ިދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/މިހާރު
07 ފެބުރުއަރީ 2021 - 11:11
މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް ގިނަވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައި ވާތީ އެ ނިންމުން ބަދަލުކޮށް ލީގު އަލުން ފެށުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން ފުރަތަމަ ޑިިވިޝަނުގެ ކްލަބްތަކުން އެެދިއްޖެ އެވެ.
މިދިޔަ އޮކްޓޫބަރު މަހު ކްލަބްތަކުން މި ފަހަރުގެ ލީގަށް ޕްރެކްޓިސްތައް ފެށީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އެފްއޭއެމުން މަޝްވަރާކޮށްގެން ކަނޑައެޅި ގައިޑްލައިނެއްގެ ތެރެއިންނެވެ. ފުޓްބޯޅަ ފަށަން އެޗްޕީއޭ އިން ދިނީ ވެސް ހާއްސަ ހުއްދައެކެވެ. މިހާތަނަށް ހުރިހާ މެޗެއް ގައިޑްލައިނުގެ ތެރެއިން ކުރިއަށް ގެންދިޔަ ނަމަވެސް އެޗްޕީއޭ އިން ފަހުން އާންމުކުރި ފިޔަވަޅުތަކުގެ ތެރެެއިން ލީގު މެދުކަނޑާލަން ނިންމުމަކީ ކްލަބްތަކުން ކަންބޮޑުވާ ކަމެކެވެ.
އޭއެފްސީ ކަޕްގައި މި އަހަރު ރާއްޖެ ތަމްސީލްކުރާ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި އީގަލްސް އިން ވަނީ ލީގު ހުއްޓާލާފައި އޮތުމުން ދިމާވާ ދަތިތައް ހާމަކޮށް ރޭ ބަޔާނެއް ނެރެފަ އެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އިން ބުނީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް މެޗުތައް މެދުކަނޑާލިއިރު، ޕްރެކްޓިސްތައް ކުރަން ވެސް ފުރުސަތު ނުދިނުމުން ކްލަބްތަކަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ކުރިމަތިވާނެ ކަމަށެވެ.
"މިހާ ކުއްލި ގޮތަކަށް މެދުކަނޑާލުމުގެ ބަދަލުގައި ކްލަބްތަކަށް އެންމެ ކުޑަމިނުން ފަރިތަކުރުންތައް ކުރިއަށްގެންދެވޭނެ މަގެއް ތަނަވަސްކޮށްދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މި ކްލަބުން ދެކެމެވެ،" މާޒިޔާގެ ބަޔާނުގައިވެ އެވެ.
އީގަލްސް އިން ބުނީ މި ގޮތަށް ކުރަމުން އައި މަސައްކަތް ހުއްޓާލުމަކީ ފުޓްބޯޅައިން ލިބޭ އާމްދަނީ އަށް ބަރޯސާވެފައި ތިބި ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެސް ލިބުނު މާޔޫސްކަމެކެވެެ. މާޒިޔާއެކޭ އެއްގޮތަށް އީގަލްސްގެ ވެސް އެދުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކޮވިޑް-19ގެ ތެރޭގައި ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ހައްލުތަކެއް ހޯދާފައިވާ ގޮތަށް ރާއްޖޭގައި ވެސް ފުޓްބޯޅަ ފަށަން ހުއްދަ ދިނުމެވެ.
އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ލީގު ހުއްޓާލަން ޖެހިފައިވަނީ 14 ދުވަހަށެވެ. އެކަމަކު އެ މުއްދަތަށް ފަހު ލީގު ފެށިދާނެތޯ ސުވާލު އުފެދޭތީ ކްލަބްތަކުން ކަންބޮޑުވެ އެވެ. އެއީ ޕްރެކްޓިސް ހުއްޓާލަން ޖެހުމުން އަނެއްކާ ލީގު ފަށަން ޖެހޭނީ ޕްރެކްޓިސް ކުރަން ކޮންްމެވެސް ވަރަކަށް ވަގުތެއް ދީފައި ކަމަށްވާތީ އެވެ. ލީގު މެދުކަނޑާލިއިރު، ފުރަތަމަ ބުރުގެ ކުޅުން ނިމި ދެ ވަނަ ބުރުގައި ބައެއް ކްލަބްތަކުން ވަނީ ދެ މެޗެއް ކުޅެފަ އެވެ.
ކްލަބްތަކުން އެންމެ ހިތްހަމަނުޖެހޭ އަނެއް ކަމަކީ އެހެން ކުޅިވަރުތަކުގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދަން އެޗްޕީއޭ މެދުވެރިކޮށް ހާއްސަ ހުއްދައެއް ދޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން 2293
07 February 2021
ރައްއިތުން ނައް އިނގެނީ ކޮންކަމެއް ،ބާސްކެޓް ކުޅޭކަން އިގޭތޯ އޭގެތެރޭގަ ސުޕުން ކިޔާމީހަކު ހުންނަކަން އިނގޭތޯ ލޮލޮ
ޜޯނިއެދުރު
07 February 2021
ތި ކުޅޭކަން އެނގެނީވެސް ތި ކުލަބުތަކާއި، އެފް އޭއެމް އައް އެކަނި، ރައްޔަތުން ސައުގުވެރި ކަމެއްނެތް ކަމެއް ސަރުކާރުންވެސް ކުރުން ބުއްދިވެރިއެއް ނުން!
ހޭވިހަޑި
07 February 2021
ތަންހިންގަން ތިޔަ މުއައްސަސާއާ ހަވާލުވި ބައެއްގެ ސަބަބުން ތިޔަ މުއައްސަސާގެ އަގުވެއްޓި ކުލަބުތައް އިނދަޖެހިއްޖެ. އަނެއްބައި ކުލަބުތައް ހިންގުން ހުއްޓުވާ މުޅިން ވުޖޫދުން ފޮހެލައިފި. މިހާރު ރާއްޖޭގާ ފުޓުބޯޅަކުޅޭކަން ދަންނަނީވެސް މަދުބައެއް. ދެން ރަނގަޅުވާނީ ތިޔަ މުއައްސަސާ އުވާލާފާ ބަތްކައްކާ ކުޅޭނެ މުއައްސަސާއެއް އުފެއްދިއްޔާ.
ދަރަނިބޯ ނިއު ރޭޑިއަންޓް
07 February 2021
ނިއު ރޭޑިއަންޓް އޮތީ ދަރަނިވެރިވެ، ހުއްޓިފައި. އެ ރުޅި ދެން އެހެން މީހުންނަށް ނުބާލާ