ބާޒާރުުގައި ވިއްކަން ހުރި ބިސް ކޭސްތަކެއް: އެސްޓީއޯއިން 100ރ. އަށް ވިއްކަނީ މުއްދަތު ހަމަވެފައިވާ ކޭސްތައް-- ފޮޓޯ: ނިޝާން އަލީ/މިހާރު
05 މެއި 2021 - 14:20
އެސްޓީއޯގެ ސްޓޮކްގައި މިހާރު ހުރި ބިސް ކޭހެއް 100ރ. އަށް ވިއްކި ނަމަވެސް އަލަށް ގެންނަ ބިސް ކޭހެއްގެ އަގަކީ އެންމެ ކުރިއެކޭ އެއްގޮތަށް 255ރ. ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެސްޓީއޯ އިން "މިހާރު" އަށް ބުނީ އިއްޔެ އިން ފެށިގެން 100ރ. އަށް ވިއްކަމުން އަންނަނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ބިސް ކޭސްތައް ކަމަށެވެ. މި ކޭސްތަކުގެ މުއްދަތު މި މަހުގެ 15 އަށް ހަމަވި ނަމަވެސް ގިނަ ބިސްތައް އަދިވެސް ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މުއްދަތު ހަމަވާން ކައިރިވެފައިވާ ބިސް ކޭހުގެ އަގު ހެޔޮ ކުރީ ރެސްޓޯރެންޓުތައް ފަދަ އެއްފަހަރާ ގިނަ ބިސް ބޭނުންކުރާ ވިޔަފާރިތަކަށް އަގުހެޔޮކޮށް ބިސް ފޯރުކޮށްދީ، އެސްޓީއޯގައި ހުރި ސްޓޮކް ހުސްކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އާއްމުކޮށް ބިސް ކޭހެއްގެ މުއްދަތު ހަމަވާނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް ބިހަކީ ހަލާކުވާން ވަކި މުއްދަތެއް އޮންނަ އެއްޗަކަށް ނުވާތީ ބިސް ކޭހުގެ މުއްދަތު ހަމަވިޔަސް އޭގައި ހުންނަ ރަނގަޅު ބިސް ފިހާރަތަކުގައި ވަކިން ވިއްކަ އެވެ.
ބިސް ކޭހެއް އެހާ ހެޔޮ އަގުގައި ވިއްކަން ފެށުމުން، އެއީ މުއްދަތު ހަމަވާން ކައިރިވެފައި ހުރި، އަދި އޭގެ ތެރޭގައި ވަރަށް ގިނަ އަދަދަކަށް ކުނިވެފައި ހުރި ބިސް ހުންނަ ކަމަށް ބުނެ އާންމުން ވަނީ ޝަކުވާ ކޮށްފަ އެވެ.
އެސްޓީއޯއިން ބުނިގޮތުގައި، އެ ކުންފުނިން ބިސް ވިއްކުމުގައި ކަސްޓަމަރުންނަށް އޮޅުވާލައިފައެއް ނުވާނެ އެވެ. ހުރިހާ ކަސްޓަމަރުން ކައިރީގައި ވެސް ބިސް ކޭހުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށް ބުނެފައިވާނެ ކަމަށް ބުންޏެވެ.
ނަމަވެސް، ބިސް ކޭހެއްގެ އަގު 100ރ. އަށް ބަދަލުކޮށް، އެސްޓީއޯ އިން ރޭ ކުރި ޓްވީޓްގައި އެއީ ކިހިނެއް ވެފައި ހުރި ބިސް ކޭސްތަކެއް ބުނެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
06 May 2021
މުއްދަތު ހަމަވާން އެހާކައިރިވެފަ ހުންނަ މުދާ ނުވިއްކޭނެގޮތް ޤާނޫނަކުން ނަމަވެސް ހަދަން ވެއްޖެ! ދުނިޔޭގެ ޤައުމުތަކުގަ އެހެން އެ ބަހުރި!
ޢިހްސާސް
05 May 2021
100 ރުފިޔާއަށް ނުވިއްކާ ބޭނުންބަޔަކަށް ހިލޭ ދިނުން ކީއްވާނީ.
ޝެލަރީ
05 May 2021
ރަށްޔިތުންނައް އޮޅުވާނުލާ ކުނިބިސް ވިއްކުން ހުއްޓާލާ
ތަސް
05 May 2021
އެސް.ޓީ.އޯ އަކީ އަބަދުވެސް ކުނިބިސް ވިއްޔާ ތަނެއް! މަ 2 ފަހަރަކު އެތަނަުން ބިސް ގަތީ ކޮންމެ ފަހަރަކު ދެނައިކުޅަ އެއްބަޔަވުރެ ގިނަ ބިސް ކުނިވެފަ ހުރީމަ އުކާލަންޖެހުނީ!
މަރުމޯލު
05 May 2021
އާޓިކަލް ލިޔެފަ އޮތީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް. އެންމެނަށްވެސް އިނގޭނެ އެސްޓީއޯ އަކުން މުއްދަތު ހަމަވެފަވާ އެއްޗެއް ނުވިއްކާނެކަން. ދިވެހިންނަކީ ޝުކުރުކުރަން ދަންނަ ބައެއްނޫން. ކިރު ޕެކެޓް ހިލޭ ދިނީމަވެސް ގޯސްވީ ދިން މީހުންނު. ޖޯކެއް
ފޮނިޓައްޕު ހަސަނު
05 May 2021
ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ވަރަށް އިޚްލާސްތެރިކަމާއ އެކު ދަންނަވަން މިރާއްޖެއަށް އެތެރެކުރާ ބިހުގައި އެކްސްޕައިރީ ޑޭޓް ޖަހަން ލާޒިމް ކުރުން. އެއިރުން ކުނިވެފަ ހުންނަ ބިސް އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރުން ހުއްޓުމަކަށް އަންނާނެ. އެކްސްޕައިރީ ޑޭޓް އިންނަންވާނީ ސީދާ ބިހުގައި ޖަހާފަ. މިހާރުވެސް ސިންގަޕޫރުން ރައްޖެ އެތެރެކުރާ ބިހުގައި އެކްޕައިރީ ޑޭޓް ހުންނަނީ ޖަހާފައި.
އަމްދުހު
06 May 2021
އިންޑިޔާއިން އަންނަ ލަކުޑި ބޯޓްފަހަރުގެ ފަލްކާތެރޭގައި ބަހައްޓައިގެން އެންމެހައި ކޮލިޓީ ދަށް ބިސް ރާއްޖެއެތެރެކޮށް ދިވެހިންނަށް ވިއްކަމުންދަނީ ހެލްތު މިނިސްޓްރީގެ ޒިންމާ ނުނެގޭތި ، ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިހުމާލު ވަރަށްބޮޑު، މީގެން ބިހެއް ކަލާއިރަކަށް މީހަކު މަރެއްނުވާނެ އެކަމަކު ދުވަހުން އެކަމުގެ ނޭދެވޭއަސަރު އެމީހެއްގެ ސިއްހަތަށްކުރަމުންގޮސް ދެން އަޑުމިއިވެނި ކޮންމެވެސް މީހަކު ފަތިސްނަމާދަށް ނުތެދުވެގެން ގޮވިއިރު އޮތީ މަރުވެފައޭ
ޙިނި
05 May 2021
ތިބުނީ އެކްސްޕަޔަރު ވެފައިވާ ކުނިބިސް ކޭހެއް ވިއްކަނީ 100 ރުފިޔާ އަޝޭ، ގެންނަ މުދާ ކުނިވެ ހަލަކުވުމަކީ މުވައްޒިފުންގެ އިހުމާލުންވަކަމެއް
މަސަލަސް
05 May 2021
ލޯ ސާފުކޮށްގެން ކިޔާބަލަ. މުއްދަތު ހަމަވަނީ ޖޫން 15 އަށޭ ލިޔެފައި އެބައޮތް.
ޑެބީ
05 May 2021
އެއްޗެހި އަގު ބޮޑު ފިހާރައެއްތީ.
ތުއްތޮންބެ
05 May 2021
ބިސްތައް ނުބައިވާންފެށީމަދޯ؟
މަރި
05 May 2021
އެސްޓީއޯ މިހާރު ވަރަށް އަގުބޮޑުކޮއް މުދާ ވިއްކަނީ