ޚަބަރު / އެމްޑަބްލިއުއެސްސީީ

ކޯޓުން މައްސަލަ ނަގައި، ރަސްފަންނު ޕެވިލިއަން އަނެއްކާވެސް ސިބްކޯ އަށް ދީފި

ރަސްފަންނުގައި ބޮޑު ހޭދައެއްކޮށްގެން އެމްޑަބްލިޔުއެސްސީން ހެދި ތިން ބުރީގެ އިމާރާތް ސިބްކޯ އަތުން އަތުލީ ކުލި ނުދައްކައިގެން

ރަސްފަންނުގައި ހަދާފައިވާ ޕެވިލިއަން: އެތަން އަލުން ހުޅުވަން މިހާރު އަންނަނީ ތައްޔާރުވަމުން -- ފައިލް ފޮޓޯ: މިހާރު

މާފަންނުކޮޅުގައި، 2016ގައި ރަސްފަންނާ އެކު އެމްޑަބްލިޔުއެސްސީން ހެދި ޕެވިލިއަން އަނެއްކާވެސް ސިބްކޯ އަށް ދީފި އެވެ.

ސިބްކޯ އަށް އެތަން ހަވާލުކުރުމާ އެކު އެތަން ހުޅުވުމުގެ މަސައްކަތް މީގެ ދެތިން ދުވަސް ކުރިން ވަނީ ފަށައިފަ އެވެ. އިންޓަނޭޝަނަލް ފްރެންޗައިޒްއެއް ކަމަށްވާ ގްލޯރިޔާ ޖީންސާއި މޯޓީ މަހަލް އަދި ޗިކިން ރެސްޓޯރަންޓް ހިންގި ތިން ބުރީގެ އިމާރާތް ބަންދުކޮށްފައި ހުންނަތާ އެތައް އަހަރެއް ވީ އިރު އެތަން މިހާރު އޮތީ ގޮނޑަކަށް ބަދަލުވެފަ އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ކުރިން ވެސް އެތަން ހަވާލުކުރި ކުންފުންޏަށް އަލުން އެތަން ދެނީ އާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ އެތަން ރޯދައަށް ހުޅުވޭނެ ކަމަށް،" ޝާހު ވިދާޅުވި އެވެ.

މައްސަލަ ކޯޓުން ބޭރަށް!

މަޝްހޫރު ވިޔަފާރިވެރިޔާ ވީބީ މުހަންމަދު ޝަވީދުގެ ހިއްސާ އޮންނަ ކުންްފުންްޏަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕެވިލިއަން ކުއްޔަށް ދިނީ 19 އަހަރުގެ މުއްދަތަށް، މަހަކު 250،000ރ.ގެ ކުއްޔަކަށެވެ. އެކަމަކު އެތަން ހިންގި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުލި ދައްކާފައި ނުވާ ކަމަށް ވެ އެވެ. އެމްޑަބްލިޔުއެސްސީން އެތަން ހަދަން ހަތަރު މިލިއަން ރުފިޔާ ހޭދަކުރި އިރު، މުޅި ތަނަށް ޖުމްލަ އިންވެސްޓްމަންޓްގެ ގޮތުގައި 14 ވަރަކަށް މިލިއަން ރުފިޔާ އޮތީ ހޭދަވެފަ އެވެ.

ޕެވީލިއަންގައި ހަދާފައި ހުރި ރެސްޓޯރެންޓެއްގެ ތެރޭގައި ހުރި ކުނިތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިބްކޯ އަށް ނޯޓިސް ދިނީ އެތަނަށް ކުލީގެ އިތުރުން، އެޑްވާންސް ފައިސާ ވެސް ނުލިބިގެންނެވެ. ސިބްކޯ އެތަނުން ބޭރުކޮށް، އެމްޑަބްލިޔުއެސްސީން ވަނީ ފައިސާ ހޯދަން މައްސަލަ ކޯޓަށް ވެސް ހުށަޙަޅައިފަ އެވެ. ހަމައެއާ އެކު، އެމްޑަބްލިޔުއެސްސީން ނޯޓިސް ދިން މައްސަލަ ސިބްކޯ އިން ވެސް ކޯޓަށް ހުށަހެޅި އެވެ. މިއިން އެއްވެސް މައްސަލައެއް ކޯޓަކުން އަދި ނުނިމެ އެވެ.

