ސޯސަން މަގުގައި ހުންނަ ލައިފް ސަޕޯޓްގެ ސެފަޔާ ފިހާރަ--ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
09 މާޗް 2021 - 13:01
އަންހެނުންގެ ދުވަހާ ގުޅުވައިގެން، ލައިފް ސަޕޯޓުން އަންހެނުންނަށް ހާއްސަ އުފެއްދުންތަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންހެނުންނަށް ހާއްސަ އުފެއްދުންތަކުން 30 ޕަސެންޓާ ހަމައަށް މި ޕްރޮމޯޝަންގައި ޑިސްކައުންޓު ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ލައިފް ސަޕޯޓުން ބުނިގޮތުގައި، ޕްރޮމޯޝަން ކުރިއަށް ގެންދާނީ އެ ކުންފުނީގެ އޮންލައިން ޕްލެޓްފޯމުގެ އިތުރުން ސޯސަން މަގުގައި ހުޅުވި ސަފަޔާ ފިހާރައިގަ އެވެ. އަންހެނުންނަށް ބޭނުންވާ ކޮސްމެޓިކްސް އާއި މޭކަޕާއި ޕާސަނަލް ކެއާ އުފެއްދުންތަކާއި ސެންޓު އަދި މަދާ ކެއާގެ އުފެއްދުންތައް އެ ދެ ތަނުން ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކުގެ ތެރޭގައި ދިވެހި އަންހެނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ "ބެލާ" ސެނިޓަރީ ލައިންގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.
ލައިފް ސަޕޯޓުން ބުނީ މިފަދަ އިތުރު ޕްރޮމޯޝަންތައް މި އަހަރު ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy