މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "މާމީރު" ޕްރޮމޯޝަން ފައްޓަވައިދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
21 ފެބުރުއަރީ 2021 - 12:42
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް މިފްކޯއިން ކުރިއަށްގެންދާ ރޯދަ ޕްރޮމޯޝަން މިއަހަރު ވެސް ފަށައިފި އެވެ.
"މާމީރު"ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފުތާއަކު ދެ ނަސީބުވެރިއަކު އަދި މުޅި ޕްރޮމޯޝަނުގެ ނަސީބުވެރިއަކު ހޮވާނެ އެވެ.
މިފްކޯއިން ވަނީ ކޮންމެ ހަފުތާއަކު ހޮވާ ދެ ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 5،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑު ހުށަހަޅައިފަ އެވެ. އަދި މުޅި ޕްރޮމޯޝަންގެ ބައިވެރިންގެ މެދުގައި ގުރުއަތުން ހޮވޭ މީހަކަށް 70،000ރ. ގެ ފައިސާގެ އިނާމް ވަނީ ހުށަހަޅައިފަ އެވެ.
މިފްކޯގެ މަސްދަޅުތަކެއް: އެ ކުންފުނިން ވަނީ މަސްދަޅުގެ އަގު ވެސް ހެޔޮކޮށްފައި-- ފޮޓޯ: ނީޝާން އަލީ/މިހާރު
މި ޕްރޮމޯޝަން ކުރިއަށްދާނީ އެ ކުންފުނީގެ ފިހާރަތަކާއި ސައިޓުތަކުގަ އެވެ. އެގޮތުން، 200ރ. އިން މަތީ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަނުގައިވާ ކިޔުއާރު ކޯޑު ސްކޭން ކުރުމަށްފަހު ކޫޕަނުގެ ނަންބަރު ވެބްސައިޓުގައި ޖެހުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މިފްކޯއިން ބުނީ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިން އިނާމު ބަލާ އަންނަން ޖެހޭނީ އައިޑީ ކާޑު ނުވަތަ ވޯކް ޕާމިޓު ހިފައިގެން ކަމަށެވެ.
އެ ކުންފުނިން ވަނީ ރޯދަމަހާ ދިމާކޮށް މަސް ދަޅު ކޭހުގެ އަގުތައް ވެސް ކުޑަކޮށްފަ އެވެ. އެގޮތުން، މިހާރު ތެޔޮ މަސް ދަޅު ކޭހެއް 575ރ. އަށް ލިބޭއިރު ފެން މަސް ދަޅު ކޭހެއް 530ރ. އަށް ލިބޭނެ އެވެ. މިފްކޯއިން ވަނީ އެކި ފްލޭވާތަކުގެ މަސްދަުތައްވެސް ބާޒާރަށް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭވިހަޑި
22 February 2021
ފެލިވަރުމަސްދަޅު މާ ބޮޑަށްވެސް މީރު. އެކަމަކު މައްސަލައަކީ މިމީހުން މަސްދަޅުކޭސް ގެޔަށް ފޮނުވާ ނުދޭތީ. އެހެން ހުރިހާ ކުންފުނިތަކުން މިހާރު އެކަންކަން ރނގަޅުކޮށްފި.