ޝާހު ވިދާޅުވި ގޮތުގައި ޕެވިލިއަނާ ގުޅޭ މައްސަލަތައް ކޯޓުން ބޭރުކޮށް، ސިބްކޯއާ އެކު އެތަން ހިންގަން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިގެން"ނެވެ. އޭނާ ވިދާޅުވީ އެގޮތަށް ހަމަޖެއްސުމުގައި ކުންފުނީގެ ލީގަލް ޓީމުގެ އިތުރުން މި މައްސަލަ އަށް ބޭރުން ހޯދި ލީގަލް ކޮންސަލްޓަންޓްގެ ލަފާ ވެސް ހިމެނޭ ކަމަށެވެ.

"ލީގަލް ޓީމުގެ ވާހަކަތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އެ ކޭސް ކާމިޔާބުވާ ކަހަލަ ގޮތަކަށް ނޫން އޮތީ،" ޝާހު ވިދާޅުވި އެވެ.

"މިހާރު ވެސް މައްސަލަ އެހެން އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ. މީގައި އަޅުގަނޑުމެން ބެލިއިރު އަޅުގަނޑުމެންގެ، އެމްޑަބްލިޔުއެސްސީގެ މައްސަލަތަކެއް ވެސް އެބަ އޮތް. އެހެންވެ އަޅުގަނޑުމެން އެކި ގޮތްގޮތުން ވިސްނީ މައްސަލަ ހައްލުކޮށްފައި އެކަން އަލުން ފަށައިގެން ކުރިއަށް ދާން."

ޝާހު ވިދާޅުވި ގޮތުގައި އުންމީދުތަކަކާ އެކު ބޮޑު ހޭދައެއްކޮށްގެން ހެދި ތަން ވީރާނާ ވާން ވެސް ދޫކޮށްލެވޭކަށް ނެތެވެ.

ޕެވީލިއަނަށް އަރަން ހަދާފައި ހުރި ބްރިޖުގެ ތެރޭގައި ސިނގިރޭޓް ބަޓުތަކެއް އުކާލާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެހެން ކަމެއް ވެސް އަޅުގަނޑު ފާހަގަކޮށްލާނަން. އެތަން އެހެން އޮންނާތީ ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކުގެ ކަންބޮޑުވުން ވެސް ވަރަށް ބޮޑު. އެއް ދުވަހަކު ގުޅައިފާނެ ފުލުހުން އެތާނގައި ގަވައިދާހިލާފު ކަންތައްތަކެއް ކުރާތީ. އަނެއް ދުވަހު ގުޅައިފާނެ ސިޓީ ކައުންސިލުން. އަނެއް ދުވަހަކު ގުޅައިފާނެ ރައީސް އޮފީހުން އެކަން އޮތް ހިސާބެއް ބަލަން،" ޝާހު ވިދާޅުވި އެވެ.

"އެހެންވީމަ އެތަނާ މެދު އޮތީ ގޮތެއް ނިންމަން ޖެހިފައި."

ކޯޓުން ބޭރުން މައްސަލަ ނިންމިއަސް، އެމްޑަބްލިޔުއެސްސީ އަށް އެއިން ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބިފައި ހުރި ގެއްލުން، މިސާލަކަށް ކުރިން ނުދައްކާ ހުރި ފައިސާ ވެސް އުސޫލެއްގެ ތެރެއިން ދައްކާ ގޮތަށް އެއްބަސްވެގެން އެތަން މި ހަވާލުކުރީ،" ޝާހު ވިދާޅުވި އެވެ.

