15 މާޗް 2021 - 06:12
އައްޑޫގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީތަކެއްގައި ބަޔަކު ޒަހަމްކޮށްލާފައި ވަނިކޮށް ރޭ ވެސް މާރާމާރީތަކެއް ހިންގައި އަނިޔާވި ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
މަރަދޫގައި ރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކަނުން ދެ މީހަކަށް ހަމަލާ ދީފައިވެ އެވެ. އެއީ 20 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ. އަދި އެ ދެ މީހުންނަށް ލިބުނު އަނިޔާތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ފަރުވާދެމުން އަންނަ އިރު އަނިޔާގެ ތަފުސިީލެއް އަދި ނުލިބެ އެވެ.
މީގެ އިތުރުން ރޭ ހިތަދޫގައި ހިންގި މާރާމާރީއެއްގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
ފުލުހުން ބުނީ މި ހާދިސާތައް އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މިދިޔަ ހަފުތާގެ ބުރާސްްފަތި ދުވަހު އިރު އޮއްސުނު ވަގުތު ފޭދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ހަތް މީހަކަށް އެކި ވަރުގެ އަނިޔާވެގެން ފަރުވާ ދިނެވެ. އަދި އެ ހާދިސާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫކުރީ
15 March 2021
މިކަމާ މިފަހުން ހިތަދޫ މަރުގެ މައްސަލައިގައި ބަޔަކު ދޫކޮށްލުމާ ގުޅުމެއް އެބަހުރިބާ ؟
އުސައިމާ
15 March 2021
އައްޑޫ ގައި ތިއްބެވި ކަމައް ގާބިލް ނޫން ޔުނިފޯމް ބައެއް. މައްސަލައެއްގެ އަސްލު ނޭގި އާމްނު ރައްޔިތުން ކޯޓާ ހަމައަށް ފޮނުވަަބަޔަކު އުޅޭ
ޝޯމޭން
15 March 2021
މިވެރިންވެސް އެޗް.ޕީ.އޭގެ އުސޫލާހިލާފުވެގެން އެކަކު އަނެކަކުގެ ގަޔަށް ބޮލަށް އަރަންޏާ ޖޫރިމަނާކުރެވޭނެދޯ. ކީއްވެބާ ނުކުރަނީ.