އެޓާނީ ޖެނެރަލް ރިފްއަތު: މަދަނީ އިޖްރައާތުގެ ބިލާ ގުޅޭގޮތުން ޖުޑިޝަރީ ކޮމެޓީން ދެއްކި ވާހަކަތަކަށް އޭޖީ އޮފީހުން ވަނީ ރައްދު ދީފައި --- ފޮޓޯ/މިހާރު
03 މެއި 2021 - 23:29
މަދަނީ އިޖުރައާތުގެ ބިިލުގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ބުނެފި އެވެ.
ރައީސް އޮފީހުން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް ވަނީ މަދަނީ އިޖްރައާތުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ލަސްވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީން ބުނެފައިވަނީ އެ ބިލްގެ މަސައްކަތް ލަސްވީ އެޓާނީ ޖެނެރަލްގެ އޮފީހުން އަމަލުކުރި ގޮތުން ކަމަށެވެ.
އެކަމާ ގުޅިގެން އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގައި އެކުލަވާލި މަދަނީ އިޖުރައާތުގެ ބިލްގެ ޑްރާފްޓް އެ އޮފީހަށް ލިބުނީ ނޮވެމްބަރު، 2019 ގައި ކަމަށެވެ. އެ އަހަރުގެ ތިން ވަނަ ދައުރު ނިމުމުގެ ކުރިން ބިލް މަޖިލީހަށް ފޮނުވަން ނިންމާފައިވާތީ ބިލްގެ ދިވެހި ޑްރާފްޓެއް އެކުލަވާލި ކަމަށާއި އެކަމަކު މަޖިލީހުގެ ތިން ވަނަ ދައުރު ނިމެން އޭރު ބާކީ އޮތީ ދެ ހަފުތާ ކަމަށް ބަޔާނުގައިވެ އެވެ.
އެހެންވުމުން އެ ބިލް މަޖިލީހަށް ހުށަހެޅިޔަސް، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ބިލް ފުރިހަމަ ކުރުމަށްޓަކައި މަޖިލީހާ ގުޅިގެން މިދިޔަ އަހަރު އެ އޮފީހުން މަސައްކަތްކުރި ކަމަށް ބަންޑާރަ ނައިނުގެ އޮފީހުން ބުނެ އެވެ. އެ މަސައްކަތް އޭރު ކުރީ ބިލުގެ ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިސްލާހުތައް ކޮމިޓީއާ ހިިއްސާކުރާ ގޮތަށް ކަމަށާއި އެކަމަކު އެގޮތަށް އަމަލު ކުރުން ރަނގަޅު ނޫން ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމުމުން އެ ބިލް އެއްކޮށް މުރާޖައާ ކުރުމަށް ފަހު މިދިޔަ އަހަރުގެެ ފަހުކޮޅު މަޖިލީހާ ހިއްސާ ކޮށްފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
އޭގެ ފަހުން ބިލްގެ ޚުލާސާއެއް ވެސް އެކުލަވައިލުމަށް ފަހު، މިދިޔަ މާޗް މަހުު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ. އެ ބިލުގެ މަސައްކަތަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދީފައިވާނެ ކަމަށް ސަރުކާރުގެ ބަޔާނުގައި ވެ އެވެ.