އަލުން ހުޅުވާއިރު ފްރެންޗައިސްއެއް ނުހުންނާނެ

އެތަން އަލުން ހުޅުވާއިރު ބައިނަލްއަގުވާމީ ފްރެންޗައިސްތައް ނުހުންްނާނެ ކަމަށް ޝާހު ވިދާޅުވި އެވެ. އެކަމަކު މިހާރު ހަދާފައި އޮތް އެގްރިމެންޓް ބުނާ ގޮތުން، ވަކި މުއްދަތެއްގެ ފަހުން ފްރެންޗައިސްތައް އަލުން ގެންނަން ޖެހެ އެވެ.

"މިހާރު މި ބަލަނީ އެތަން އަވަހަށް ހުޅުވޭތޯ. މި ދުވަސްވަރުގެ ގޮތުން އަނެއްކާވެސް ފްރެންޗައިސްތަކެއް ގެނައުމަކީ ދަތި ކަމަކަށް ވާނެތީ އަޅުގަނޑުމެން އެއްބަސްވެފައި އޮންނާނީ ދުވަސްކޮޅެއް ފަހުން ފްރެންޗައިސްތައް ގެނަޔަސް މައްސަލައެއް ނެތް ކަމަށް،" ޝާހު ވިދާޅުވި އެވެ.

ޕެވިލިއަން: މިހާރު އޮތީ ވަރަށް ބޮޑަށް ވީރާނާ ވެފައި -- ފައިލް ފޮޓޯ: މިހާރު

ސިބްކޯ އަށް ޕެވިލިއަން ދީފައި ވަނީ ކުރިން ވެސް އެގްރިމެންޓްކޮށްފައިވާ މުއްދަތަށް، 19 އަހަރަށް، ހަމަ އެ ކުލީގައި ކަމަށް ޝާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެތަން އަލުން ހުޅުވަން ކުރަން ޖެހޭ ހުރިހާ ހަރަދެއް ވެސް ކުރަން ޖެހޭނީ ސިބްކޯ އިންނެވެ.

ކުލި ދައްކަމުންް ނުދާ ބަޔަކާ އަލުން ހަވާލުކުރީ ކީއްވެގެންތޯ ދެންނެވުމުން ޝާހު ވިދާޅުވީ މައްސަލަ ހިނގާފައި އޮތް ގޮތް ބެލި އިރު އެމްޑަބްލިޔުއެސްސީގެ އިހުމާލުތަކެއް ވެސް އޮތް ކަމަށެވެ.

"ކުލި ނުދެއްކުނީ މިހެންވެގެންނޭ ސިބްކޯ އިން މި ބުނަނީ. އޭގެ ތެރޭގައި ފްރެންޗައިސްތަކެއް ގެންނަ އިރު ތަން ހުންނަން ޖެހޭ މިންގަނޑަށް ބޭނުންވާ ހުއްދަތައް އެމްޑަބްލިޔުއެސްސީގެ ތެރެއިން ނުލިބި ލަސްވެފައި ހުރުން ހިމެނޭ. އެހެންވެ އަޅުގަނޑުމެން ބެލިބެލުމުން މި މައްސަލަ އަޅުގަނޑުމެންގެ ކޮޅަށް ނިމުންް ދުރު. އަނެއްކޮޅުން މައްސަލަ ނިމޭނެ ދުވަހެއް ނޭނގެ. އެތަން ވީރާނާ ވަމުން ވެސް ދަނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޝާހު ދެއްވި އެއް ޔަގީން ކަމަކީ، ސިބްްކޯއާ ހަވާލުކުރި އިރު ނާޒާއިޒު އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިކަހަލަ ކަމެއް ހަވާލުކުރާ ދުވަސް ނޫންް އަނެއް ދުވަހު އޭސީސީ އަށް ކޮންމެވެސް ބަޔަކު ޝަކުވާ ކުރާނެކަން. އަދި އޭސީސީން އެކަން ބަލާނެ ކަން. އެހެންވެ، އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހުންނާނެ."

