މެކްބުކް އެއާއެއް--
04 އެޕްރީލް 2021 - 17:24
އެޕަލް އިން އެންމެ ފަހުން ނެރުނު އައިޕެޑް ޕްރޯ އާއި މެކްބުކް އެއާ އަދި މެކްބުކް ޕްރޯ ޕްރީއޯޑަރަށް އުރީދޫން މިއަދު ހުޅުވާލައިފި އެވެ.
އެ ކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް މި ތަކެތި ޕްރީއޯޑަރަށް ހުޅުވާލިއިރު މި ތަކެތި ގަތުމަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ޕޭމަންޓު ހެދޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އޯޑަރު ކުރާ ތަކެތި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.
އުރީދޫން ބުނީ މޫލީ މެދުވެރިކޮށް މިތަކެއްޗަށް ޕްރީއޯޑާ ކުރާ ކަސްޓަމަރުންނަށް މި މަހުގެ މެދު ތެރޭގައި އެ ތަކެތި ލިބޭނެ ކަމަށެވެ.
- އައިޕެޑް ޕްރޯ (26ޖީބީ): 22،299ރ.
- މެކްބުކް އެއާ (512ޖީބީ): 22،599ރ.
- މެކްބުކް ޕްރޯ (512ޖީބީ) 32،199ރ.
މޫލީ މެދުވެރިކޮށް ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް އުރީދޫ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު.
05 April 2021
އައިޕެޑް ޕްރޯ ކަޑަ އެންމ 26 ޖީބީ އަކުން ނުވާނެ!
ނޫސް ކިޔާ މީހާ
05 April 2021
އާއްމު ފަރުދަކަށް އަތްލެވޭވަރެއްނޫން ކިތައްމެ ބޭނުންވިޔަސް ދޯ
ސިކުނޑި
05 April 2021
ޑޮލަރު ލިމިޓް ކުރީމާ މިމީހުން އޭގެ ފައިދާ ނަގަނީތާއެވެ. އެހެންޏާ އެކަމެއްކުރީ ދިވެހީން އަގުހެޔޮކޮށް ވިޔާފާރި ކުރާތީއެވެ. ޑޮލަރުގެ އަގު 16 ރުފިޔާގެ ރޭޓުން ބެލިޔަސް 17 ހާސް ރުފިޔާއަށް އައިޕެޑް ޕްރޯއެއް އަމިއްލަ ބޭނުމަށް ގެނެވޭނެއެވެ. ޑޮލަރުން ކުރާ ވިޔާފާރީ ލިމިޓް ކުރުމުގެ ބަދަލުގައި އަމިއްލަ ބޭނުންތަކަށް ގެންނަ އެއްޗެހިން ޑިއުޓީ ނެގިޔަސް މިއަށްވުރެ ރަނގަޅުވާނެ!
އެޕުސުޓޯ
04 April 2021
ނުވަހާސް ރުފިޔާގެ ފައިދާއެއް ލާފަ ދޯ، މަދުވާނެ