އެސްޓްރަޒެނެކާގެ ވެކްސިން ބްރެޒިލް ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައި. --ފޮޓޯ:އޭއެފްޕީ
07 މާޗް 2021 - 10:47
ލަންޑަން (މާޗް 7) - ބްރެޒިލުން ފެނުނު ކޮރޯނާވައިރަހުގެ ވޭރިއަންޓާ ދެކޮޅަށް އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން މަސައްކަތް ކުރާ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ޕީ1 ނުވަތަ ބްރެޒިލް ވޭރިއަންޓާ ދެކޮޅަށް އޮކްސްފޯޑް ވެކްސިން މަސައްކަތް ކުރާ ކަމަށް ދެއްކުމުން އެ ވެކްސިނަށް އިތުރު ބަދަލެއް ނުގެންނާނެ ކަމަށް ބެލެވެ އެވެ. ބްރެޒިލް ވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ އެމެޒޭނިއަން ސިޓީއެއް ކަމަށްވާ މަނައުސް އިންނެވެ.
އޮކްސްފޯޑުގެ ދިރާސާގެ މައުލޫމާތު ރަސްމީކޮށް ހާމަނުކުރި ނަމަވެސް އެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން އެސްޓްރަޒެނެކާ ވެކްސިން ބްރެޒިލް ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް ވެކްސިންގެ ކާމިޔާބު މިންވަރެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދިރާސާގެ ފުރިހަމަ ޑޭޓާ މި މަސްތެރޭ އާއްމު ކުރާނެ ކަމަށްވެ އެވެ.
ކުރިން ހެދި ދިރާސާތަކުން ދެއްކި ގޮތުގައި ސައުތު އެފްރިކާ ވޭރިއަންޓާ ދެކޮޅަށް އެސްޓްރަޒެނެކާ ވެކްސިން އިން ލިބޭ ރައްކާތެރިކަން ކުޑަ އެވެ. އެއީ ވެސް ޕީ1 އާ އެއްގޮތް ވޭރިއަންޓެކެވެ. އެހެންވެ ސައުތު އެފްރިކާގައި ވަނީ އޮކްސްފޯޑް ވެކްސިން ޖެހުން ވެސް މެދުކަނޑާލައިފަ އެވެ.
އޮކްސްފޯޑުގެ ދިރާސާގެ މައުލޫމާތު އާއްމުވެފައިވާ އިރު، ބްރެޒިލް ވޭރިއަންޓާ ދެކޮޅަށް ޗައިނާގެ ސިނޮފާމުގެ ވެކްސިން މަަސައްކަތް ނުކުރާ ކަމަށް ސާމްޕަލް ސްޓަޑީއަކުން ވަނީ ދައްކައިފަ އެވެ.
ބްރެޒިލްގައި މިހާރު ދަނީ ކޮރޯނާވައިރަހުގެ ނުރައްކާތެރި ދެ ވަނަ ރާޅެއް ފެތުރެމުންނެވެ. އިއްޔެ ވެސް ވަނީ 75,337 މީހުން ޕޮޒިޓިވްވެ 1,760 މީހުން މަރުވެފަ އެވެ. ބްރެޒިލުން މިހާތަނަށް ވަނީ 10,871,843 މީހުން ޕޮޒިޓިވްވެ 262,948 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅެފަހެ
08 March 2021
މިގައުމުގައި ކިތައް ވޭރިއަންޓް އެބައުޅޭބާ؟ އެއެއް އެބަ ބަލާތަ؟
ލޯޕަން
07 March 2021
ކޮންމެ ދުވަހަކު މިހާރު ނޫހުން ޖަހާނެ. ވެކްސިން ވެކްސިން ކާމިޔާބު ކާމިޔާބު. އެކަމަކު އަދިވެސް ބަލި ހަމަ ކޮންޓްރޯލެއް ނެތި ފެންނަނީ ، މިއުޓޭޓް ވަނީ. ޒިންމާދާރު ނޫސްވެރިކަން ކުރަން ވެއްޖެއެއްނު
ކޮޔާ
07 March 2021
ޗައިނާ ގެ ސައިނޯ ފާމްގެ ވެކްސިނާއި އިންޑިޔާގެ ބާރަތުގެ ކޮވެކްސިންއަކީ ލައިވް އެޓިނުއޭޓަޑް ވެކްސިން. މީގެ މާނައަކީ ބާރުދައްކޮށްލާފައިވާ ކޯވިޑް 19 ވައިރަސް ހަށިގަޑަށް އިންޖެކްޓްކުރުން. ނަމަވެސް އޮކްފޯޑް އެސްޓްރަޒެނެކާގެ ވެކްސިނަކީ ކޯވިޑް 19 ވައިރަސްގެ ކުޑަ އެތިކޮޅެއް. ބުއްދީގެ ހަމައިން ބަލާނަމަ މުޅިއެތި އިންޖެކްޓްކޮއްގެން ލިބޭ އިމުނިޓީ މާވަރުގަދަވާނެ ކުޑައެތިކޮޅަކަށްވުރެ
ނޫސް
07 March 2021
މުޅި އެތި ޖަހަންވީނު ދެން.