28 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫވްއެންޑްޕިކް

17 March 2021

އަނެއްކާވެސް ކުލި ނުދައްކާ ބަޔަކާ ހަވާލުކުރީ؟؟ އާންމު މީހެއްގެ ސައިކަލުގައި ސްޓިކާ ޖަހާފަ އެނުދައްކަންޏާ މީހަކާ ނިދެވޭ. ކަންމަތީ ހިސާބަކުން ހުއްޓުވިޔަސް އަހާނ މިއޮތޯ ޖޫރިމަނާ ނުދައްކާ. މިވަރެއްގަ މިއުޅެނީ ހަމަ މުއްސަނދިން އަދިވެސް މުއްސަނދިކުރުމުގަ. އިތުރު އަދި 1 މޫވްއެންޑްޕިކް ހުޅުވޭތޯ ބަލާ.

The name is already taken The name is available. Register?

ހަބީބު

17 March 2021

ދިވެހިންނަކީ ވަރައްނަތަހުޒިބު ބައެއް ކިތަންމެ ރީތި ތަނެއް ހުއްޓަސް އެހުންނަނީ ގަސްތުގަ ގެއްލުންދީފަ ތިމާމީހާ އަމިއްލަ އެނދުގެ ބާލިސްތައް ވިދާ ފައިވާނު ވަދުކަނޑައިގެން އަރަނެބާ ގައުމެއްތަރައްގީ ނުވުމުގެ އަސްލަކީ މިހުން ތަރައްގީނުވުން ވިސްނުން ހުންނަނީ ޖަންގަލީގަ އުޅޭ ޖަނަވަރަކައްވުރެވެސް ދަށުގަ ބަނޑުއަޅާވިހޭ މައިންނައް އަޅާނުލާބަޔެއްގެ ވިސްނުން ހުންނާނީ މިކަހަލަ ގޮތަކައް

The name is already taken The name is available. Register?

ރޯޒަސް

17 March 2021

ޝާހު ކުރަން ވަރަށް ހަޑިކަމެއް ތީ. އާއިލާގެ ގުޅުން އޮތް އަދި ޝާހުގެ ހިއްސާ އޮތް ވޯޓަރ ސޮލުޝަންގެ ގެ އެންމެ ބޮޑު ކްލައިންޓުކަމަށްވާ ޝަވީދު އަށް ކުންފުންޏަށް ގެއްލުންވާގޮތަށް ކޯޓުން ގޮތެއް ނުނިންމަނީސް އަމިއްލައަށް ގޮތެއް ނީންމީމައި ދެން ތިޔަށް ކިޔާނެ އެހެން ނަމެއް ނެތް.

The name is already taken The name is available. Register?

ހަސަނު1

17 March 2021

އެމްޑަބްލިއުއެސީން ރެސްޓޯރަންޓް ހަދާ ރިއަލްއެސްޓޭޓަށް ވަންނަން ވީމައި ވާނީ މިހެން. އެސްޓީއޯއިން ހަދަން އުޅުނު ހޮޓަލަށާއި ރިސޯޓަށްވެސްވީ މިހެން. އެމްޕީއެލްގެ ބަސް ތަކަށްވެސް ވާނީ މިހެން. މާމޮޅޫ ކަމެއްކަމަށް ހީކޮށް އެސްއޯއީތައް ލައްވާ އެމީހުންގެ ބިޒްނަސްއާއި ނުގުޅޭ ކަންކަން ކުރުވީމައި އެކަން ރަނގަޅަކަށް ނުދާނެ ކަމުގެ ހެކި ތިކަހަލަ ކިތަންމެ އިސްރާފަކުން ފެންނަންއެބަހުރި

The name is already taken The name is available. Register?

