ލޮރީއަކުން ބިސް ކޭސްތަކެއް ބާލަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
04 މެއި 2021 - 22:17
އެސްޓީއޯ އިން ބިސް ކޭހެއްގެ އަގު 100 ރުފިޔާ އަށް ކުޑަކޮށްފި އެވެ.
މި ރޯދަ މަސް ފެށުނުއިރު، އެ ކުންފުނިން ބިސް ކޭހެއް ވިއްކަމުން އައީ 255ރ. އަށް ނަމަވެސް އެ އަގު ކުޑަކުރަން ނިންމީ ބެލެވޭ ގޮތުގައި އެއީ ވަރަށް އަވަހަށް ހަލާކުވާ ޒާތުގެ އެއްޗަކަށް ވެފައި ސްޓޮކް ހުސްކުރުމަށެވެ.
އެސްޓީއޯ އިން ވަނީ ރޯދަމަހަށް ހާއްސަ ކޮށްގެން ގިނަ އަދަދެއްގެ ބިސް ރާއްޖެ އަށް ގެނެސްފަ އެވެ.
ބިސް ކޭހެއްގެ އަގު 100ރ. އަށް ކުޑަކޮށްފައިވާއިރު، އެ ކުންފުނީގެ ސުޕަމާޓުން ވަކިން ބިހެއް ވިއްކަނީ 1.40 ރުފިޔާ އަށެވެ.
އެސްޓީއޯ އިން ވަނީ ފިޔާގެ އަގު ވެސް މިދިޔަ މަހު 100ރ. އަށް ކުޑަކޮށްފަ އެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ރޯދަމަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސް ނުވެ ލިބޭނެ އެވެ. ބާޒާރުގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝެލަރީ
05 May 2021
ކުނިވީ ދެއްތޯ؟
ދެރަ
05 May 2021
ތިޔަވިއްކާ ފުށަކީ އާޅެ ގޮދަންފުއްތަ? ނޫނީ އުވަތަ. މުޅި ރަމަޝާން މަސް މިދިޔައީ ތިޔަ ނުބައި ފުއްކައިގެން.
ފޮސްކަލޯ
05 May 2021
ބިސް ކޭސް ގަންނަން ދިޔާމަ ބުނީ މޭ 5 ގަ އެކްސްޕަޔރ ވާނެޔޭ. އެކްޕަޔަރ ވާ އެއް ޗެއް ބައި ރުފިޔާ އަށް ވިއްކިޔަސް ކޮބާ ތީގެން ފައިދާ އެއް؟
އަލޭ
05 May 2021
ތަންކޮޅެއް ގިނައިން ކާނީ ހަމަ. އެހެން އެއްޗެހި މަދުކޮށްލާފަ.
ށަވިޔަނި
05 May 2021
އަދި ކުނި ބިހެއް ފީ ފިޔައެއް ނުގަނެވޭ. ފީ ފުށް ވިއްކާ ވާހަކަވެސް އިވޭ.
ރަގަޅު
05 May 2021
ބައެއް ފަހަރު އެ ވަސް ހުރޭ.
ބޮސްގެ ބޮސް
05 May 2021
ފިޔާ، އަލުވި، ބިސް ހުރީ ކުނިވެފަ...
ހާދަރަނގޅޭ
04 May 2021
ޝުކުރިއްޔާ. އަހަރެމެން މިތިބީ އަދިތިވެސް ގަނެވޭވަރުނުވެފައި. މިހާރު ދެން އަތްފޯރާނެ ތިޔަވަރުން.
ގުލްޒާރު
04 May 2021
ޝުކުރިއްޔާ އެސްޓީއޯ.
ފބސ
04 May 2021
ތަންތަނުން ފީ ބިސް ގެނެސްގެން ރައްޔަތު މީހާ ކުނިކުރާނެ ކަމެއްނެތް