ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ހައުސިން މިނިސްޓަރު އަސްލަމް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
17 ފެބުރުއަރީ 2021 - 10:22
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން، ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ހައުސިން މަޝްރޫއުތައް ހިންގުމަށް ޓަކައި 25 ރަށަކުން 99 އަހަރަށް ބިން ކުއްޔަށްދިނުމަށް ޓަކައި އެކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ރަށްރަށުން ބިން ކުއްޔަށް ދޭން ކަނޑައަޅާފައިވާ ބޭސް ވެެލިއު އިން ބަލާއިރު، ކުއްޔަށްް ދެވެން ހުރި ބިންތަކުން 1.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުމަކީ، ކައުންސިލްތަކުން އެ ރަށެއްގެ ބިން ވިއްކައިގެން ލިބޭ ލާރިން، އެ ލާރި އެއީ ސީޑް މަނީގެ ގޮތުގައި ބޭނުން ކޮށްްގެން، ބޭންކަކަށް ލޯނަަކަށް ދާން ވިޔަސް އިކުއިޓީގެ ގޮތުގައި ބޭނުންކުރެވޭނޭ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކޮންސެޕްޓްގައި މަޝްރޫއުތައް ހިންގާނީ ރަށުކައުންސިލާއި ބޭންކާއި ގޯތީގެ ވެރިފަރާތް ވެސް ބައިވެރިވެގެންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ކޮންމެ ރަށަކީ އެގޮތަށް ވިޔަފާރި އުސުލުން ހައުސިން މަަޝްރޫއުތައް ހިންގޭނެ ރަށަކަށް ނުވެދާނެ ކަމަށާއި ސަރުކާރުން އިންޓަވެން ކުރާނީ އެފަދަ ރަށްތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ހައުސިން އަކީ މާކެޓްގައި ވެލިއު ހުރި ޕްރޮޑަކްޓެއް ކަމަށާއި އެކަން ހިންގޭނީ ހަމަ ވިޔަފާރި އުސޫލުން ކަމަށެވެ.
"ސަރުކާރަށް ލޯނު ނަގާފައި ގެދޮރު އަޅާފައި އެ އަޅަން ދިޔަ ޚަރަދު ނުލިބޭނެ ގޮތަކަށް އެކަން ކުރާ ކަމަށް ވަންޏާ އެއީ ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަކަށް ސަސްޓެއިންކުރެވޭ ކަހަލަ ސްކީމަކަށް ނުވާނެ،" އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެމްބަރަކު ކުރެއްވި ސުވާލެއް މިނިސްޓަރު އަސްލަމް އަޑުއައްސަވަނީ.---ފޮޓޯ: މަޖިލިސް
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އަސްލަމާ ކުރެއްވި ސުވާލުގައި އެއްސެވީ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން، ރަށްރަށުގައި ހުރި އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން އެދޭ ފަރާތްތަކަށް 2019 ވަނަ އަހަރު ހުޅުވައިލި ފުރުސަތުގައި ފުރި ފޯމްތަކަށް ވީ ކިހިނެއްތޯ އެވެ. އެ ފޯމްތައް ފުރުމަށް ފަހު އެ މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް، ފޯމް ފުރި މީހުންނަށް އަދިވެސް ނުލިބޭ ކަމަށާއި ގޯތިތަކުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ ވެސް އޭނާ އެއްސެވި އެވެ.
އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ރަށްތަކުގައި ވިޔަފާރި އުސޫލުން ހައުސިން މަޝްރޫއުތައް ހިންގަން މިދިޔަ އަހަރު އަންސޮލިސިޓޭޑެޑް ޕްރޮޕޯސަލްތަކަށް ހުޅުވައިލި ކަމަށާއި އެ މަސައްކަތް ކުރަން ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އެ ފަރާތްތަކާ އެކުގައި ސަރުކާރުން މަޝްވަރާތަކެއް ވެސް ކުރި ކަމަށާއި އެހެން ނަަމަވެސް އެފަރާތްތަކުން ހުށަހެޅި އަގަކީ ސަރުކާރަށް އެކަން ކުރެވޭނެ އަގަކަށް ނުވާތީ ކުރިއަށް ނުދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަނގަޅު އަގެއް ހުށަނޭޅުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ އޭރު ދުނިޔެއަށް ކުރިމަތިވެފައި އޮތް ހާާލަތުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އަމިއްލަ ގޯތިތަކުގައި ހައުސިން މަޝްރޫއު ހިންގަން އެދި ފޯމް ފުރި މީހުންގެ ފޯމްތަކަށް ދެންވާނީ ކިީއްްތޯ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ސުވާލުކުރެއްވުމުން އަސްލަމް ވިދާޅުވީ އޭރު ކުރި މަސައްކަތަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންވާ ވަރު ބަލަން ބޭނުންކުރެވޭނެ މައުލޫމާތެއް ކަމަށެވެ.
"އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ރަށަކަށް މިހާ ހައުސިން ޔުނިޓް ސަރުކާރުން އަޅާފައި ދޭށެކޭ މިއުޅެނީ. އެ ވިސްނުން ބޮލަށް ނައުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކި ރަށްރަށުގައި ސަރުކާރުން ހައުސިން ޔުނިޓް އަޅާނެ ކަމަށް ކުރިން ބުނި އަދަދުތައް އެއީ ހަމަ ސަރުކާރުން އަޅާފައި ދޭނެ ތަންތަން ކަމަށް ވިސްނިފައި އޮވެއްޖެއްޔާ އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި އެހެން ދިމާވީ ކިޔައިދެވުނު ގޮތުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
18 February 2021
މާތޮޑާ އަސްލަމު. ކަލެއަށް ސަލާމް. އިތުބާރު ނެއްކަމުގެ ވޯޓް ނަގާންވީ ކެބިނެޓްގައިތިބި މިޒާތުގެ އެއްޗެއްސައް.
ޢިއްޒަތްތެރި ރައްޔިތުމީހާ
18 February 2021
ގޮސް އައްޑޫގައި ސުވާދީބު ހަދައިގެން ބަގުޑިބައްދައިގެން އޮވެބަލަ.
ރައްޔިތުސޮރު
18 February 2021
މި ސަރުކާރުގެ އެންމެ ބޮޑު ފެއިލިޔަރު! މިނިސްޓަރު އަސްލަމު ވާހަކަފުޅު ދައްކަވަމުންދާއިރު ހީވާނީ މިބޭފުޅާގެ ޤާބިލިއްޔަތު ހުރިގޮތުން ހަމަ ދެންމެ ދެންމެ މާލޭގަ ފުލެޓުތައް އަޅާ ހުޅުމާލެއިން ގޯތި ދޫކޮށް ރަށްރަށުގަ ނުހެދިފަހުރި ގޯތިތަށް ހަދަން ލޯނު ދީފާނެއޭ.. އެކަމު ހަޤީޤަތަކީ ހުރިގޮތަށް ހުރި ޅޮހެއް! އަނެއްކޮޅުން ސިޔާސީ މޮޔަޔަކުވެސް އިންތިޚާބެއް ބޯމަތީ އޮއްވަ ވަޢުދު ނުފުއްދުން ކަމަށް ރައްޔިތުން ކުރިމަތީގައެއް އެއްބަހެއްނުވާނެ!
ޝޮކްތެރަޕީ
18 February 2021
ސީދާ ގޮތުންނާ ނުސީދާގޮތުން އެމްޑީޕީ ކުރަނީ ވައްކަން. މީ ހަގީގަތަކީ.
ތެދެއްތަ
18 February 2021
އެމްޑީޕީ ސަރުކާރުރައް ދެން އޮތީ 2 އަހަރު. ފާއިތުވެދިޔަ އަހަރު ކުރީ ވައްކަން.
އައްޑޫ ބަސް
18 February 2021
ރާއްޖެ ހިންގަން ބޮޅީ ރައިސް ޔާމިން ތަރައްގީ ފެންނަން އެބަހުރި
ދޮގުވެރި ސަރުކާރު
18 February 2021
ދޮގާ މަކަރާ އޯލުވާލުން އެމްޑީޕީ ތެރެގަ ވަރައް ބޮޑު.
ނޫރާނީމާ
18 February 2021
މި ސަރުކާރުގަ އޮތީ އިންޑީޔާގެ އަސްކަރީ ޕްލޭން. ދިވެހި ރައްޔިތަކަ ހުފަލެއް ނެއް.
ލޯމާފާން
18 February 2021
3 އަހަރުގެ ވެރިކަމުގައި ވެސް މި ވެރިކަމުގައި ވެސް އަސްލަމް ގެ ޕާފޯމެންސް ހަމަ ސުމެއް. އެކަމަކު މިތަން ފެންނަ އެއްވެސް އެމްޕީ އެއް ނުހުރޭ.
ޖެކީ
18 February 2021
ބަލަ ރައްޔިތުންނަށްވެސް 99 އަހަރުން ފައިސާ ދެއްކޭނެ.
މިވަރެއްނެތް
17 February 2021
އަސްލަމްގެ މިނިސްޓަރުކަމުގައި ހޯދުނު އެންމެ ކާމިޔާބީއެއްވެސް ހޯދާހޯދާ އަދި ނުފެނިގެން މިއުޅެނީ!