65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދެނީ: އެންމެ ގިނަ ވެކްސިން މިހާތަނަށް ދިނީ މިއަދު .-- ޓްވިޓާ ފޮޓޯ: ޑރ. ފައިސަލް
09 ފެބުރުއަރީ 2021 - 00:10
އުމުރުން 50 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް މާދަމާ ވެކްސިން ދޭން ފަށަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުގައި އުޅޭ 50-55 އަހަރުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް މާދަމާ ވެކްސިން ދޭނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ފްލޫ ކްލިނިކުގައި ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ކަމަށެވެ. ވިލިމާލެ ޔޫތު ސެންޓަރުގައި ވެކްސިން ދިނުން އޮންނާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
*️⃣ Tomorrow #COVID19 vaccination starting for high-risk groups b/w the age of 50 to 55, living in the greater Male’ area.
— Health Protection Agency (@HPA_MV) February 8, 2021
✴️ Vaccination will continue for age 55 & above.https://t.co/VttFDpM3Cl
ހައި ރިސްކު މީހުންނަށް ވެކްސިން ދިނުމާ ގުޅޭ ގޮތުން އެޗްޕީއޭ އިން ކުރި ޓްވީޓެއް
މިހާރު ވެސް އަމަލުކުރަމުން އަންނަ ގޮތަށް، 55 އަހަރުން މަތީގެ ހުރިހާ މީހުންނަން ސެންޓަރުތަކަށް ދިއުމުން ވެކްސިން ޖަހައިދޭނެ އެވެ. ވެކްސިން ޖަހަން ދާއިރު އެއީ ކާކުކަން އަންގައިދޭ ލިޔުމަކާއި ބޭނުންކުރާ ބޭހުގެ މައުލޫމާތު ގެންދަން ވާނެ އެވެ. އަދި ވެކްސިން ޖަހަން ފަސޭހައިން ކޮނޑު ދެއްކޭނެ ފަދަ ހެދުމެއް ލާން އެޗްޕީއޭ އިން އެދެ އެވެ.
- ހަކުރު ބަލި ހުންނަ މީހުން
- ކިޑްނީ ބަލީގެ މީހުން
- ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހުގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުން
- ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެެއް ތަހައްމަލުކުރާ މީހުން
- އިސްކޮޅާ އަޅާކިޔާއިރު ބަރުދަން އިތުރު މީހުން (ބީއެމްއައި 40 އަށް ވުރެ މަތި މީހުން)
- ތެލަސީމިއާ/ސިކްލް ސެލް އެނީމިއާ ހުންނަ މީހުން
ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. މިހާތަނަށް 12،934 މީހުންނަށް ވެކްސިން ދީފައި ވެ އެވެ. މިހާތަނަށް އެންމެ ގިނަ ވެކްސިން ޖަހާފައި ވަނީ، 3،190 ވެކްސިންއާ އެކު، މިއަދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
09 February 2021
މިހުރިހާ ޝަރުތު ތަކެއް ހުށަހަޅަނީ ބޭނުންވާ ވަރަށްވުރެން ގިނަމީހުން ގޮސްގެން ވެކްސިންގ ހުސްވެދާނެތީތޯ. # އުމުރުން 50 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިންގ ޖެހޭނެ ކަމަށް އިއުލާންކޮށް ރާއްޖޭގެ ހުރިހާ ހޮސްޕިޓަލް ތަކެއްގައިވެސް ކޮވިޑް ވެކްސިންގ ކްލިނިކް ހުޅުވާފައި ހުންނަ ގަނޑިއަކީ ހެދުނު 7:00 އިން ރޭގަނޑު 10:00 އަށް ކަމުގައި ހަދާފައި އެގަނޑިތަކުގައި އަންނަ މީހުންގެ ތެރޭގައި ތިޔަބުނާ ކެޓަޤަރީގެ މީހުން ތިބިނަމަ އިސްކަންދިނީމަ ނިމުނީ ނޫންތޯ؟
އޮނަރަބްލް އަފީފު ދީދީީ
09 February 2021
މާބޮޑަށް އިނގެނީ
ނނނމމ
09 February 2021
ވާއެއް ނުވާއެއް ނޭނގެ. ތިހެން ބުންޏަސް އެހެން މީހުން ގަޔަށް ވެސް ޖެހެޭތަ؟؟
އޮނަރަބްލް އަފީފު ދީދީ
09 February 2021
ބާރުމިނުގައި ތިކަންކޮށްނިންމުމަށްޓަކާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުގައި ހެދުނު 7:00 ރޭގަނޑު 10:00 އާއި ހަމައަށް ވެކްސިންގ ކްލިނިކްގެ ހިދުމަތް ބާއްވަންވީނޫންތޯ. # އަދި މިއިން ކޮންމެކުލިނިކަކުންވެސް ސީނިއަރ ސިޓިޒަނުންނަށް ހިދުމަތްލިބޭގޮތް ހަމަޖައްސާފައި އެހެން އުމުރުތަކުގެ ރައްޔަތުން އެމީހުން ރަށްވެހިވެފައިވާ ރަށް ނުވަތަ ސިޓީ ގެ ހޮސްޕިޓަލަށް ދިއުމުން ލަސްކުރުމެއްނެތި 18 އަހަރު ވެފައިވާ ނަމަ ފަސްޓްކަމް ފަސްޓް ސާވް އުސޫލުން ވެކްސިންގ ދޭންވީ ނޫންތޯ؟
ސިނެކް
09 February 2021
މީހަހުބުނާއެއްޗެއް އަޑުއިވޭނީ ހަމައިގަތިބިބަޔަކަށްދޯ މިސަރުކާރުގަތިބީހާއްސައެހީބޭނުންވާބަޔެއް
އޮނަރަބްލް އަފީފު ދީދީީ
09 February 2021
ވަރަށް ބޮޑަށް އިނގޭތީ މިބުނަނީ މިހެން