ފިހާރައެއްގައި މީހަކު މުދާ ވިއްކަނީ: ރޯދަ އަށް ބޭނުންވާ ވަރަށް މުދާ މިހާރު ވެސް އެބަހުރި -- ފައިލް ފޮޓޯ: މިހާރު
30 މާޗް 2021 - 11:36
ސުވޭސް ކެނަލްގައި ތާށިވި ބޯޓު އިއްޔެ ފުން ކުރުމާ އެކު، އެ ސަރަހައްދުގައި ތާށިވެފައި ހުރި ރާއްޖޭގެ މުދާ ރޯދައިގެ ކުރިން ލިބޭނެ ކަމަށް ޝިޕިން އެޖެންޓުން ބުނެފި އެވެ.
"އެކަމަކު އެ މުދާ ލިބުމުގައި ކުރިއާ ހިލާފަށް ތަރުތީބަށް ބަދަލުތަކެއް އަތުވެދާނެ،" ރާއްޖެ އަށް މުދާ އުފުލާ ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
ޝިޕިން އެޖެންޓުން ކުރިން ބުނެފައި ވަނީ، 200،000 ޓަނު އުފުލާ ބިޔަ ކޮންޓެއިނަރު ބޯޓު "އެވަގިވަން" ތާށިވުމާ އެކު، އެ ސަރަހައްދުގައި ތާށިވި އެހެން ބޯޓުތަކުގައި ވެސް ރާއްޖެ އަށް ރޯދަ އަށް ގެންނަ ވަރަށް ގިނަ އަދަދެއްގެ މުދާ ހިމެނޭ ކަމަށެވެ. ހަފުތާއެއްހާ ދުވަހު ބޯޓު ތާށިވެފައި އޮތުމަށް ފަހު އިއްޔެ ދޫކޮށްލުމާ އެކު އެހެން ބޯޓުފަހަރު ވެސް ވަނީ ބަނދަރުތަކަށް މިސްރާބު ޖަހައިފަ އެވެ.
"މިހާރު މިވީ ގޮތުން ހުރިހާ ބޯޓެއް ވެސް ބަނދަރުތަކަށް އެއްފަހަރާ ދާނެތީ އޭގެ ލަސްކަމެއް އުޅެފާނެ. ނުވަތަ ކޮންމެވެސް ވަރަކަށް އާންމު ހާލަތުގައި ނުވާ ކަންކަން ދިމާވެދާނެ. އެކަމަކު އަޅުގަނޑުމެންނަށް އޮތް ޔަގީންކަމަކީ ރޯދައިގެ ކުރިން މުދާ ލިބޭނެކަން،" ޝިޕިން އެޖެންޓަކު ވިދާޅުވި އެވެ.
ރާއްޖެ އަށް ޔޫރަޕާއި ބްރެޒިލް އާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުން އެތެރެކުރާ މަހުގެ ބާވަތްތަކާއި ވަރަށް ގިނަ އަދަދެއްގެ ކާބޯތަކެތި ރާއްޖެ ގެންނަނީ ސުވޭސް ކެނަލް ހުރަސްކޮށްގެން ދަތުރުކުރާ ބޯޓުފަހަރުންނެވެ.
މާލޭ ބާޒާރުމަތީގައި އެންމެ ފުޅާކޮށް ހޯލްސޭލް ކުރާ ލިލީން މިއަދު ބުނީ، ރޯދަ އަށް ބޭނުންވާ ހުރިހާ ސާމާނެއް މިވަގުތު އެބަހުރި ކަމަށެވެ.
