ޕްރިންސަސް ލަތީފާ ފާހާނާގައި ހުރެ ރެކޯޑްކޮށްފައިވާ ވީޑިއޯ މެސެޖެއްގެ ސްކްރީން ޝޮޓެއް.
20 ފެބުރުއަރީ 2021 - 13:25
ދުބާއީ (ފެބްރުއަރީ 20) - ޕްރިންސަސް ލަތީފާ ހުންނެވީ އާއިލާގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާ އަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެމުންދާ ކަމަށް ދުބާއީގެ ޝާހީ އާއިލާ އިން ބުނެފި އެވެ.
ދެހާސް އަށް ވަނަ އަހަރު ލަތީފާ ދުބާއީން ވަޑައިގެން ފިއްލަވައިގެން ޔޮޓެއްގައި އުޅުއްވަނިކޮށް، ޔޫއޭއީގެ ކޮމާންޑޯ އިން ގޮސް ހައްޔަރުކޮށްގެން ގެންދިޔަ ފަހުން އެކަމަނާ ހުންނަވަނީ ރަހީނެއްގެ ގޮތުގައި ބަންދުގައި ކަމަށް ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވެ އެވެ. ބީބީސީ އަށް އެ ރިޕޯޓް ފޮނުވާފައި ވަނީ ލަތީފާ ހުންނެވި ވިލާގެ ފާހާނާގައި ހުންނަވައިގެން މޯބައިލް ފޯނަކުން ރިކޯޑް ކުރުމަށް ފަހު އެވެ.
"ޝެއިޚާ ލަތީފާގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ދަނީ އަންނަމުން. ރަނގަޅު ވަގުތުގައި އެކަމަނާ އަލުން މުޖްތަމައަށް އާދެވޭނެ ކަމަށް އުއްމީދު ކުރަން،" ޝާލީ އާއިލާ އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެ އެވެ. "ލަތީފާގެ ހާލަތާ މެދު ކަންބޮޑުވި އެންމެންނަށް ޝުކުރު އަދާކުރަން. އެކަމަކު ލަތީފާއާ ބެހޭ ގޮތުން ނޫސްތަކުން ކަވަރޭޖް ގެނެސްފައި ވަނީ ހަގީގީ ހާލަތާ އެއްގޮތަކަށް ނޫން.
އެ ބަޔާން ނެރެފައި ވަނީ ލަންޑަނުގައި ހުންނަ ޔޫއޭއީ އެމްބަސީންނެވެ.
ބީބީސީގެ ރިޕޯޓާ ގުޅިގެން ބައިނަލްއަގުވާމީ އެޖެންސީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ލަތީފާގެ ހާލަތާ ގުޅޭ ގޮތުން ޔޫއޭއީ ސަރުކާރާ ސުވާލު ކުރަން ފަށައިފަ އެވެ. އދ.ގެ ހިއުމަން ރައިޓްސް އެޖެންސީން ވަނީ ލަތީފާ ދުނިޔޭގައި ހުންނެވިކަން ޔަގީންކޮށްދިނުމަށް ޔުއޭއީގައި އެދިފަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ ލަތީފާގެ މައްސަލަ ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ.
ހިއުމަން ރައިޓްސް ވޮޗުގެ ވެރިޔާ ކެނެތު ރޮތު ވިދާޅުވީ ދުބާއީގެ ޝާހީ އާއިލާ އިން ނެރުނު ބަޔާން ގަބޫލް ކުރާނީ ލަތީފާ އަމިއްލަ އަށް މިނިވަންކަމާ އެކު ބަސް ވިދާޅުވާނެ ފުރުސަތު ލިބުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަތީފާ
21 February 2021
ހާޖަރާ ފިލްމުގަ ގޮވާލާ ހަނދާން ވަނީ އޭ މިހިރަފެންނަ ލަތީފާ!!!!
ދޮންދިޔަ
21 February 2021
ޢަޖަައިބެއް
ލަތީފު
21 February 2021
ލަތީފާމެން ބަސް ނާހަންޔާ ވާނީ ތިހެން
ދެރަ
23 February 2021
ބަސް ނާހަންޏާ. ރަނގަޅުގޮތް
އަހުމަދުބޭ
21 February 2021
ލަތީފައި ކަހަލަ ކިތަށް އިންސާނުންތޯ ބަންދުގައި އަދި މިލަތީފައިއަށްވުރެ މާނިކަމެތިގޮތުގައި ތިބީ ދުނިޔޭގެ މީޑިއާއި އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާ ތަކުން އެމީހުންނައިގެން ނޫޅެނީ އެމީހުން ނިކަމެތިކަމުންތޯ؟ ލަތީފައި އެހުރީ 5 ސުޓާ ރިސޯޓެއްގައި އެކަމަނާގެ އާއިލާގެ ބެލުމުގެ ދަށުގައި ކީއްވެގެން ބައި މިކަމާނާއާއިގެން މިއުޅެނީ
ޔޯސް
20 February 2021
ތީ ވަރުގަދަ ލަތީފާއެއްނު. އޭނާގެ އާއިލާ އޭނާ ހިފަހައްޓާނީ ކޮންމެވެސް ކަމެއް ވީމަނު. އޭނާ ގައިމުވެސް މަރައެއް ނުލާނެ. ދެން އަހަރުމެންނަށް ކީއް؟