ކުޅިވަރު / އާސެނަލް

އާސެނަލް ގަންނަން އުޅޭ ބިލިއަނަރުގެ ފަހަތުގައި އޮންރީ

އާސެނަލްގެ ލެޖެންޑް އޮންރީ

ލަންޑަން (މެއި 4) - އާސެނަލް ގަންނަ މަސައްކަތް ކުރާ ސްވިޑެންގެ ބިލިއަނަރު ޑެނިއަލް އީކްގެ އެޑްވައިޒަރެއްގެ ރޯލުގައި އެ ކްލަބުގެ ލެޖެންޑް ތިއަރީ އޮންރީ ހަރަކާތްތެރިވާން ފަށައިފި އެވެ.

މިޔުޒިކް ސްޓްރީމިންގެ މަޝްހޫރު އެޕް، ސްޕޮޓިފައިގެ ކޯ ފައުންޑާ ޑެނިއަލް އީކް، އާސަނަލް ގަންނަން ޝައުގުވެރިވެ، އެކަމަށް މިހާރުގެ އޯނަރު ކްރޮންކޭއަށް ލިޔެފައިވާ ކަމަށް އޮންރީ ބުންޏެވެ.

ޑެނިއަލްގެ ފަރާތުން އާސެނަލް ގަތުމަށް 1.8 ބިލިއަން ޕައުންޑްގެ ޕެކޭޖެއް ތައްޔާރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ސްކައި ސްޕޯޓްސްގައި ވާހަކަ ދައްކަމުން އޮންރީ ބުނީ އެކަށީގެންވާ ވަރުގެ ރަނގަޅު ފަންޑެއް ޑެނިއަލް އެއްކޮށްފައިވާ ކަމަށެވެ. މި ހަފުތާ ތެރޭގައި ރަސްމީކޮށް ބިޑް ހުށަހަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ޑެނިއަލްގެ ފަހަތުގައި އާސެނަލްގެ ލެޖެންޑުންގެ ގޮތުގައި ދެން ހިމެނެނީ ޕެޓްރިކް ވިއޭރާގެ އިތުރުން ޑެނިސް ބާކޭމްޕެވެ.

އޮންރީ ބުނީ އާސެނަލް ގަންނަން ޑެނިއަލްގެ ޝައުގުވެރިކަން ހުރި ނަމަވެސް އެކަން އެހާ ފަސޭހަ ގޮތަކަށް ނިމިގެންދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އެއް ކަމެއް ފާހަގަ ކުރަން އަހަރެން ބޭނުން މިކަމުގައި ޑެނިއަލް ފަހަތަކަށް ނުޖެހޭނެ. އެމީހުން ކްލަބު ވިއްކަން ބޭނުންވާކަން އެނގެންދެން އޭނާ އެގޮތުގައި ހުންނާނެ،" އޮންރީ ބުންޏެވެ.

"މިކަމަށް ވަރަށް ދިގު މުއްދަތެއް ވެސް ހޭދަ ވެދާނެ. އަހަރެމެންނަށް އެނގޭ އަހަރެމެން ކުރަން މިއުޅެނީ ކޮން ކަމެއްކަން. އެކަމަކު އެންމެ ފުރަތަމަ ކަމަކަށް ވެސް އަހަރެމެން ޔަގީންކަން ދޭން ބޭނުން ކްލަބު ވިއްކުމުގެ ވާހަތައް އަޑުއަހަން އެ މީހުން ތިބިއްޔާ ކްލަބު ގަންނަން ތައްޔާރަށް ތިބިކަން."

އޮންރީ ބުނީ، އާސެނަލްގެ ސަޕޯޓަރުންގެ ހިއްސާ ކްލަބުގެ ބޯޑުގައި އޮންނާނެ ގޮތަކަށް ހަދަން ޑެނިއަލް ބޭނުންވާކަން އޭނާ ހާމަކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އާސެނަލްގެ ސަޕޯޓާސް ޓްރަސްޓް ގުރޫޕާ ބައްދަލުކޮށް ޑެނިއަލް ބޭނުންވާ ގޮތް ސަޕޯޓަރުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް އޮންރީ ބުންޏެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 11%
icon angry icon angry 11%
icon wow icon wow 22%
icon inlove icon inlove 56%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާލައާދަނު

05 May 2021

ތިޔަކަން ކުރަން ލަސްވެސް ވެއްޖެ. ރަދީފް ބްރޯ! ސަޕޯޓްރުން ގޮވައިގެން ނިކުމެ ކްރޮއެންކޭ ބޭރުކޮއްބަލަ.

The name is already taken The name is available. Register?

ސައިމާ

04 May 2021

ޔެސް ޔެސް. ކްރޯންކޭ ބޭރުވާންޖެހޭ. ކްލަބްގެ ހާލަތު ބަދަލުކުރެވޭނީ ކްލަބް އަދި ފުޓުބޯޅަދެކެ ލޯބިވާ މެނޭޖްމެންޓެއް އައިސްގެން. އިންވިންސިބްލްސްގެ ޒަމާން އަބުރާ އިއާދަކުރަން ބޭނުން. އާސެނަލް ކުޅެންޖެހޭނީ ޔޫރޮޕާ ލީގުގައެއްނޫން، ޗެމްޕިއަންސް ލީގުގައި. ވަރަށް ވެދުން

The name is already taken The name is available. Register?

ކޮފީމާ

05 May 2021

ނުވާނެ.. އާރސެނަލް އިޒް އަ ސްމޯލް ކްލަބް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454