ފިހާރައެއްގައި ކެރެޓު ވިއްކަން ބަހައްޓާފައި-- ފޮޓޯ: މިހާރު
29 މާޗް 2021 - 18:36
އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ރެޑްވޭވްގެ ފިހާރަތަކުން ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގުހެޔޮ ކޮށްފި އެވެ.
މާލެ އާއި ހުޅުމާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ހިންގާ ރެޑްވޭވުން ބުނީ، މިއަދުން ފެށިގެން އެ ކުންފުނީގެ ފިހާރަތަކުން އޮރެންޖާއި ކެރެޓާއި އިނގުރާއި ލޮނުމެދު އަދި ލުނބޯ އަގުހެޔޮ ކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު މިހާރު އޮރެންޖެއް ތިން ރުފިޔާ އަށް ކެރެޓު ކިލޯއެއް 25ރ. އަށް އިނގުރު ކިލޯއެއް 45ރ. އަށް ލޮނުމެދު ކިލޯއެއް 35ރ. އަށް ލުނބޯ ކިލޯއެއް 30ރ. އަށް ލިބޭނެ އެވެ.
މި ތަކެތި އަގުހެޔޮ ކުރަން ނިންމީ މިއީ އާއްމުކޮށް ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ވާތީ ކަމަށް ރެޑްވޭވުން ބުނެ އެވެ. ރޯދަ މަހުގެ ނިޔަލަށް މި އަގުގައި މި ތަކެތި ވިއްކުމަކީ އަމާޒެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ރެޑްވޭވުން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ އެންމެ ހެޔޮއަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމެވެ. ހާއްސަކޮށް ރޯދަ މަހު ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
ރެޑްވޭވުން ވަނީ އެ ކުންފުނިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ވެސް މިދިޔަ ހަފުތާ އިން ފެށިގެން ހެޔޮކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 March 2021
މާލެތެރެއަށް ފެތުރިފައިވާ ބިދޭސީ ވަގު ވިޔަފާރިތައް ހުއްޓުވުމަށް ސަލީމް ފަދަ ވިޔަފާރިވެރިން މަސައްކަތް ތަކެއް ފައްޓާންޖެހޭ. # ފެންޓަސީ، ހެޕީމާރކެޓް، އުފަންވެލި ފަދަ ފަރާތް ތަކުން މިފަދަ ބިދޭސީ ވިޔަފާރިތައް ހުއްޓުވާން މުހިންމު މަސައްކަތްތަކެއް ނުކޮށްފިނަމަ ފަހަރަކުހަރުފަތެއް މައްޗަށްއަރަމުންގޮސް ނުހުއްޓުވޭވަރަށް އެމީހުންއަރާނެ. # މިހާރުވެސް ބާޒާރުމަތީ ވަރަށްގިނަ ހޯލްސޭލް ފިހާރަތަކަކީ އެމީހުންގެ ބާރުހިގާ ތަންތަން. ސަލީމް ތިފެއްޓެވީ ރަނގަޅު ކަމެއް.
އޮނަރަބްލް އަފީފު ދީދީ
30 March 2021
ވިޔަފާރީގައި ރެޑްވޭވް ފަދަ ނުފޫޒު ގަދަ ފަރާތް ތަކުން ރާއްޖޭގައި އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް އުޅޭ ބިދޭސިން ހިންގަމުންދާ ވިޔަފާރިތަކަށް ހުރަސް އެޅޭފަދަ ކަންކަންކޮށް އެމީހުން ވަކިހިއްޕާލާފައިވާ މިފަދަ ވިޔަފާރި ތައް ހުއްޓުވާން ތަރުކާރީއާއި މޭވާގެ ބާވަތްތައް ގިނަ އަދަދަކަށް އެތެރެކޮށް ކުދި ވިޔަފާރިތަކަށް ގަނޑުކޮށް ވިއްކޭނެ ރަނގަޅު އިންތިޒާމް ތަކެއް ރާވަންޖެހޭ. އެހެން ނޫނީ ބިދޭސިން މިކަން ނުހުއްޓާނެ. ސަރުކާރަކަށް މިކަން ނުހުއްޓުވޭނެ.
ހޭވިހަޑި
30 March 2021
ސަލީމްބެއަށް. ވެދުން ސަލާމަށްފަހު ލިޔަމެވެ. އަގުހެޔޮކޮށްދިން މުދަލަށްޓަކާ އަހަރެމެން ޝުކުރުވެރިވަމެވެ. މިހާރު އަގުބޮޑުކޮށްފާވާ ސަންފްލާވަރ ތެޔޮވެސް އަތްފޯރާފަށަށް ތިރިކޮށްދެއްވާށެވެ. ދާދި އިހަކާޖެހެންދެންވެސް ފުޅިޔެއް 45، އާއި 55 އާ ދެމެދު ރެޑްވޭވް ފިހާރަތަކުން ލިބުނެވެ. އެކަމަށް ޝުކުރިއްޔާއެވެ. އަދިވެސް އިތުރު ބާވަތްތައް އަގުހެޔޮ ކޮށްދެއްވާނޭކަމުގާ ޔަގީންކުރަމެވެ. ސަލީމްބެއަކީ މަމެންނަށް ހެޔޮއެދޭ އަދި މަމެންގެހާލަތު އެންމެރަނގަޅަށް އެނގޭފަރާތެވެ
އައިޝަތު އަލި
30 March 2021
ހާދަ އަގުހެވެ ހިލެނުންތޯ ތިދެނި އެހެންނަ
ބަހުރު
29 March 2021
ބާޒާރު މަތީ ފިހާރަތަކުންލިބޭ ލުބޯކިލޯ/-22 ކެރެޓްކިލޯ/-14
ރަދީފްއޮފިޝިއަލް
30 March 2021
އެއީ ޕެރިޝްޑްވާން ކާރިވެފަ ހުރި ތަކެތި އެހެން ނޫން ތޯ!!! ގޮނޑުން ލިބޭނެ ހިލޭ ، ހިލޭ އިނގޭ ތޯ.
ރަދީފުލް ކުމާރު
29 March 2021
ސާބަހޭ ސަލީމްބޭ.