ލޮރީއަކުން ބިސް ކޭސްތަކެއް ބާލަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
31 މާޗް 2021 - 13:08
އެސްޓީއޯ އިން ކުރިއަށް އޮތް ރޯދަމަހަށް ޚާއްސަ ކޮށްގެން، ފިޔާ އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސް އަގުހެޔޮ ކޮށްފި އެވެ.
އެ ކުންފުނިން ގެނައި މި ބަދަލާއެކު މިހާރު ފިޔާ ކިލޯއެއް ލިބޭނީ 9.50ރ. އަށެވެ. ބިހެއް 1.40ރ. އަށް ލިބޭއިރު އަލުވި ކިލޯއެއްގެ އަގަކީ ނުވަ ރުފިޔާ އެވެ.
އެސްޓީއޯ އިން ރޯދަމަހަށް ޚާއްސަ ކޮށްގެން ބިސް ކޭހެއް ވިއްކާނީ 265ރ. އަށެވެ. އަލުވި ބަސްތާއެއްގެ އަގު އުޅެނީ 185ރ. ގަ އެވެ. ފިޔާ ބަސްތާއެއް ވިއްކާނީ 200ރ. އަށެވެ.
Perishables new stock will now be available for Wholesale & Retail 😊 pic.twitter.com/So91UAt13D
— STO Supermart (@sto_supermart) March 30, 2021
ފިޔާ އަލުވި އަދި ބިސް އަގުހެޔޮ ކުރިކަން އަންގައި އެސްޓީއޯއިން ކުރި ޓްވީޓެއް--
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށްގެން ވެސް އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮ ކުރެ އެވެ. މީގެ ސަބަބުން ބާޒާރުގައި ވެސް މި ތަކެތީގެ އަގު ކޮންޓްރޯލް ކުރެވެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފަށާނީ އަންނަ މަހުގެ 13 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޭވިހަޑި
31 March 2021
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށްގެން ވެސް އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮ ކުރެ އެވެ. މީގެ ސަބަބުން ބާޒާރުގައި ވެސް މި ތަކެތީގެ އަގު ކޮންޓްރޯލް ކުރެވެ އެވެ. ތިހުރިހާ ކަމެއް އެނގިހުރެ ކީތްވެތަ ދާއިމީކޮށް ރައްޔިތުންނަށް އަގުހެޔޮކޮށް ތަކެތި ލިބޭނޭގޮތް ހަދާނުދެވެނީ. މިހާރު ތެލުގެ އަގުވެސް އިންތިހާއަށް ބޮޑުވެއްޖެ. ކީތްވެތަ މިކަންކަމަށް ސަމާލުކަމެއް ނުދެވެނީ.
ބާބްރީ
31 March 2021
ދެން ތިހުރިހާ އެއއްޗެއް ބަންގާޅީން ފޮނުވައިގެން ކިޔޫގައި ޖައްސައި ފިހާރަތަކަށް ކަމާލްކޮށްލާ. އެލިބުނީ ހެޔޮއަގުގައި ރައްޔަތުންނަށް.
ރަދީފްއޮފިޝިއަލް
31 March 2021
ރޯދަމަހު އެކަނިތަ އަގުހެޔޮކުރެވެނީ؟ ބަޔަކު ބީތ ވެދާނެ.