މަލީހު ކުރިން ވިދާޅުވެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އުޅުއްވަނީ ޒިންމާއެއްގައި ފަރުވާކުޑަކުރައްވައިގެންނެއް ނޫން
ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް.-- ފޮޓޯ: މިހާރު
10 ފެބުރުއަރީ 2021 - 12:45
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ޕާލިމަންޓް ގްރޫޕު (ޕީޖީ) ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެ ޕާޓީގެ ފަރާތުން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހު މަގާމުން ވަކިކޮށްދިނުމަށްދިނުމާ މެދު ގޮތެއް ނިންމަން އެމްޑީޕީ ޕީޖީއަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިދިޔަ ނޮވެމްބަރު މަހު ވެސް ހުށަހެޅުއްވި އެވެ. އެކަމަކު، މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި އެމްޑީޕީ ޕީޖީން އޭރު ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކުރިއަށް ގެންދާށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މަލީހު މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އުޅުއްވަނީ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއެއްގައި ފަރުވާކުޑަކުރައްވައިގެން ނޫން ކަމަށެވެ. ހައްގެއްގެ ބޭނުން ކުރެއްވުމުން އިތުބާރު ނެތިއްޖެ ނަމަ، ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ވަނީ މަގާމުގައި ހުންނަވާތާ ދެ އަހަރު ވެގެންދިޔައިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވައިދެއް ހަދާފައިނުވާ ކަމަށެވެ. އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދައުލަތާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެކަމަކު މަލީހު ވިދާޅުވީ ކޭމް ހިންގަނީ ބޯޑެއް އައްޔަންކޮށް ސީއީއޯއެއްގެ ދަށުން ކަމަށާއި އެ ގަވައިދު ހެދުމަށް އިލްތިމާސްކުރައްވާފައިވާނެކަން ފާހަގަކުރެއްވި އެވެ.
މަލީހުގެ އިތުބާރުގެ މައްސަލަ ޕީޖީއަށް އޭރު ހުށަހެޅީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން މަލީހަށް ވަނީ އަމާޒުވެފައި އޮއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯމީ ގެ ޖޫލީ
12 February 2021
މާލަސްވެއްޖެ! ވަރަށް ފޫހިވެ.. އަންނަނީ އަންނަނީއޭ ކިޔާ، ކިތައްމަހުގެ މުސާރަ ގެއަށް ވައްދައިފި؟ ކަންތައް ކުރަމޭ ކިޔާ މަހައްޖައްސާލާ ، ހައެއްކަ ގަސްއިންދާލާ ޗުއްޓީތަކަށް ދިޔަޔަސް ، ރައްޔިތުންނަށް ކަމެއްނުކޮއްދޭ މީހެއް.. ސަރުކާރުތެރޭން މިހާރު ފެންނަ އެންމެ ފޫހި މިނިސްޓަރުތީ.. އަދި ބަލައްޗޭ މަބުނީތީވެސް.. ވަޒީފާއިން ވަކިކުރާއިރަށް ޖަމީލަށް ބައިއަތު ހިފައިގެން ނިކުންނާނެ ސަރުކާރާ ދެކޮޅަށް.
ޖޯބައިޑަން
11 February 2021
އަލީ ވަހީދައް މަގާމު ދީބަލަ.. އޭނަ ވަރައް މޮޅުވާނެ ތެރަޕީ އައް
ހށނ
10 February 2021
މަލީހު އަށް ރައްޔަތުންގެ ހެވާއިލާބަޔަށް ކުރެވުނު މަސައްކަތުގެ ބްރޭކް ޑައުން ތަފްސީލެއް ނިއުސް ކޮންފަރެންސެއް މެދުވެރިކޮށް ރައްޔަތުންނަށް ހާމަކުރޭ. އޭރުން އެގޭނީ މަލީހު ހަމަ އެކަނި ގަސްތަކައް ފެންދޭން ހުރީކީ ނޫންކަން. އަދި އިހްތިރާމު ކުރަންޖެހޭ މިންވަރުވެސް އެގޭނީ އޭރުން.
