ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އާއި އެސް 21 އަލްޓްރާ ފޯނު
17 ފެބުރުއަރީ 2021 - 20:14
ސެމްސަންގް ގެލެކްސީ އެސް21 ޕްލަސް އާއި އެސް21 އަލްޓްރާ ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުން 5ޖީ ސްޕީޑުގައި އިންޓަނެޓް ހިދުމަތް ދޭން ފަށައިފި އެވެ.
އުރީދޫން ބުނީ މިގޮތަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެ ކަމަށެވެ. އުރީދޫގެ 5ޖީ ނެޓްވޯކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް ދާދި ފަހުން ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފް ކޮށްފަ އެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެ އެވެ.
ގެލެކްސީ 21 ޕްލަސް ގެ ފޯނާއި އުރީދޫން ޕްރީއޯޑާ ކުރުމުން ލިބޭ ހަދިޔާތައް--
އުރީދޫގެ 5ޖީ ޓެކްނޮލޮޖީއާ އެކު، ހައި ސްޕީޑް އިންޓަނެޓް ނުލިބުމާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައްގުނައަކަށް ކުޑަ ވާނެ އެވެ. މިއާ އެކު މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ތަޖުރިބާ ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމާއި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމްކުރަން ވެސް 5ޖީގައި މާ ގިނަވަގުތެއް ނުނަގާނެ އެވެ.
އުރީދޫން 5ޖީގެ ހިދުމަތް ފޯނުތަކަށް ދޫކުރަން ފަށާފައިވާ އިރު އުރީދޫގެ މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް21 ޕްލަސް އާއި އެސް21 އަލްޓްރާ ފޯނު ގަތުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy