މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން މިއަދު ބޭއްވި ޖަޒީރާ ސައްލާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް
03 މާޗް 2021 - 20:39
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ އެކަމާ ގުޅިގެން ދައުވާ ކޮށްފައިވާ މީހުންގެ ޝަރީއަތްތައް ކުރިއަށްގޮސްގެން ކަމަށް ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ،
އާއްމުންގެ ބައިވެރިވުމާއެކު ކޮންމެ މަހަކު އެއް ފަހަރު ގެންދަން ހަމަޖައްސާފައިވާ "ޖަޒީރާ ސައްލާ"ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަށާޖެހޭ އުސޫލަކުން ގެންގޮސް ނޫނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ކާމިޔާބު ނުލިބޭނެ ކަމަށެވެ.
"ޖަޒީރާ ސައްލާ"ގައި މިއަދު މަޝްވަރާކޮށްފައި ވަނީ މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމާ ގުޅޭގޮތުންނެވެ. އެ މަޝްވަރާއަށް، ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި ގުޅައިގެން ވެސް ހިޔާލާއި ސުވާލުކުރުމުގެ ފުރުސަތު ދިނެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ ދޫކޮށްލިޔަސް އެ ބާވަތުގެ ތަކެތި ރާއްޖެއަށް ގިނައިން އެތެރެކޮށް ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ކަމަށެވެ. އެ ގަންނަ މީހުންނަށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އެނގޭ ކަމަށް ވިދާޅުވި އެވެ.
"...200، 300 އިން ކޯޓަށް ފޮނުވިއަސް ޝަރީއަތްތައް އަވަސްވެގެން މި ކަންކަމަކީ މުހިއްމު ކަންކަމަށްވެ، ޝަރީއަތްތަކާ އެއްޗެހި ކުރިއަށްގޮސްގެން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މީގައި ހައްލު ހޯދިގެންދާނީ،" އައިޝާ ވިދާޅުވި އެވެ.
އެ ސައްލާގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކްކުރާ ނެޓްވޯކުތަކަށް އަމާޒުކޮށް ފާއިތުވި ދެ އަހަރުގެ ތެރޭގައި 200 އެއްހާ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުން 800 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑްރަގް ޓްރެފިކިންގެ 12 ވަރަކަށް ނެޓްވޯކު އަތުލައިގަނެ އެ ހުރިހާ މައްސަލައެއް ތަހުގީގުކުރުމަށްފަހު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ޝާކިރުގެ އިތުރުން ދެން ވާހަކަދެއްކެވި އެހެން ބޭފުޅުންގެ ކަންބޮޑުވުމަކީ ވެސް ކޯޓުތަކުގައި މައްސަލަތައް ތާށިވުމެވެ.
ޝާކިރު ވިދާޅުވީ ޑްރަގް ޓްރެފިކިންގެ 209 މައްސަލައިގެ ތެރެއިން ފާއިތުވި ތިން އަހަރުގެ ތެރޭގައި ކޯޓުން ނިންމާފައިވަނީ 21 މައްސަލަ އެވެ. އޭގެ ތެރެއިން ވެސް ސާބިތުވާ ކަމަށް ނިންމާފައިވަނީ މަދު މައްސަލަކަން ފާހަގަކުރެއްވި އެވެ.
ކޯޓުތަކުގައި މިހާރު ވެސް ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތައް ހުއްޓިފައި ހުރިކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫޅު އަލިބޭބެ
04 March 2021
ދުވަހަކު މައްސަލަތަކަށް ހައްލެއް ނުލިބޭނެކަން މި އެނގުނީ. މަސްތުވާތަކެތީގެ މައްސަލަ ގުޅިފައިވަނީ ތޮއްޖެހުމާ ތާށިކަމާ ބޮޑުވަމުން އަންނަ “އިން އީ ކުއާލިޓީ” އާ. އޭގެ ތެރެއަށް ޒުވާނުން ވަންނަނީ ހައްދަވައިގެން ފޫހިފިލުވަން މިތާ ކުރާނެ ކަމެއް ނެތީމާ. ތޮއްޖެހިފަ ހުރި ކޮށިކޮށީގައި އުޅެމުން ވައިވެގެން ގޮސް. އެކަމަކު ޕޮލިސީ ލެވެލްގައި މިތިބަ މީހުން މި ދައްކަނީ ދާއިމީ ހައްލެއްގެ ވާހަކައެއް ނޫން. މަ ހަމަ އަޖައިބުވެއްޖެ.
ޖޫލީ
04 March 2021
މަސްތުވާތަކެތީގެ މައްސަލަ ޙައްލުވާނީ ބޯންޖެހޭނެ ބޮވެންޖެހޭނެކަމަށް ބުނާ މީހުން ގައުމުގެ ބަސްކިޔާ މަގާމުތަކުން އެއްފަރާތްކޮށް މަސްތުވުމަށް ހިތްވަރުދިނުން ހުއްޓާލެވިގެން
ގުއިއްޒު
04 March 2021
މިހާރު ގާޒީން ފައިސާ ތިހޯދަނީ މަސްތުވާ ތަކެތީގެ ނެޓުވަރކްތަކާ ގުޅިގެންތާ. ގާޒީކަން ކުރިއަސް ފައިސާ ހޯދަން އިތުރު މަސައްކަތެއްވެސް ކުރަންވާނެ ދެއްތޯ؟
ތިވައުދު
04 March 2021
ދައުރު ނިމެންދެން މަޝްވަރާ ކުރޭ އަހަރެމެން ތިބޭނަން އަތްޖަހަން.
ހައްލުބޭ
04 March 2021
ހައްލު މި ގައުމުގެ ކޯޓުތަކުގެ ފާރުގައި މޮހޮރެއް ޖަހާފައި އެލުވާފައި އޮންނާނެ. އެލުވާފައި އެތި ހަދާފައި އޮންނާނީ ދިބާޣުކުޅަ ހަމުން ދެފަރާތަށް އާނި މަލަރުކޮށްގެން. އޭތިން އަދަބުދޭގޮތަށް ގާނޫނެއް ހަދައި ހިންގަންފެށީމާ އޮންނާނީ ހައްލުފެނިފައި. ބޯ ކޮންމެ ފަހަރަކު 40 ވިއްކަން އަތުގައި ބަހައްޓައިފިއްޔާ 80 އެތެރެކޮށްފިއްޔާ 120 އެތިފަހަރު މުލައްދަނޑީގައި ވަރުހުރި މީހަކު ލައްވައި ޖަހާލީމާ ފިސާރި ރީއްޗަށް ހައްލުވާނެ. މިނޫން ހައްލެއް ލާހިކެއް ނޫން ހޯދާކަށް.
ރުފޫން
03 March 2021
އަދިވެސް މަޝްވަރާކުރުން.. ކުރިން ބުނި ޕްލޭންތައް ހަދާފައޭ އޮތީ ކަން ކަން ހައްލުކުރަން..އަދި ފަށައިގަތީ؟؟ވޯޓް ހޯދަން އޭރު ދޮގުހެދީ..އަނެއްކާ ވޯޓް ގާތްވީ މަ ފެށީ؟
ރާގޮނޑި
03 March 2021
ކޯޓުތަކާ މަޖިލީހާ ސަރުކާރާ ދިނީމަ ނުވިކަމެއް ކައުންސިލް ގޮނޑިތައް ދިނަސް ނުވާނެ
1828
03 March 2021
މުސްލިމް ނޫން ޤައުމަކުން ވަނީ މަސްތުވާތަކެތިން ޤައުމު ހަމަ މަގަށް އަޅުވާފައި. އެއީ ސިންގަޕޫރު. އެތަނުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހަދާފައިވާ ޤާނޫނު އަކުރުން އަކުރަށް ރާއްޖެގެނެސް ސިންގަޕޫރުގައި ތަންފީޒްކުރާ ގޮތަށް ތަންފީޒްކުރަންވީ. އެހެންނޫނީ ހައްލެއް ދުވަހަކުވެސް ނުލިބޭނެ. ހައްލަކީ އެތެރެކޮށް ވިއްކާ އަދި ބޭނުންކުރާ މީހުން މެރުން. އެނޫން ހައްލެއް ނެތް.