ރާމޫލު މަރުވެފައިވާ އަނބިމީހާ ގާޑިޔަލަކަށް ލައިގެން މަގުމެދުގައި
11 ނޮވެމްބަރ 2016 - 06:21
ލެޕްރަސީ ޖެހިފައިވާ، އުމުރުން 53 އަހަރުގެ ފަގީރަކު އަނބިމީހާގެ މަރުވެފައިވާ ހަށިގަނޑު އުފުލަން އެމްބިއުލާންސެއް ނުލިބިގެން އެ ހަށިގަނޑު ގާޑިޔަލަކަށް ލައިގެން 24 ގަޑިއިރު ތެރޭ 80 ކިލޯ މީޓަރަށް ހިނގައިފި އެވެ. އި
އަނބިމީހާގެ ހަށިގަނޑާ އެކު ހިނގީ ރާމޫލޫ ކިޔާ މީހެކެވެ. އޭނާ އަކީ މަގުމަތީ ސަލާން ޖަހައިގެން ފައިސާ ހޯދާ މީހެކެވެ. ރާމޫލޫ ފަދައިން އޭނާގެ އަންހެނުން ކަވީތާ، 46، އަކީ ވެސް ލެޕްރަސީ ޖެހިފައިވާ މީހެކެވެ. އެތައް ދުވަހަކު ބަލިވެ އުޅުމަށް ފަހު އަންހެންމީހާ މަރުވީ ހުކުރު ދުވަހު ހަވީރު އެވެ.
ރާމޫލޫގެ ގެ ހުންނަނީ ހައިދަރްއާބާދާ 100 ކިލޯމީޓަރު ދުރުގައި އޮންނަ މައިކޯޑް އަވަށުގަ އެވެ. އަންހެނުން މަރުވުމާ ގުޅިގެން އޭނާގެ އަމިއްލަ އަވަށަށް އަންހެނުން ވަޅުލަން ގެންދަން އެމްބިއުލެންސެއް ހަމަޖައްސާދޭތޯ ރާމޫލޫ ހޮސްޕިޓަލުގައި އާދޭސް ކުރި އެވެ. ނަމަވެސް އެތަނުން ބުނެފައި ވަނީ އެމްބިއުލެންސް ހަމަޖެއްސޭނީ 5،000 ރުޕީސް ދިނުމުން ކަމަށެވެ.
ރާމޫލޫ އަތުގައި އެވަރަށް ފައިސާ ނެތުމުން އަންހެނުންގެ ހަށިގަނޑު ގާޑިޔަލަކަށް އަރުވައިގެން އަވަށާ ދިމާލަށް ދަތުރު ފެށީ އެވެ.
ރޭގަނޑުގެ އަނދިރީގައި ރާމޫލޫ ދަތުރުކުރަނިކޮށް މަގު އޮޅިގެން ދެވުނީ ވިކަރްއާބާދު ކިޔާ އަވަށަށެވެ. އޭނާއަށް އެ ރަށަށް ދެވުނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. އޭރު އޭނާ މަގުމަތީގައި ގާޑިޔާ ދަމާތާ 24 ގަޑިއިރު ވެއްޖެ އެވެ. އެހިސާބުން އިތުރަށް ދަތުރު ކުރެވޭ ވަރަށް ވުރެ ވަރުބަލިވެ ހާލު ދެރަވުމުން އެންމެ ފަހުން މަގުމަތީގައި އިށީނދެ ރޮމުން ސަލާން ޖަހަން ފެށި އެވެ.
އެހިސާބުގަނޑުގައި ދިރިއުޅޭ މީހުންނަށް އެމީހާގެ ހާލަތު ބަޔާން ކޮށްދިނުމުން ފުލުހުންގެ މީހަކަށް ގުޅައިގެން އެމްބިއުލެންސެއް ހަމަޖައްސައިދީ ރާމޫލޫ އާއި އަންހެނުންގެ ހަށިގަނޑު އެމީހުންގެ އަވަށަށް ގެންދިޔައީ އެވެ.
މީގެ ކުރިން އޮޑިއްޝާ އަވަށުގެ މީހަކު ވެސް އޭނާގެ އަންހެނުންގެ ހަށިގަނޑު ހޮސްޕިޓަލުން އަވަށަށް ގެންގޮސްދޭނެ އެމްބިއުލެންސެއް ނުލިބިގެން، އެ ހަށިގަނޑު ކޮނޑަށް ލައިގެން އެތައް މޭލަކަށް ހިނގި ހާދިސާއެއް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު
12 November 2016
އިންކްރެޑިބަލް ލޮޖިކަލް އިންޑިއަން
ައަޅޭ
12 November 2016
އިންސާނިޔަތު ކަމެވެސް ނެތީތަ ހަމަ. މަށްޔިތާގެ ފުރާނައަށް ހެޔޮރަހުމަތް ލަވާށި. އަބިމީހާ ދެކެ މިހާ ލޯބިވާ މަށްޔިތާގެ ފިރިމީހާއަށް ތެދުމަގު ދަށްކަވާ ކެތްތެރިކަން ދެއްވާ އޭނާގެ ހަޔާތް ފާގަތިކޮށް ދެއްވާށި.. އާމީން
މަ
12 November 2016
ހަނދަށް ނުދެވިގެންނު އިންޑިޔާ ސަރުކާރުން އުޅެނީ ރައްޔިތުން ހެޔޮތާ ކޮންމެގޮތަކަށް ކޮންމެ ހާލެއްގައި އުޅުނަސް. މީ މާބޮޑު ޑިމޮކްރަސީއަކަށް ވެގެން މާ ސުޕަ ޕަވަރ ވެގެން އުޅޭ އިންޑިޔާގެ ހާލަތަކީ.
ގެދާނޯމޮސް
11 November 2016
މިމީހުން އަނބިންދެކެ މިހާލޯބިވާއިރު އަންހެން ދަރިން މަރާބަޔަކަށް މިވަނީ ކީއްވެހެއްޔެވެ. މޯދީއައް މިވަރުގެ ކަމެއް ފަގީރުއަވައްތަކަށް ހަމަ ޖައްސަވައި ނުދެވިގެން އުޅޭއިރު ލަދުންބޯހަލާކު ވެއެވެ.