"އެ ކޮމެޓީގެ މަސައްކަތުުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވާނީ ދެމުން ގޮސްފަ އެވެ. އަދި ކުރިއަށް އޮޮތް ތަނުގައި ވެސް އެ ކޮމެޓީއަށާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ކޮމެޓީތަކަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެމުން ގެންދާނެ،" ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ މަދަނީ އިޖުރައާތުގެ ބިލުގެ ނަމުގައި މަޖިލީހަށް ސަރުކާރުން ފުރަތަމަ ފޮނުވީ ނުބައި ބިލެއް ކަމަށެވެ. އެކަން އެނގުނީ އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ކުރަމުން ގެންދަނިކޮށް ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމާ
04 May 2021
ޔާމީނުގެ އޭޖީވެސް އުޅުއްވިއެވެ. އެތެއްކަމެއް ކުރެއްވިއެވެ. ސްޕްރީމް ކޯޓްގައި ޓިނުނަގަންވެސް ލަފާފުޅު ދެއްވިއެވެ. އެހެރީ މިނިވަންކަމާއި އެކު ވެރިކަން ނިމިގެން އިހުނައްވުރެން ޕަވައްރައުވެރިކަމާއި އެކުއެވެ. ތިޔަމަގާމުތަކުގައި ވެޑުވިގެން ތިބެ ކުރާ ކަންކަމުގެ ޒިންމާ އަދާކުރަން ޖެހެނީ ރައްޔިތުންނެވެ. ބަދަލުދޭން ޖެހެނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. އެހެންވީމައި ތިޔަތާގައި ތިބެ ކޮންމެ ކަމެއްކުރިޔަސް ބަޔަކު ކުރާނެ ކަމެއް ވާނޭ ގެއްލުމެއްވެސް ނެތެވެ.
އާދަނުބެ
04 May 2021
މިރިއްފަތު މީ ވަރަށް ކަޑަ މީހެއް. މީނާގެ އަމިއްލަ މަސްލަހަތު ދަމަހައްޓަނީ
ލިބަރަލްޕާޓީ
04 May 2021
ވިޔަފާރިތަކާ ރައްޔިތުން ބިކަވެ ހަފުސްވެފައި ތިބި ދަނޑިވަޅުވެސް ބަދަލު ނެގުމަށް ރައީސް އޮފީހުގައި ނިއުސްކޮންފަރެންސް ބާއްވާ މުޅި މީޑިއާ ހިސާރުކޮށްގެން ވެސް 240 މިލިއަން ރުފިޔާ އަތުޖެހޭތޯ އަންބާކިޔާފައި
ބޯގޭންގް
04 May 2021
މަޖިލީހަށް ބިލު ލާފައި އޮތީ ގާނޫނުން ބަދަލު ނަގާން ސަރުކާރަށް ދައްކަނޖެހޭ ދަރަނިތައް ވެސް ދައްކަން ނުޖެހޭ ގޮތަށް ފަރުމާކޮށްފައި . އެމްއީއެސް އިމަރާތުގައި ހިންގަމުންދިޔަ މަންދުކޮލެޖް ހުސްކުރަން ނޯޓިސް ދިނީ އޭރުގެ އެޑިއުކޭޝަން މިނިސްޓރީން . ސަރުކަރުގެ އިމަރާތްތައް ސަރުކާރުން ބޭނުންވީމައި ހުސްކުރެވޭނެ.... މި ކަމާއި ގުޅިގެން 240 މިލިއަން ރުފިޔާގެ ބަދަލު ނަގަން ސަރުކާރުތެރޭގައި ތިބެ ނިންމުމަކީ ފޭރުމެކެވެ ޓެކުމެކެވެ
ރިހާބް
04 May 2021
ކޮންމެ ކަމެއް މިފެންނަނީ އެއް މުއައްސަސާއިން އަނެއް މުވައްސަސާއަށް ކަނޑާލާތަން..ޒިންމާ ނަގާނެ ބަޔަކުނެތް..ސިޔާސީ 2ޕާޓީއަށްވުރެ ކޯޅުން ގިނަ ދައުލަތުގެ މުއައްސަސާތަކުގައި..ކޮންމެ ބަޔަކު ވަކި ގައުމެއް ވަކި ގާނޫނެއް ގެންގުޅެނީ..