ޓޮލަރެންސް އަހުމަދު

17 March 2021

ހާސްވާނެ ކަމެއްނެތެވެ.އެމް.ޑަބްލިޔު.އެސް.ސީ.ގެ މިހާރުގެ މެނެޖިންގ ޑިރެކްޓަރ ހަސަން ޝާހުއާއި ޝަވީދު އަކީ ޢާއިލީ ގުޅުން އޮންނަ ދެ ބޭފުޅުންނެވެ.އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހެޔޮނިޔަތުގައި ފައިދާ ހުރި ކަމެއް ކޮށް ދިނުމުގައި އޮތީ ކޮންގޯހެއް ހެއްޔެވެ.މިއީ ޒީރޯ ޓޮލަރެންސްގެ އެހެން ވާޜަން އެކެވެ.

The name is already taken The name is available. Register?

ކޮވެލި

17 March 2021

ވަރަށް ބެސްޓް މެނެޖްމަންޓް އެއް. ތިވަރު ނޭގޭ މީހުން ކުންފުނި ހިންގަން ތި ތިބީ. ތިކުދިންނަށް ސާބަސް. އަހަރެމެން ފެން ބޭނުން ކުރާހާ ހިނދަކު ބަނގުރޫޓް ނުވާނެ ކަން އެނގޭތީ ލޯޔަރުން ތަކަކަށް ފައިސާ ދޭން ކުރި ކަމެއް. ވަﷲ އަޢުލަމް.

The name is already taken The name is available. Register?

ނެޕޮޓިޒަމް

17 March 2021

ތިތަން އަލުން ހަމަތިކުންފުންޏަށް ދިނުމުގައި ކޮރަޕްޝަން ނޫން ދެވަނަ ކަމެއް ނެތް.! އަދި ބުނެފިއެއްނު ކޮމިޓީ އަށް ކޮރަޕްޝަންގެ މައްސަލަ ހުށަހަޅާފާނެ ވާހަކަ.

The name is already taken The name is available. Register?

ސިކުނޑި

17 March 2021

ވާހަކަ ކިތަންމެ ދިގު ކުރިޔަސް ތީހަމަ ކަރަޕްޝަން! ތިޔަކަށް ކިޔާނެ އިތުރު ނަމެއްނެތް! ކަރަޕްޝަނަކީ މާލީފައިދާއެއްވާން ޖެހޭ އެއްވެއްކަމަށް ގަބޫލު ކުރެވިގެން ނުވާނެ! ކޯޓަށް ހުށަހެޅި މައްސަލައެއް ކޯޓު ހުކުމެއްނެތި ކޯޓުން ބޭރުގައި ހައްލު ކުރެވިގެން ނުވާނެ! އެހެން ހަދާނަމަ ޝަރުޢީ ދާއިރާގެ ބޭނުމެއްނެތް! އިންސާފާއި ހަމަހަމަ ކަމަކީ އުސޫލު ބަދަލުކޮށްގެން ހޯދައިދެވޭނެ އެއްޗެއްނޫން!!

The name is already taken The name is available. Register?

ނަސީ

17 March 2021

ރައްއިތުންނައް ގެއްލުންވާގޮތައް ޑީލް ކޯޓުން ބޭރުގައި ނިންމުން މީ ވަރައް ދެރަކަމެއް ، މީސާހުދެ ބައްޕާގެ ކުންފުއްޏެއްނޫން

The name is already taken The name is available. Register?

އެނެއްކާވެސް

17 March 2021

"މީގައި އަޅުގަނޑުމެން ބެލިއިރު އަޅުގަނޑުމެންގެ، އެމްޑަބްލިޔުއެސްސީގެ މައްސަލަތަކެއް ވެސް އެބަ އޮތް.". އެހެންވީމާ ކުރިންވެސް ގޯސްހެދި ބަޔަކު އަދިވެސް މިކަމުގެ ތެރޭގައި މިއުޅެނީ؟ އެންމެ ކުޑަމިނުން މިމައްސަލާގަ ގޯސްހެދިބަޔަކު ވަޒީފާއިން އެކަހެރިކޮށް ތަހުގީގެއްވެސް ހިންގާާ ނުލެވެނީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454