28 ފެބުރުއަރީ 2021 - 18:20
ވިލާ ހަކަތައިގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވިލާ ގޭސްގެ "ކޮމްޕޮސިޓް" ފުޅީގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން މި ފެށޭ މާޗް މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. "ކޮމްޕޮސިޓް" ސިލިންޑަރަކީ ލުއިވެފައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ފުޅި ގޮވުން ފަދަ ހާދިސާއެއް ނުހިނގާނެ ގޮތަށް ތައްޔާރުކޮށްފައިވާ ރައްކާތެރި ފުޅިއެކެވެ.
މީގެ އިތުރުން މި ފުޅީގައި ގޭސް ހުރި ވަރެއް ފުޅީގެ އަރިމަތިން ފެންނާނެ އެވެ. ވިލާ ގޭހުން މި ޕްރޮމޯޝަންގައި އަލަށް ރަޖިސްޓާވާ ގޭބީސީތަކަށް ފުޅީގެ އަގު ނުލައި 200 ރުފިޔާ ދައްކައިގެން ގޭހާ އެކު ފުޅި ލިބޭނެ އެވެ. އަދި މިހާރު ދަގަނޑު ފުޅި ގެންގުޅޭ ކަސްޓަމަރުންނަށް 200ރ.ގެ ފީއެއްގައި ގޭހާ އެކު ފައިބާ ފުޅިއަށް ބަދަލު ވެސް ކޮށްލެވޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށްގެންދާނީ ލިމިޓެޑް އަދަދެއްގެ ފުޅިތަކެއް ލިބޭ ގޮތަށެވެ. އެހެންވެ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އަވަހަށް ރަޖިސްޓްރީ ކުރާ މީހުންނަށް ހިލޭ ފުޅި ލިބުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އަލަށް ރަޖިސްޓާވާ ފަރާތްތަކުގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ނަގާނެ އެވެ.
މި ލަކީ ޑްރޯ އަކީ އެއް ވަނަ އަށް ހޮވޭ ނަސީބުވެރިޔާއަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ހަތަރު މީހުންނަށް ދެ ރޭ ހުރުމާއި ކެއުމާއި ޓްރާންސްފާ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. ދެވަނަ އަށް ހޮވޭ ނަސީބުވެރިޔާއަށް ދެ މީހުންނަށް ދެ ރޭ ހުރުމާއި ކެއުމާއި އަދި ޓްރާންސްފާއާ އެކު ޕެރެޑައިސް އައިލެންޑަށް ދެވޭނެ އެވެ. ތިން ވަނައަށް ހޮވޭ ނަސީބު ވެރިއަކަށް އައިފޯން 12 މެކްސް ޕްރޯ އެއް ލިބޭނެ އެވެ.
މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނާށް ވެސް މި ޕްރޮމޯޝާންގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝާންގައި ބައިވެރިވުމަށް villagas.mv/promo އަށް ގޮސް ރަޖިސްޓާވެވޭނެ އެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 5:00 އަށް ވިލާ ގޭހުގެ ހޮޓްލައިން 3336633 މެދުވެރިކޮށް ޕްރޮމޯޝަންގެ ހިދުމަތް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢުދާސް
02 March 2021
މާލޭގައި އުޅޭ މީހުން އެކަނި ޚިދުމަތް ބޭނުންވާނެކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރަނީ ، ވޯޓު ބޭނުންވީމަ ރާއްޖެތެރޭ ބީރައްޓެހިން ގުނބޯ ހައްދާނެ .
ކަކުނިބޯ
28 February 2021
ފައިބަރު ކުޑިއަރާގޭސްފުޅި، އިރު އިރުކޮޅާ ޕޮކޮޕޮކޮ ކިޔާ އަޑުއިވޭ ގޭސްފުޅި، އުދުނުގެ މުއްދަތްކުރުވާގޭސްފުޅި ހުސްވަނީ ހުސްވަނީ ފުރުސަތުގެ ފުރުސަތު އަވަހަށް އާދޭ
އިދްރީސް
28 February 2021
ރަށްރަށުގަ ދިރިއުޅޭ ރައްޔިތުންނަށް މިކަހަލަ ފުރުޞަތެއްވެސް ނުލިބޭ
ާއަލިމޯޑު
28 February 2021
ރަށްރަށް ކީއްކުރަން ގްރޭޓަރ މާލެ އޭރިޔާގަ ހިމެނޭ ވިލިމާލެއަށް ވެސް ތިޔަ ނަސީބެއްވެސް ނެތް