މައްކާގެ ހަރަމްފުޅު: މިއަހަރު ހައްޖަށް ދެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްގެން ކަމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
20 މާޗް 2021 - 12:28
މި އަހަރު ހައްޖަށް ދިއުމުގެ ކުރިން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.
ސައުދީގެ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ސައުދީގެ ހެލްތު މިނިސްޓްރީން ނިންމާފައިވަނީ ހައްޖުގެ އަޅުކަމަށް އެ ގައުމަށް އެތެރެވުމުގެ އެއް ހަފުތާ ކުރިން ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ލާޒިމް ކުރުމަށެވެ. އަދި ސައުދީއަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއް ވެސް އޮތުން ލާޒިމް ކުރަން ސަރުކާރުން ނިންމާފައިވާ މީޑިއާތަކުން ބުނެ އެވެ.
ހައްޖުވެރިން ސައުދީއަށް އެތެރެވުމާ އެކު، އެ ގައުމުގައި 72 ގަޑިއިރު ކަރަންޓީން ކުރާނެ އެވެ. އަދި ކަރަންޓީނުން މިނިވަންވާނީ ސައުދީގައި ޕީސީއާރު ޓެސްޓް ހެދުމަށް ފަހު އެ ނެގެޓިވްވުމުންނެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު އުމުރުން ދުވަސްވީ މީހުންނަށް ހައްޖުވުމުގެ ފުރުސަތު ނުދޭން ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އަހަރު ހައްޖަށް ދެވޭނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.
ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ހައްޖުވުމުގެ ފުރުސަތު ދިނީ ސައުދީގައި ދިރިއުޅޭ އެންމެ 1،000 މީހުންނަށެވެ. އެކަމަކު މި އަހަރު އެ ފުރުސަތު ދޭނެ އަދަދެއް ސައުދީން އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞAbdullah
21 March 2021
ތިގޮތަށް މިސްކިތައްވެސް ދެން އެރޭނީ ވެކްސިން ސެޓްފިކެޓް ދެއްކީމާ، ވަރަށް ދެރަ، މިވައިރަސް އަކީ ބަޔަކު ރާވައިގެން އަހަރެމެން އަޅުކަމަށް ޖެއްސުން ކުރުމަށް އުފެއްދި އެއްޗެއް
ހަސަނު1
21 March 2021
ވައިރަސް އުފައްދަވާ ނެތި ކުރައްވަނީ މާތްﷲ. އެކަލާންގެ އިރާދަކުރައްވާފައި ހުރި ގޮތަކަށް ކަންކަން ނިމިގެންދާނީ.
ގައުމު1
20 March 2021
ޝުކުރިއްޔާ ޔޫރަޕް، އެމެރިކާ، އިންޑީޔާ، ޗައިނާ، ރަޝިއާ.
ބުރުގާ
20 March 2021
ތި ވިޔަފާރިވެސް ދެން ހުއްޓާލަން ވެއްޖެއެއްނު.