ވިޔަފާރި / އެމްޕީއެލް

ރޯދަމަހު މުދާ ކްލިއާ ކުރުމުގައި ދައްޗެއް ނުވާނެ: ޝާހިދު

މިއަދު ބޭއްވި ނޫސްވެރިންގެބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު (މ) މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އަންނަ ހަފުތާގައި ފަށާ ރޯދަ މަހަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ކްލިއާ ކުރުމުގައި ދަތި ނުވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި ރޯދަ މަސް ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.

އެ މަހަށް އެމްޕީއެލުން ވާ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި މީޑިއާ ބްރީފިންއެއްގައި ޝާހިދު ވިދާޅުވީ، މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ރޯދަ މަހަށް ގެންނަ މުދާ އިތުރު ކަމަށެވެ. ނަމަވެސް ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެމްޕީއެލުން ވަމުން އައި ތައްޔާރީތަކާއެކު، މުދާ ބޭރުކުރުމުގައި ހުރި ދަތިތަކަށް ހައްލު ލިބޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލުން ވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ކާގޯ އޮޕަރޭޝަނަށާއި ކްލިއަރެންސަށް ބޭނުންވާ މުވައްޒަފުން އިތުރުކޮށް، މުދާ ބޭރުކުރުމުގައި ބޭނުންކުރާ އުޅަނދުތައް މަރާމާތު ކޮށްފަ އެވެ. ކާގޯ ބާލާ ސަރަހައްދުގެ ޕޭވްމަންޓު ހަލާކުވެފައި އޮތުމުގެ ސަބަބުން އެތަން ވެސް މިހާރު ވަނީ މަރާމާތުކޮށް ނިންމާލައިފަ އެވެ.

ޝާހިދު ވިދާޅުވިގޮތުގައި ފާއިތުވި އަހަރުތަކުގައި ރޯދަ މަހު އެންމެ ބޮޑަށް ދިމާވާ ދައްޗަކީ މުދާ ބޭލުމަށް ފަހު ރައްކާ ކުރާނެ ޖާގަ މަދުވުމެވެ. ނަމަވެސް މި އަހަރު އެ މައްސަލަ އަށް ވެސް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުދާ ބާލާފައި ގުދަނުގައި ސްޓޯ ކުރާއިރު ޖާގައިގެ ދަތިކަން ވެސް އެބަ އާދޭ ހާއްސަކޮށް ރޯދަ މަހާ ދިމާކޮށް. އެހެންވެ މިހާރު އަޅުގަނޑުމެން ވާނީ ވަގުތީ ގޮތުން އިތުރު ސްޓޯރޭޖެއް ހަދާފައި. މިވަގުތު އިންނާނެ އިތުރު ދެ ކޮންޓެއިނާ އެތަނަށް އެލޮކޭޓުކޮށް، ގުދަން ފުރޭ ކަމަށް ވަންޏާ އެ ދެ ކޮންޓެއިނާ ތެރޭގައި ވެސް މުދާ ސްޓޯ ކުރެވޭ ގޮތް ހަދާފައި،" ޝާހިދު ވިދާޅުވި އެވެ.

ޕޯޓު ސަރަހައްދުގައި ކޮންޓެއިނާތައް ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރޯދަ މަހު އެމްޕީއެލުގެ މަސައްކަތުގެ ރަސްމީ ގަޑިތައް ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ރޭގަނޑު 9:00-10:30 އަށެވެ. ނަމަވެސް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާ ކުރަން ޖެހިއްޖެ ހާލަތެއްގައި ބަންދު ދުވަސްތަކުގައި ވެސް އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ބޮޑަށް ހަލާކުވާ ކަހަލަ ކާބޯތަކެތި ހިފައިގެން ބޯޓެއް އައިސްފި ކަމަށް ވަންޏާ ބަންދު ދުވަހަކަށް ވިޔަސް އިތުރު ގަޑި އަށް މުވައްޒަފުން ނެރެގެން މުދާ ބޭލުމާއި މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. ރޯދަ މަހުގެ ތެރޭގައި ވެސް މިގޮތަށް ކަންތައް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

މުދާ އަވަހަށް ކްލިއާ ކުރުމަށް ހުޅުމާލެ ޕޯޓަށް މުދާ ގެންދިއުމުގައި ވެސް އެމްޕީއެލުން ވަނީ ވިޔަފާރިވެރިންނަށް ލުއިތަކެއް ދީފަ އެވެ. ހުޅުމާލެ އަށް މިހާރު މުދާ ގެންދާ އަގު ވަރަށް ބޮޑުތަނުން ކުޑަ ކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލުން އަންނަނީ މި ރޯދަ މަހަށް ހާއްސަ ކޮށްގެން މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންނާއި ޑްރައިވަރުން މަޑުކުރާ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ތަނުގެ މަތީ ބައި އޭސީކޮށް، ނަމާދު ކުރެވޭ އިންތިޒާމު ހަމަޖައްސާއިރު ތިރީ ބައިގެ މަރާމާތުތަކެއް ވެސް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީޒްލީ

06 April 2021

މިމީހަކު ސަރުކާރުގެ ކުންފުނީގެ މަތީ ފަޑިއަށް ލައިގެން އެއްކަމެއް ވެސް ވާތަން ނުފެނޭ! އެސްޓީއޯގަ ހުރިއިރު ހޮޓަލެއް ހަދާށޭ ކިޔާފައި ހުޅުމާލޭގައި ޙަރަދު ދަންތުރައެއް ޖަހިގޮތަށް އަދިވެސް އޭތި ނުނެއްޓިގެން އެއުޅެނީ! މިހާރު އެމްޕީއެލްގަ ހަމަ އެފަދަ އެއްކަމެއް ވެސް ރަގަޅުވަނީކީއެއް ނޫން!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

06 April 2021

ތިހެން ބުނާނެ.އެކަމަކު ބާޒާރުން މުދާ ގަންނަން ދިޔައީމަ ސޭޓުން ބުނާނެ ބަނދަރުން ނުރެވިގެންނެ މިއުޅެނީ.ބޯޓު ކާރީ ނުކުރެވޭ ، ބޯޓުގެ ނަގިލީގެ އެއްބައި ނެތޭ ، އެމްޕީއެލްގެ ފޯކްލިފްޓް ހަލާކުވެފައޭ.މިފަދަ އެތައް ބަހަނާއެއް.ދެން މަމެން ތިބެނީ ހަމްދުކޮށްލައިގެން އިސްދަަށަށް ޖަހައިގެން ފަިހާރައިން ނިކުމެގެން ދަނީ.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454