ޚަބަރު / ކޮވިޑް ވެކްސިން

އުމުރުން 16-18 އަހަރުގެ ކުދިންނަށް ދޭން ފައިޒާ ވެކްސިން ހޯދަނީ

"މަސައްކަތްކުރަމުން މި ދަނީ އިތުރަށް ފައިޒާ ވެކްސިންކޮޅެއް ހޯދޭތޯ، ގަންނަން ލިބޭތޯ. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ އެއީ 16-18 އަހަރާ ދޭތެރޭގެ މީހުންނަށް ޖެހުމަށް"

ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމްގައި، އުމުރުން 16-18 އަހަރާ ދެމެދުގެ ކުދިންނަށް ޖަހަން ފައިޒާ ވެކްސިން ގަންނަން ލިބޭތޯ ބަލަމުން އަންނަކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ނަސީމް ވިދާޅުވީ ކޮވިޑު-19 އާ ގުޅޭގޮތުން މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް އުޅެނީ 16 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. މި ފަހުން ވެސް އެ އުމުރުގެ ކުދިންތަކަކަށް ބަލި ޖެހިފައިވުމާއި ކޮވިޑުން ދިފާއުވުމަށް ވެކްސިން ނެތުމުން ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މި ދަނީ އިތުރަށް ފައިޒާ ވެކްސިންކޮޅެއް ހޯދޭތޯ، ގަންނަން ލިބޭތޯ. އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ އެއީ 16-18 އަހަރާ ދޭތެރޭގެ މީހުންނަށް ޖެހުމަށް. މިއީ ވަރަށް ވަލްނަރަބްލް ގްރޫޕެއް،"

ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިގެން މި ވަގުތު ޖަހާ ކޮވިޝީލްޑް އަދި ސައިނޯފާމް ދެނީ 18 އަހަރުން މައްޗަށެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެކަނި ރިޒާވްކޮށްފައިވާ ފައިޒާ ވެކްސިން 16 އަހަރުން މަތީގެ ކުދިންނަށް ވެސް ދެވެ އެވެ. އެހެންވެ، އެ އުމުރުގެ ކުދިންނަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ 16-18 އަހަރާ ދެމެދުގެ 12،000 ކުދިން އެބައުޅޭ ކަމަށެވެ.

"އެ ކުދިންނަށް ވެސް ވެކްސިން ޖެހިގެން [ކޮވިޑުން] ރައްކާތެރިވެވޭނީ،" ނަސީމް ވިދާޅުވި އެވެ.

"...ކުޑަކުދިން އުޅޭ ގޭގައި ކަމަށް ވަނީ ވިއްޔާ އެ ކުދިން ސަލާމަތްކުރުމަށްޓަކައި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ގޭތެރޭގައި އެޅުމަކީ ވަރަށް މުހިއްމު ކަމެއް. އެކަން އެގޮތަށް ކުރާނެ ކަމަށް، ކުރައްވާނެ ކަމަށް ހުރިހާ މައިންބަފައިން ކުރައްވާނެ އަޅުގަނޑު އުއްމީދުކުރަން. އެހަކަށް ދުވަހަކު 40 ކުޑަކުއްޖަކަށް ޖެހިއްޖެ. މިއީ ދެން ދެރަކަމެއް،"

ރާއްޖޭގައި މިހާތަނަށް 296،961 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު ދެ ވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 102،589 އަށް އަރަ އެވެ.

8 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

02 May 2021

2018 ގެ ފަހުން އެންމެ ގިނައިން އަޑުއިވޭ ބަސްތައް. ކުރަނީ، ހޯދަނީ، ވިސްނަނީ، ޕްލޭންކުރަނީ، ފަށަނީ،

The name is already taken The name is available. Register?

ގުބޯގުބޯ

02 May 2021

ކޮވެކްސް އިން ރާއްޖެ އަށް އެއްލައްކަ ފައިޒާ ޑޯޒް ލިބޭނެ ކަމަށް އިގޭ އިރު މީ ކޮންވާހަކައެއް. ޥެކްސިން ގަންނަނީ ގެސްޓުންނަށް ވިއްކަން.

The name is already taken The name is available. Register?

ޢަގު

02 May 2021

ގަތް އަގެއް ނޭގޭ. ޥެންޓިލޭާރ ދިޔަމަގުން ދާކަމެއް.

The name is already taken The name is available. Register?

ެއެބުނީ

02 May 2021

އިހަށްބަލާބަލަ ފައިސާދައްކާފަހުރި 700000 ޑޯޒު ގެނެވޭތޯ! ފޮނިކަނޑާނީ އޭގެފަހުން... ހުސް އަމީނު

The name is already taken The name is available. Register?

ނޫސް ކިޔާމީހާ

02 May 2021

ހޯދަނީ ، ކުރާނަން ، ކުރެވޭނެ.މި ލަފްޒުތައް މިއީ މި މީހުންގެ ދޫމަތީ ބަސްތަކަކަށް ހަދައިފި.ކުރީގެ ވެރިކަމުގައި ނިމިފައި ހުރިތަންތަން ހުޅުވުމާއި ، ކުރީގެ ވެރިކަމުގައި ނިމިފައި ހުރި ތަންތަނަށް ދެން ހަނދަންވީ ގޮތް ނޭނގުން ހިމެނޭ.ކޮވިޑް ގައި މިހާތަނަށް މި ސަރުކާރުން ހޭދަ ކުރި އެއްޗަަށް ވުރެ ބޭރިހެ އެހީ ގިނަ ނަމަވެސް ދައުލަތުގެ ފައިސާ ހުސްވެ ޗާޕްކޮށްފި އަދި އެހީތަކަށް ވީ ގޮތް ދެނެވޮޑިގެންވަނީ ﷲ

The name is already taken The name is available. Register?

ޖޮބޭ

02 May 2021

ތިޔަ މިނިސްޓަރަކީ މަކަރުވެރި ހީލަތްތެރި ޚިޔާނާތްތެރިއެއް. ޑެކުނުގެ ރަށެއްގައި ހިންގި ފެކްޓަރީއެްގެ މުސާރަ 100000ރުފިޔާ ހިފައިގެންް އެއަރ ޓެކްސީ ކުއްޔައް ހިފައިގެ އައި މީހާަ ތިޔައީ.

The name is already taken The name is available. Register?

ސަރުދާތު

02 May 2021

ހުސްވާހަކަ. މިމިނިސްޓްރީ މިހާރު އެއްކޮއް ބޮއްސުންލާފަ. ހުސްވާހަކަދައްކަމީ. މިތާގަ ކަމަކާ މަޝްވަރާކުރަން މީޓިންގ ގަނޑެއްވެސް ނުބާއްވާ. ތިބި ޓެކްނިކަލްމީގުން ކެނޑިގެންދާންފަށައިފި. މިނިސްޓަރ ހީވަނީ މަހުންލަފައިގެން މަސްބަހަން ހުންނަ ސަރުދާރުހެން. މުއައްޒަގުންނަށް ހަޅެލަވާ ހީވަނީ އެހެންފަދަކަމެއްހެން. ބަލަންތިބޭތި ކޮވިޑް ބޮއްސުންލައިގެން އަތްނުފޯރާހިސާބަށްދާނެ

The name is already taken The name is available. Register?

ސަިސި

02 May 2021

މީނަގެ ވާހަކަތަކުގަ އެއްވެސް އަމާޒެއް ނުހުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454