ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސްޓެލްކޯ އެންމެ މަތީ ހަރުފަތަށް ގެންދިއުމުގައި މިދިޔަ ތިން އަހަރެއްހާ ދުވަހު ބުރަ މަސައްކަތްތަކެއް ކުރެއްވި.
07 ފެބުރުއަރީ 2021 - 20:33
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސެޓިފިކޭޝަން ސްޓެލްކޯ އިން ހާސިލްކޮށްފި އެވެ.
މިއާއެކު، ސްޓެލްކޯ އަށް ވަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓުތަކާއި ޕްރޮސެސްތައް އަދި ހިދުމަތްތައް ސެޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު ލިބިފަ އެވެ.
އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތް ވަކި ފެންވަރެއްގައި ހުރިތޯ ބެލުމަށް ފަހު، ކަނޑައަޅާ ބައިނަލްއަގުވާމީ ވަކި މިންގަނޑެކެވެ. އައިއެސްއޯގެ ފެންވަރަށް ސެޓިފައި ކޮށްދެނީ އެއީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާން ޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.
ސްޓެލްކޯއިިން ދޭ ހިދުމަތްތައް ކަމަށްވާ ކަރަންޓު އުފެއްދުމާއި ކަރަންޓު ފޯރުކޮށްދިނުމާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި ފެން އުފެއްދުމާއި ފުޅީގައި ފެން ބަންދުކުރުމާއި ނަރުދަމާ އާއި ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި ސޯލާ ޕެނަލް ހަރުކުރުމާއި ވިއްކުން ވަނީ އައިއެސްއޯގެ 9001:2015 މިންގަނޑަށް މިހާރު ސެޓިފައި ކޮށްދީފަ އެވެ.
މި ސިސްޓަމަށް ސްޓެލްކޯ ސެޓިފައި ކޮށްދީފައި ވަނީ އިނގިރޭސި ވިލާތުގެ އައިއެސްއޯ ކޮލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑް އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، އެ ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެ ކުންފުނި އައިއެސްއޯ ސްޓެންޑެޑަށް ސެޓިފައި ކޮށްފައިވާއިރު، ކުންފުނިން ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔާގެ އެވޯޑް ލިބިފައިވެ އެވެ. އަދި 2020 ގައި ބައިނަލްއަގްވާމީ ދެ އެވޯޑެއް ކަމަށްވާ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯ ފަދަ އެވޯޑުތައް ލިިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
08 February 2021
ފޯނަށް ޖަވާބު ދިނުމާއި، ފޯލްޓް ރިޕޯޓަށް އެޓެންޑް ވުމުގެ ކަންކަން ސްޓެލްކޯ ގަ ހުންނަނީ އައިއެސްއޯ ފެންވަރުގަ! ޕަބްލިކް ލައިނަކަށް ގުޅައިގެން ބައި ގަޑި ވާއިރު އަދި ފޯނެއް ނުނަގާ! އެއީ ދޯ އައިއެސްއޯ އިސްޓޭންޑަޑަކީ؟
ސެޓިފައި
08 February 2021
ސެޓިފައި ކުރަން ހަރަދުކުރި ވަރު ހާމަކުރޭ. އެހެންމީހުން ތި ސެޓްފިކެޓް ނުހޯދަނީ އަގު ބޮޑުކަމުން. އެވޯޑު ހޯދަން ސްޕޮންސަރއަަށް ހަރަދުކުރީ ކިހާވާރެއް؟؟ މުޣުނީގެ ޖަވާބު ބޭނުން.
ނަސީ
08 February 2021
ސާބަހޭ ރައީސް ޔާމިން
އަބްޑޫޅް
08 February 2021
ސެޓިފައި ކުރުމަކީ ދުނިޔެއަށް މޮޔަވުމުންވެސް ކުރާކަމެއް ދޯ؟
ބަކުރ
08 February 2021
މިކަމުން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތް، ކަރަންޓު ބިލު ބޮޑުވުން ނޫން ކަމެއް ނެތް. އަޅުގަނޑު ގަބޫލުކުރަނީ ކަރަންޓަކީ ރައްޔިތުންނަށް ހިލޭ ދެވޭނެ އެއްޗެއް ކަމަށް، އެއީ އެތަށް ބޭރު ބަޔަކު ހިލޭ ކޮއްދޭން އައިއްސަ އޮތް ކަމެއް، ސަރުކާރުން ލާރި ނަގަން ބޭނުންވީމާ މިހެން މިވަނީ
ހަސީ
08 February 2021
ކަރަންޓު ހިލޭ ދިނުން ރަނގަޅެއް ނޫން... އެއީ އެކަން ބޮޑު އިސްރާފަކަށް ވާނެތީ
އަބްޑޫޅް
07 February 2021
އަނެއްކާވެސް ކަރަންޓު ކެޑެންދެން.
ބޮސްގެ ބޮސް
07 February 2021
އަގުވެސް ހުރީ އިންތިހާއަށް ސެޓިފައިވެފަ!
އަހުމަދުއަލޯ
07 February 2021
މިއީ ބޮޑު ދޮގެއް. އެމްޑަބްލިއުއެސްއީއިން 2016ވަނަ އަހަރު މިކަން ކޮށްފި. އަދި ފުޑްސޭފްޓީގެ 22001 އާއީ ސޭފްޓީގެ 45001 އެންމެ ފަހުގެ ސްޓޭންޑަރޑްތައް ނަގާފަ އޮތީ. ބޮޑުތަނުން ފަލީހަތްވަނީ ތިޔަ.
ޑިސްއޮނަރަބަލް އަފީފު
07 February 2021
މިހެންވީމާދޯ މުޣުނީއަށް ބޭރުގެ އެވޯޑުތައް މިލިބެނީ.
އަހުމަދުއަލޯ
07 February 2021
ދޮގު ހެދުމުން އެވޯޑެއް ތިޔައީ. ކޮބާ ފެނަކައިންނާއި އެމްޑަބްލިއެސްއީން ނަގާފަހުރި ސެޓިފިކެޓު. ލޮލް.
ބޮލުރޮދިފުޅު
07 February 2021
ހެހެހެހެ... ފެނަކަ އިން ވަނީ މާ ކުރިން އައި.އެސް.އޯ 9001 އަދި 45001 އަށް އެކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ޚިދުމަތްތައް ސެޓިފައި ކޮށްފަ. އެހެންވީމަ މުޣުނީ ދޮގުފުޅު ނަހައްދަވާ! ދޮގު ހެދުމަކީ އައި.އެސް.އޯ މިންގަނޑުން ބޭރު، ނާތަހުޒީބު، ފިނޑި ޢަމަލެއް. ހެޔޮ މަގަށް ރުޖޫޢަވުމަށް ނަސޭހަތްތެރި ވަން.