އެމްޓީސީސީގެ ސީއީއޯ އާޒިމް (ކ) އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް (ވ) މީމު އެއާޕޯޓުގެ މަސައްކަތް ފައްޓަވައިދެއްވަނީ-- ފޮޓޯ: އެމްޓީސީސީ
06 އެޕްރީލް 2021 - 13:41
މ. މުލީގައި ތަރައްގީކުރާ "މީމު އެއާޕޯޓު"ގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއާޕޯޓުގެ މަސައްކަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަނެވެ.
މިއަދުގެ ރަސްމިއްޔާތުގައި މުލީ ކައުންސިލް ރައީސް އަހުމަދު ޝާތިރާއި މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން އެމްޓީސީސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މީމު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މި ދިޔަ ފެބްރުއަރީ މަހުގެ 28ގަ އެވެ. އެއީ 221 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓު ހެދުމަށް 14 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މި އެއާޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއްގެ އިތުރުން ޓެކްސީވޭއަކާއި އޭޕްރަނެއް ހަދާ ގޮތަށް ވަނީ ނިންމައިފަ އެވެ.
މި މަޝްރޫއުގެ ދަށުން 1،812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.
މި އެއާޕޯޓުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ލަފާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގަ
06 April 2021
މިގައުމު ތަރައްގީވާނެ ކޮންމެ އަހަރު އިންތިހާބެއް އޮންނަނަމަ
ރަދީފްއޮފިޝިއަލް
06 April 2021
ސާބަހޭ އާޒިމް.މުޅި ސަރުކާރު ރައްޔަތުންގެ ކުރިމަތީގަ އިތުބާރު ނުގެއްލި އޮތުމުގެ އެންމެ ފުރިހަމަ ދައުރެއް އަދާކުރާ އެއްތަނަކަށް ވެފައި މިއޮތީ އެމްޓީސީސީ.އާޒިމް އަދި ނާޒިމް ވެސް އެއީ ހިންގުންތެރި އަދި ކަަންކަމުގެ ވައްޓަފާޅި ދަންނަ ގާބިލް ދެބޭފުޅުން.އާޒިމް އެއީ ހިކްމަތްތެރި ލީޑަރެއް.މިފަދަ 6 ވަރަކަށް ''އާޒިމް'' ލިބޭނެނަމަ ފަތު އަޑުކިޔާފަ މެގަ މެސިވް ޕްރޮޖެކްޓްތައް ސަރުކާރަށް ހިންގޭނެކަން ކަށަވަރު.ތޭންކްސް ޓީމް އެމްޓީސީސީ.ވ.ވެެދުން
ކޮރަލް
06 April 2021
އިންތިހާބައް ހަފްތާ އަކަށް ވިމަ ދެން ވޯޓެއްނުދެވޭނެ އެވެ. ކަންކަން ކޮށްފަ ވޯޓް ހޯދަން އަންނަން ވީ އެވެ.