ލައިފްސްޓައިލް / އިޓަލީ

އެކަނި އުޅުނު ރަށް 32 އަހަރު ފަހުން ދޫކޮށްލަނީ

އިޓަލީގެ ސާޑީނިއާގެ އައްސޭރިފަށާ ދިމާލުން އޮންނަ ކުޑަކުޑަ ރަށެއް ކަމަށްވާ ބުޑޭލީގައި 32 އަހަރު ވަންދެން އެކަނި އުޅުނު މީހާ އެ ރަށް ދޫކޮށްލަން ނިންމައިފި އެވެ.

އެ ވާހަކަ ފޭސްބުކްގައި ހާމަކޮށް މައުރޯ މޮރާންޑީ، 81، ބުނީ "ރަށް ދޫކޮށްލަނީ" ކަމަށާއި "އަހަރެން ނެތަސް، އެ ރަށް ހިމާޔަތްކުރަން ބައްތިރީސް އަހަރު ވަންދެން ކުރި މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަމަހައްޓާނެ ކަމަށް އުންމީދުކުރާ" ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި ރަށް ދޫކޮށްލަން މަޖުބޫރުވީ ކުރިމަތިކުރަނުންދާ ފިއްތުންތަކާ ހެދި އެވެ. ރަށުން މޮރާންޑީ ފޭބުމަށް އެކި ފަހަރުމަތިން އޭނާ އަށް އިންޒާރު ވެސް ދީފައިވެ އެވެ.

އެކަނިމާއެކަނި ފަޅު ރަށެއްގައި އުޅޭތީ މޮރާންޑީގެ ވާހަކަ އާންމުންގެ ތެރޭގައި ދެކެވެނީ އިޓަލީގެ "ރޮބިންސަން ކްރޫސޯ" ގެ ގޮތުގަ އެވެ.

ކުރިން ކިޔަވައި ދިނުމުގެ މަސައްކަތުގައި އުޅުނު މޮރާންޑީ، ބުޑޭލީ އަށް ދިރިއުޅުން ބަދަލުކުރީ 1989 ގަ އެވެ. އޭގެ ފަހުން އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އޮތީ އެތަނުގަ އެވެ، ފޫހިކަމެއް އެކަނިވެރިކަމެއް އިހުސާސްވުމެއް ނެތި އެވެ.

È una 20ina di anni che lotto contro chi mi vuole mandare via, anche se sostenuto , psicologicamente e non solo da...

Posted by Mauro Morandi on Sunday, April 25, 2021

"އެ ރަށް ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އަހަރެންގެ ހިތް އެތަނަށް ޖެހިއްޖެ. އެހެންވެ ބޭނުންވީ އެތަނުގައި އުޅެން،" މޮރާންޑީ ބުންޏެވެ.

އެހެންވެ އެ ރަށަށް ދިރިއުޅުން ބަދަލުކުރީ އެ ދުވަސްވަރު އެ ރަށާ ހަވާލުވެގެން ހުރި މީހާ އެ ފުރުސަތު ދިނުމުންނެވެ. އޭގެ ފަހުން ބުޑޭލީ އަކީ މޮރާންޑީ އެވެ. މޮރާންޑީ އަކީ ބުޑޭލީ އެވެ. ނަމަވެސް 2015 ވަނަ އަހަރު ރަށުގެ އޯނަޝިޕް ވަނީ ލަ މަޑެލާނާގެ ނެޝަނަލް ޕާކަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ދީފަ އެވެ.

އޭގެ ފަހުން މޮރާންޑީ ރަށް ދޫކޮށް ދިއުމަށް އެތައް ފަހަރަކު އަންގާފައިވެ އެވެ. އެކަމަކު ރަށް ދޫކޮށް ދާން ބޭނުން ނުވެ، އޭނާ އެ ރަށުގެ މިލްކުވެރިކަން ހޯދޭތޯ ވެސް ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު އެކަންވީ ނާކާމިޔާބެވެ.

މޮރާންޑީ ބުނި ގޮތުގައި އޭނާ އަށް ރަށް ދޫކޮށްލަން ޖެހިފައިވާތީ އެތަނުގެ ކުރިމަގާ މެދު މިހާރު ކަންބޮޑުވެ އެވެ. މޮޑޭލީ އޭނާ ސިފަކުރަނީ އަމިއްލަ މަސައްކަތުން ދެމެހެއްޓި "އެންވަޔަރަމަންޓަލް އޮބްޒަވޭޓަރީއެއް" ގެ ގޮތުގަ އެވެ.

"އެތަނަށް ދާ ބައެއް މީހުން ކުނިއަޅައި ރަށް ހަޑިކޮށް ގޮނޑުކުރުން ފަދަ ކަންކަން ކުރުމަކީ އަހަރެން އަމިއްލަ އަށް ތަޖުރިބާކޮށްފައި ހުރި ކަންކަން. އަދި ރަށް ސާފު ރީތި ރަށެއްގެ ގޮތުގައި ދެމެހެއްޓީ އަހަރެންގެ މިންނެއް މަސައްކަތުން،" މޮރާންޑީ ބުންޏެވެ. "އެކަމަކު ދެން އެވަރުކޮށްލާނެ މީހަކު ވެސް ނުހުންނާނެ."

އޭނާ އަށް ރަށް ދޫކޮށްލަން މަޖުބޫރުވެފައިވާތީ ހެޔޮއެދޭ ގިނަ ބަޔަކު މިހާރު އަންނަނީ ބުޑޭލީގައި މޮރާންޑީ އަށް ހުރެވޭނެ ގޮތް ހަދައިދޭން ގޮވާލައި ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ. އޭގައި މިހާތަނަށް 75،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

އެކަމަކު މޮރާންޑީ ދެން ހުރީ ކުރިމަތިކުރި ފިއްތުންތަކާ ހެދި ދެން އެ ރަށުގައި ދިރިނޫޅެން ނިންމައިގެންނެވެ.

އެހެންވެ އޭނާ އަށް ހެޔޮއެދޭ މީހުންނަށް ދިން މެސެޖަކީ ދެން ފެންނާނީ އަނެއްކާ ވެސް ރީތި އެހެން ދިމާލަކުން ކަމަށެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 90%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454