ޢިބޫ
04 May 2021
ތީ ދައުލަތުގެ ބަންޑާރަނައިބު، މަނިކުފާނު ހީކޮއްގެން ނުވާނެ ބުރޯ އެންޑޯޒް ކޮއްފަ ތިތާހުޓަކަސް ބޭނުންހާ ގޮތަކަށް ރައްޔިތުންގެ ފައިސާ ބަހާ ހުސްކުރެވޭނެކަމަށް، މިއަށް ވުރެ ގަޓު ރައީސެއް ދިވެހި ރައްޔިތުންނަ ލިބޭ ދުވަހަކުން ތިކަންތަ ބެލޭނެ.
ބަބުރަންޖީ ހާޖީ
04 May 2021
މީ ކޯޓުފަޓުލޫނުލައިގެން ހިނގާންހުންނަ މީހެއްތަ؟
ކަންމަތީ ޕާޓޭ
04 May 2021
އޮނަރަބަލް އިބްރާހީމް ޝިހާބު ފަދަ މުފައްކިރުން ފުރުއްވަމުން ގެންދެވި މަގާމެއް ތަޖުރިބާ މަދު ޒުވާނަކާއި ހަވާލުކުރުމުން އެއީ ދައުލަތް ދިފާއުކޮށްދޭން ހުންނަވަން ޖެހޭ ދައުލަތުގެ އެޓާނީ ޖެނެރަލް ކަމަށާއި ސަރުކާރު ދިފާއުކޮށްދިނުމަށް ރައީސް އޮފީހުގެ ފަރާތުން ބަސް ބުނަން ޖެހޭ ސަރުކާރުގެ ވަކީލެއް ނޫންކަން އޮޅޭ ދަރަޖައަށް ކަންކަން ހިގައިދާނެ. އެއް އާއިލާއެއްގެ ނުފޫޒު އޮންނަ ޅިޔަނުންނާއި އެކުވެރިންނަށް ނުފޫޒުގަދަ ގިނަ މަގާމުތަކެއް ދިނުމުންވެސް މިހެން ވެދާނެ
އޮނަރަބްލް އަފީފު ދީދީ
03 May 2021
ވަޒީރުންގެ މަޖިލީހުގައި އިންނެވިކަމުގައިވިޔަސް ޤާނޫނުއަސާސީ ސާފުކޮށް ބުނެފައިވާގޮތުން ތިއީ "ދައުލަތުގެ ބަންޑާރަ ނައިބް" ކަމުގައިވާތީ ދައުލަތާއި ދެކޮޅަށް ފަރުދަކު ހުށަހަޅާފައިވާ މައްސަލައަކާއިމެދު ދައުލަށް ކަޑައެޅިގެން ގެއްލުން ލިބޭގޮތަށް ވާހަކަ ދެއްކުމާއި ދައުލަތުގެ ޙާއްސަ ބާރެއްކަމުގައިވާ ޤާނޫނުހަދާ މަޖިލީހަށް ތިގޮތަށް ރައްދުދީ ޒުވާބު ހިންގުމަކީ މަޤާމްގެ ޙައިސީއްޔަތުން ރިފްއަތަށް ކުރެވޭނެ ކަމެއްނޫން. ތިއީ ހަމައެކަނި ސޯލިޙްގެ ވަޒީރެއްނޫން އިގޭތޯ.
އެމްސް
03 May 2021
އެކި ދިމަދިމާލަށް، ބަދަލުދިނުމަށް، އެއްބާރުލުން ދީދީ ދައުލަތް ބަގްރޫޓްވެއްޖެ، ދެން މިޖެހެނީ އިރުކޮޅަކާ ސްކޫކެއް ވިއްކަން!
ބައިޑެބް
04 May 2021
ތިޔަބުނާ ބަދަލެއްގެ ތަފުސީލުދޭންވީނު. ފިނޭސުން ނެރޭ ވީކުލީ ރިޕޯޓު ތަކުގައި އޮތީ އަދި ޗައިނާ ބޭންކަ ލޯނުދެއްކި ކަމަށް. ހިސާބު ކިތާބު ބަލާފަ ވާހަކަ ދެއްކުން ރަގަޅު