ޙަސަން ތަކުރު
10 February 2021
މަލީހަކީ ޓޫރިޒަމް ދާއިރާއިން ކިޔަވައިގެން ހުރި މީހެއް. އެހެންވީމަ އެ މިނިސްޓްރީ ނުހިނގޭނެ އޭނައަކަށް
ޙަޤީޤަތް އަސްލުސިފަ
10 February 2021
ކޯލިޝަނޭ ކިޔައިގެން ވެރިކަމަށް އާދެވެންދެން ކޯލިޝަން ވެރިކަމަށް އާދެވުން. އެލެކްސް ބުނިފަދައިން ނުބައިކަން އެބަ ދައްކާލާ އެހެން ޕާޓީތަކުގެ ހުރިހާ މިނިސްޓަރުން ބޭރުކުރަމުން ގޮސް ސާފުކޮށްލާނެ. ކުރިން ހުރި ޖެންޑާ މިނިސްޓަރވެސް ބޭރުކޮށްލީ, މިހާރު ހުރި ޖެންޑާ މިނިސްޓަރ ބޭރެއް ނުކުރާނެ, މިހާރުވެސް ކުރިއަށްވުރެން މައްސަލަތައް މާގިނަ އެކަމަކު, އަމިއްލަ ޕާޓީ ވީމަ, އެކަން ނުފެންނަ ކަމަށް ހަދައިގެން ތިބޭނީ, ޕްލެޓްވެސް އެހެން ވެރިއަކު އެޅީމަ, ބަޔަކު އަތުން އަތުލައިގެން އަމިއްލަ ޕާޓީއަށް މިބަހާލީ, ކުރިން ބުނެފަ އޮތްގޮތަށް ތިމަންނަމެންގެ ޕާޓީ މީހުންނަށް ދީފައި ނޫނީ އެހެން ބަޔަކަށް ނުލިބޭނެޔޭ. ކުރިން ޕްލެޓް ނުލިބޭ ރައީސް އޮފީހުގެ މީހަކަށް މިފަހަރު ޕްލެޓް ޝަރުތު ހަމަވެގެން ދާއިމީ ލިސްޓްގައި އެބޮތް.
އެމް
10 February 2021
މަލީހު ބޭރުކޮށްފަ ތިމަގާމަށް އަވަހަށްގެންނަންވީ ހޯރައިއްބެ. އޭރުން ހުރިހާކަމެއް ދެންހިގަމުންދާނީ ބަރާބަރަށް
ލުއިޚިޔާލު
10 February 2021
ރައްޔިތުންނަށް ލިބިފަ އޮތް ބުރަހެލި ކަމަށް ލުޔެއް ނުލިބޭ ޖަމީލުމެނަށްވެސް އުޅެވުނު ކިރެވުނު އެއްވެސް ކަމެއް ނެތެވެ އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެ އެވެ މަލީހު ކަމެއް ކުރަން އުޅޭތީ ނުފެނެއެވެ ހުރިމީހަކަށްވެސް ނުވެއެވެ ވެލާ ނޭވާލަން ބޯހިއްކާލާހެން ވަޒީރުންގެ މަހިލީހަށް ބޯ ދައްކާލުން ފިޔަވާ އިތުރު ކަމެއް ނެތެވެ
ޕެޕޭމީމް
10 February 2021
ތިކަންތައް ކުރަން އަދި މާއަވަސް.. ހުސް ހޮޅިހަދަން ދެން އަދި މަޑުކުރޭ
ގުޑުގުޑާ
10 February 2021
މަލީހުމެއްނައްމިހާރުތިފެއްނަނީ އެއްޑޕީގެ އަސްލުސޫރަ ދެއްބާރައްއަތްޖަހާ
އަލިމާ
10 February 2021
މިނިސްޓްރީ އުވާލަން ފެންނަނީ