިބޭ ބާރުފއިސާ ރާއްޖެވައްދަން އެމް އެމް އޭ ނުކުޅެދިފާ
ކަކުނިބޯ
05 February 2021
ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް ދަސްވީ އިގްތިސާދާއި ސިއްހީ ކަންކަމާ އޮތް ގުޅުން ކިހާވަރުގަދަކަމެއް ދަސްވި އިޤްތިސާދު ކުރިއަރާނީ ބެޑް އިތުރުވެގެންކަން. އަންނާނެ މީހުން ވާނީ ރަނގަޅު އެއަރޕޯޓެއްއޮވެ ރަގަޅު ހިދުމަތް ދެވިގެންކަން އަދި ޓުއަރިޒަމް އޭކިޔާ ރިސޯޓްތަކުން ޤައުމަށް،ލިބެނީ 10% ފައިސާކން ގެސްޓްހައުސް އިން 100% ލިބޭކަން އަދި މަސްވެރިކަމާ އާންމުން ގަނަތެޅެންޖިހެނީ ރިސޯޓްއޯނަރުންގެ މަންފާއަށް ޑޮލަރ ކަޅުބާޒާރު ހިންގާގެންކަން
ލޯބިރު
05 February 2021
34 ޕަސެންޓަށް ކުރިއަރާނެ ކަމަށް ތިބުނަނީ ވެންޓިލޭޓަރު ކާލި އެތިކޮޅު ލާފަށްތޯ. ވޯލުޑު ބޭންކު ބުނީ ، %39 ތިރިޔަށް ދާ ވާހަކަށް