"ތާށިވި ބޯޓުފަހަރުގައި ވެސް މުދާ ހުންނާނެ. އެކަމަކު އޭގެ ދަތިކަމެއް އަދި ނެތް،" އެތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެކްސްޓް
30 March 2021
އަގު އުލޭނެ މުދާ ލިބުނަސް ނުލިބުނަސް
ޢިމާދު ހަސަން
30 March 2021
އިސްމާޢީލް މިހާރު ވަރަށް ހަރަކާތްތެރިކޮށް ލިޔުންތައް ލިޔުއްވަން ފައްޓަވައިފި ކަމަށް ފެނެއެވެ.މިއީ އަނެއްކާ ކޮންކަހަލަ ބަދަލެއްބާވައެވެ.އިސްމާޢީލް މިހާރު ލިޔުއްވަމުން މިގެންދަވާތަން މިފެންނަނީ ނޫސްވެރިކަމުގެ އެންމެ ޒުވާން ދުވަސްވަރުގެ މަސައްކަތްތަކެވެ.އިސްމާޢީލްއަކީ ކުޅަދާނަ އަދި "ބާރާއި ވަރު" ހުރި ލިޔުންތައް ލިޔުއްވައި ކަންކަމަށް ބަދަލުގެނުވާފަދަ ލިޔުއްވުން ލިޔާ ލިޔުންތެރިއެކެވެ.އަބަދުމެ ކާމިޔާބީއަށް އެދެމެވެ.
ބަބުރަންޖީ ހާޖީ
30 March 2021
އެހެންވީމާ މިފަހަރު ރޯދައަށް މުދާއަގުބޮޑުކުރެވޭނެގޮތެއްް ނޯންނާނެތާ!
ޒީރޯ
30 March 2021
ބަލަންތިބެމާ
އަގު
30 March 2021
އަގު ބޮޑުވާނެކަންވެސް ޔަގީން
ކިއްޓޭ
30 March 2021
ބާޒާރުމައްޗަށް ބަލާލުމުން އެގޭ ރޯދަމަހަށް އެއްވެސް ބާވަތެއް މަދުނުވާނެކަން. މިހާރުވެސް ބޭނުންވާ ގިނަމުދާ އތެރެކުރަމުންދަނީ އަދި އައްނަވެސް އެބަހުރި މުދާ ދެން އިންޑިޔާއިން ގަވާއިދުން މުދާ އައްނަކަމުގައިވާނަމަ އެއްވެސް ދައްޗެއް ނުވާނެ.
ހޭވިހަޑި
30 March 2021
އެސްޓީއޯއިން ވެއްޖެއްނު ސަންފްލާވާ އޮއިލް ރާއްޖެގެނެސް މިހާރަށްވުރެ އަގުހެޔޮކޮށް ވިއްކައިދޭން. މީގެ ދެތިންމަސްކުރިން 275ރ ގަތް ތެޔޮ މިހާރު އުޅެނީ 380 އާއި 450 އާއި ދޭތެރޭ. މީ ދެން ބޮޑުވަރު އަގުބޮޑުކޮށްލިޔަސް. ދެންވެސް އެސްޓީއޯގެ މިހާރުގެ ބޮޑުން ބުނަންވީ އެސްޓީއޯއިން ވީ މިކަންކަމުން ދުރުވާށޭ. ބުނަންތަ ވާހަކައެއް. އެސްޓީއޯއިން ތިކަންކަމުގެތެރޭގާ އުޅޭތީ މިވަރުންވެސް މިދަނީ. އެކަމަކު އެސްޓީއޯއިން ރޯދައަށް ގެންނަ ބިހާ އަލުވި ފިޔާ ކުނިވަނީ ކީތްވެތަ؟
ރަދީފްއޮފިޝިއަލް
30 March 2021
["އެވަގިވަން" ތާށިވުމާ އެކު، އެ ސަރަހައްދުގައި ތާށިވި އެހެން ބޯޓުތަކުގައި ވެސް ރާއްޖެ އަށް ރޯދަ އަށް ގެންނަ ވަރަށް ގިނަ އަދަދެއްގެ މުދާ ހިމެނޭ ކަމަށެވެ.] މިއިބާރާތް ކުރިން ލިޔުނު ހަބަރުތަކުން މަދުވުމުގެ ސަބަބުން ހުރިހާ ދިވެހީންގެ ނުރުހުން އަމާޒުވީ އެއްކަލަ ބިޔަ ބޮޑު ފުޅާ އެވަގިވަންއަށް.އަސްލު އެވަގިވަންގަ ރާއްޖެއަށް ގެންނަ އެއްވެސް މުދަލެއް ނެތް.ނަމަވެސް މުސްތަގްބަލުގަ ގެންނާނެ މުދާ އުފައްދާނެ ރޯ މެޓީރިއަލްސް ހުރުން އެކަށީގެންވޭ.ވ.ވެދުން