ދުނިޔެ / ސުއޭޒް ކެނަލް

ސުއޭޒް ކެނަލް ބަންދުވުމުގެ ބަދަލަށް އެއް ބިލިއަން ޑޮލަރު ހޯދަނީ

ސުއޭޒް ކެނަލް އޮތޯރިޓީން ބުނެފައި ވަނީ ގެއްލުމުގެ ބަދަލަށްވާ ފައިސާ ދެއްކުމުން ނޫނީ އެމްވީ އެވަ ގިވަން މިހާރު އޮތް ތަނުން ފުރުމުގެ ހުއްދަ ނުދޭނެ ކަމަށް.

އެމްވީ އެވަ ގިވަން ފުންކޮށްގެން ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ގާހިރާ (އެޕްރީލް 5) - ސުއޭޒް ކެނަލް ބަންދުވުމުން ލިބުނު ގެއްލުމުގެ ބަދަލަށް އެއް ބިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކެނަލް އޮތޯރިޓީން ފަށައިފި އެވެ.

ޓައިވާނުގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ އެމްވީ އެވަ ގިވަން ސުއޭޒް ކެނަލްގައި ހުރަސްވެ އެ ކެނަލް ބަންދުވި ހަފުތާއެއްހާ ދުވަސްތެރޭ 400 އަށް ވުރެ ގިނަ ބޯޓުގެ ދަތުރަށް ހުއްޓުން އެރި އެވެ. އެވަ ގިވަން ފުން ކުރުމަށް ފަހު މިހާރު އޮތީ ސުއޭޒް ކެނަލްގެ މެދުގައި އޮންނަ ގްރޭޓް ބިޓަ ލޭކުގަ އެވެ.

މިސްރުގެ އަމިއްލަ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ސުއޭޒް ކެނަލް އޮތޯރިޓީ (އެސްސީއޭ) ގެ ޗެއާމަން އުސާމާ ރާބީ ވިދާޅުވީ ގެއްލުމުގެ ބަދަލު ދިނުމުން ނޫނީ އެވަ ގިވަން މިހާރު އޮތް ތަނުން ފުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. ރާބީ ވިދާޅުވީ އެވަ ގިވަން ފުން ކުރުމުގައި 800 ވަރަކަށް މީހުން ހަރަކާތްތެރިވި ކަމަށާއި އެ އެންމެންނަށް އިނާމު ދޭނެ ކަމަށެވެ.

އެވަ ގިވަންގެ ޓެކްނިކަލް މެނޭޖާސް ބާނާޑް ޝިޕްމެނޭޖްމަންޓް އިން ބުނީ ތަހުގީގުން މިހާތަނަށް އެނގުނު ގޮތުގައި ބޯޓުގެ ކޮންޓްރޯލް ގެއްލި ހުރަސްވީ ގަދަ ވައިގެ ސަބަބުން ކަމަށެވެ. ބޯޓަށް އެއްވެސް މެކޭނިކަލް މައްސަލައެއް ނުވަތަ އިންޖީން ހުއްޓުން ފަދަ ކަމެއް ދިމާ ނުވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ރާބީ ވިދާޅުވީ ބޯޓު ހުރަސްވުމުގެ ސަބަބަކީ ވައިގަދަވުން ނޫން ކަމަށެވެ. އެއީ ޓެކްނިކަލް ނުވަތަ އިންސާނުންނަށް ހެދުނު ގޯހަކުން ހިނގި ހާދިސާއެއް ކަމަށް ރާބީ ތުހުމަތު ކުރައްވަ އެވެ.

"މޫސުން ގޯސްވުމުގެ ސަބަބުން ދުވަހަކު ވެސް ސުއޭޒް ކެނަލް ބަންދުކޮށްފައެއް ނުވޭ،" ރާބީ ވިދާޅުވި އެވެ.

ބޯޓު ހުރަސްވީ ކެނަލް ހަނިވުމުގެ ސަބަބުން ކަމަށް ބުނާ ވާހަކަތައް ވެސް ރާބީ ވަނީ ދޮގުކުރައްވައިފަ އެވެ. ސަބަބަބީ ވަރަށް ބޮޑެތި ބޯޓު ފަހަރު ވެސް އެ ކެނަލް ހުރަސްކޮށްފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކެނަލް ބަންދުވި ކޮންމެ ދުވަހަކު މިސްރަށް 12-15 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް އެސްސީއޭ އިން ވަނީ ބުނެފަ އެވެ.

ސުއޭޒް ކެނަލްގައި ހުރަސްވި މެގަ-ކޮންޓެއިނާ ބޯޓުގެ ސަބަބުން ދުވާލަކު ގާތްގަނޑަކަށް 9.6 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފައިވާ ކަމަށް ޝިޕިން ޑޭޓާ އިން ވަނީ ދައްކައިފަ އެވެ. އޭގެ މާނައަކީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވާލަ ދޭ ކަނޑުއޮޅީގައި ގަޑިއަކު 400 މިލިއަން ޑޮލަރުގެ ވިޔަފާރި ހިފެހެއްޓިފައިވުމެވެ. އަދި ގަޑިއަކު 3.3 މިލިއަން ޓަނުގެ މުދާ ހިފެހެއްޓިފައި ހުރުމެވެ. މިނިޓަކަށް ބަލާ ނަމަ އެއީ 6.7 މިލިއަން ޑޮލަރުގެ ހިފެހެއްޓުމެކެވެ. ލޮއިޑްސް ލިސްޓުގެ ޝިޕިން ޑޭޓާ ދައްކާ ގޮތުން ކެނަލްގެ ހުޅަނގަށް ދަތުރުކުރާ އުޅަނދުތަކުގައި ވަނީ ގާތްގަނޑަކަށް ދުވާލަކު 5.1 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފަ އެވެ. އިރަށް ދަތުރުކުރާ ޓްރެފިކުގައި ވަނީ 4.5 ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓިފަ އެވެ.

ހިސާބުތައް ދައްކާ ގޮތުން ސުއޭޒް ކެނަލުން ކޮންމެ ދުވަހަކު ވެސް ތިން ބިލިއަން ޑޮލަރުގެ މުދާ ބޯޓު ފަހަރުގައި އުފުލަ އެވެ. އަދި 1.74 މިލިއަން ފީފާ ތެޔޮ އެ ކެނަލުން ކޮންމެ ދުވަހަކު ވެސް ގެންދެ އެވެ.

ސަތޭކަ ނުވަދިހަ ތިން ކިލޯމީޓަރު (120 މޭލު) ގެ ދިގު ކެނަލް އިން ދުނިޔޭގެ ވިޔަފާރި މުދަލުގެ 12 ޕަސެންޓް ކޮންމެ ދުވަހަކު ވެސް އުފުލަ އެވެ. ކޮވިޑުގެ ކުރިން ވަނީ މިސްރުގެ ޖީޑީޕީގައި ސުއޭޒް ކެނަލުން ލިބޭ އާމްދަނީ ދެ ޕަސެންޓް ހިއްސާކޮށްފަ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސާ އަންވަރުގެ ބީބީ

05 April 2021

ރާއްޖޭގާ އެއްޗެހި އަގުބޮޑުވެއްޖިއްޔާ އަހަރެމެން ސުއޭޒުކެނަލާދެކޮޅަށް މައްސަލަ ކޯޓަށްވައްދާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454