ޮމޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޮފީސް. އެކުންފުނިން ވަނީ ހިއްސާއަކަށް 1.2ރ. ބަހަން ނިންމައފަ..ފައިލް ފޮޓޯ:މިހާރު
26 އެޕްރީލް 2021 - 13:26
ހިއްސާއަކަށް 1.2ރ. ބަހަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުން ނިންމައިފި އެވެ.
އެމްއައިބީގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގަ އެވެ. ބޯޑުގެ ނިންމުމުގައި ވާ ގޮތުން އެ ކުންފުނީގެ ފައިދާގެ ތެރެއިން 27.5 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ. އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު ދަށްވީ ކޮވިޑާ ގުޅިގެން ކުރިމަތި އިގްތިސާދީ ގޮންޖެހުންތަކާ ގުޅިގެންނެވެ.
މިދިޔަ އަހަރު އެކުންފުނިން ބަހަން ނިންމީ 1.58ރ. ބަަހަން ވަނީ ނިންމައިފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 35.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ބޯޑުގެ މި ނިންމުން ފާސް ކުރާނީ އެމްއައިބީގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި މިހާތަނަށް އިއުލާނުކޮށްފައެއް ނުވެ އެވެ.
އެމްއައިބީން ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރީ 2019 ވަނަ އަހަރު އެވެ. އެ ކުންފުނިން 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކައިފައިވެ އެވެ. މިއީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. މިއީ ބޭންކްގެ ހިއްސާއިން ބަލާ ނަމަ 31 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy