ޚަބަރު / އަލީ ވަހީދު ފުރުވާލުން

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި އޮތީ މުއްދަތެއް ނެތް ގޮތަށް

ޕާސްޕޯޓް ދޫކުރި އަމުރުގައި ވަކި މުއްދަތެއް ނެތް، ތާރީޚެއް ދީފައި އޮތީ ޖާމިނުވި މީހާ ސޮއިކުރި ލިޔުންތަކުގައި.

ަކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. -- ފޮޓޯ: މިހާރު

06 މެއި 2021 - 13:30

21 comments

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކުރަން ނެރުނު އަމުރުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތް ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ދައުލަތުން މިހެން ބުނީ ޕާސްޕޯޓް ދޫކުރި އަމުރު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އަލީ ވަހީދު އުޅޭތަނެއް ދައުލަތަށް ސާފުކޮށްދެވި ނުވާތީ ދައުވާ ފޯމު ބާތިލްކުރުމުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު އިޖުރާއީ ގޮތުން ބޭއްވި އަޑުއެހުމުގަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިއުމުން ޝަރީއަތް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް ކުރިން އެނގިފައި އޮތަސް ދައުލަތުން މިއަދު ބުނީ ހަތަރު މަސް ކަމަށް އޮތީ އަލީ ވަހީދު ފުރައިގެން ދިޔައިރު އޭނާއާ ޖާމިނުވެފައިވާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވި ލިޔުންތަކުގައި ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ދޫކޮށްފައިވާ ނަމަ އެ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފަށް ދިއުމުގެ ބަދަލުގައި މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަނޭޅެނެތޯ، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސުވާލުކުރެއްވި އެވެ. އެ ސުވާލަށް ދައުލަތުން ބުނީ އިސްތިއުނާފުގެ މަގު ޚިޔާރުކުރީ މުރާޖައާ އަށް ހުށަހެޅި ނަމަވެސް މައްސަލާގައި ގޮތް ނިންމަވާނީ ހަމަ އެއް ގާޒީއެއް ކަމަށާއި މިއީ އާންމުކޮށް ކަން ހިނގާ ގޮތަށް އެ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލަ ތަފާތުކޮށް ހިންގި ކަމަށް ބުނެ ދައުލަތުން ފާހަގަކުރި އެއް ކަމަކީ ކޯޓުގެ އަމިއްލަ އިސްނެގުމަށް މެޑިކަލް ޗެކަޕް ހެދުމަށް ނިންމައި ޚަބީރެއް (އެކްސްޕާޓެއް) ހާޒިރުކުރުމެވެ. އަދި އަލީ ވަހީދު ރާއްޖޭން ބޭރަށް ދާން ޖެހޭ ކަމަށް ޑރ. ޔޫސުފް ޝާން ހެކިބަސް ދެއްވިއިރު ރިއާޔަތްކުރެއްވި ލިޔުންތައް އަދިވެސް ލިބިފައި ނުވާ ކަމަށް ބުންޏެވެ. ހަމައެކަނި ލިބުނީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ދިން ސިޓީއެއް، ޝަރީއަތުގެ މަޖިލީހުގައި ބަލައިލަން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ނަމަވެސް ދަށު ކޯޓުގައި ކަން ހިނގި ގޮތް ދައުލަތުން ސާފުކޮށްދިން އިރު، ޕާސްޕޯޓް ދޫކޮށްލި އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށް ބުންޏެވެ. ދައުލަތުން ބުނީ ޕާސްޕޯޓް ދޫކުރަނީ ހަތަރު މަހަށް ކަމަށް އަޑުއެހުމުގައި ގާޒީ ވިދާޅުވި ނަމަވެސް ނެރުއްވި އަމުރުގައި ވަކި މުއްދަތެއް ނެތް ކަމަށެވެ. އެކަމަކު އަލީ ވަހީދަށް ޖާމިނުވި ފަރާތުން ސޮއިކުރި ލިޔުންތަކުގައި ހަތަރު މަހުގެ މުއްދަތެއް އޮތް ކަމަށާއި ނަމަވެސް ޕާސްޕޯޓް ދޫކުރުމުގައި އިމިގްރޭޝަނުން ބަލާނީ ކޯޓު އަމުރަށްކަން ފާހަގަކުރި އެވެ.

"އަލީ ވަހީދު ފުރަން ލަފާދިނީ ކޮން ލިޔުމަކަށް ބަލާފައި ކަމެއް ނޭނގެ"

ދައުލަތުން ބުނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮއްވައި އެ ނިންމުން މުރާޖައާ ކުރުމަށް އަލީ ވަހީދު ހުށަހަަޅާފައިވާކަން ކޯޓުން އެންގުމުން ދައުލަތުން ކޯޓަށް ހާޒިރުވި ކަމަށެވެ. އެ އަޑުއެހުމުގައި ދެއްކީ ކަށީގެ ޑޮކްޓަރު އަލީ މުޒްނީގެ ސޮއި އޮތް ޓްރީޓޮޕް ހޮސްޕިޓަލްގެ ސިޓީއެއް ކަމަށް ދައުލަތުން ބުންޏެވެ. އޭގައި ވަރަށް ގިނަ މެޑިކަލް ޓާމްސް ހުރި ކަމަށާއި އެހެންވެ އެކްސްޕާޓެއްގެ ބަހެއް ނެތި އެއްޗެއް ބުނާކަށް ނޭނގޭނެ ކަމަށް ޝަރީއަތުގައި ބުނެފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ސިޓީ އަކީ ސަޕޯޓިން ޑޮކިއުމަންޓެއް ނެތް ސިޓީއެއްކަން ފާހަގަކުރި އެވެ.

އެހެންވެ އައިޖީއެމްއެޗުން ޓެސްޓުތައް ހަދައި ކަމާ ބެހޭ ތަޖުރިބާކާރަކު ހާޒިރުވާން އަންގަން އަމުރުކުރާނެ ކަމަށް ބުނީ ޝަރީއަތުން ކަމަށް ދައުލަތުން ފާހަގަކުރި އެވެ. ޑޮކިއުމަންޓް ލިބުނީމާ އެކަން އަންގައިދޭން އެދެމުން އައި ނަމަވެސް ނުލިބޭ ކަމަށް ކޯޓުން ބުނަމުން އައިސް މިދިޔަ ފެބްރުއަރީ 9 ވަނަ ދުވަހު ކޯޓަށް ހާޒިރުވި އިރު ކަށީގެ ޑޮކްޓަރު ޝާން ހާޒިރުކޮށްފައި ހުންނެވި ކަމަށެވެ. އަދި އެ އަޑުއެހުމުގައި، އަލީ ވަހީދުގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ ޑރ. ޝާން ހަވާލާދެއްވީ ކޮން މެޑިކަލް ޑޮކިއުމަންޓަކަށް ކަމަށް ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ.

އެ ދުވަހު ދައުލަތުން ކޯޓަށް ހާޒިރުވެ ޕާސްޕޯޓް ދޫކުރަން އިއުތިރާޒްކޮށްފައިވާނެ ކަމަށާއި ބޭސްފަރުވާ އަށް ދާން ބޭނުންވާ ތަނަކަށް ވަކި މުއްދަތަކަށް ޓްރެވަލް ޑޮކިއުމަންޓް ދިނަސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާނެ ކަމަށެވެ. މީހަކު ޖާމިނުކޮށްފައި ވަނިކޮށް ޕާސްޕޯޓް ދޫކުރަން ދެކޮޅު ހަދަނީ ކީއްވެތޯ އެއްސެވި ކަމަށާއި ދައުލަތުން އެގޮތަށް ބުނަމުން ދިޔައީ ރާއްޖޭން ފުރައިގެން ދިއުމަށް ފަހު ދެން ރާއްޖޭ ކޯޓަކުން އޭނާ ގެންނަން ވަރަށް އުނދަގޫވާނެތީ ކަމަށް ބުނެ އެކަން ވެސް ފާހަގަކޮށްފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ސާފު ޖަވާބެއް ނުލިބޭ

ހައި ކޯޓުން އިސްތިއުނާފު މައްސަލަ ބާތިލްކުރީ ކޮން ގާނޫނަކާ ޚިލާފަށްތޯ ނުވަތަ ގާނޫނީ ކޮން ކަމަކަށް ރިއާޔަތްކޮށްފައިތޯ ފަނޑިޔާރުން ކުރި ސުވާލުތަކުގެ ޖަވާބުގައި ދައުލަތުން ސާފު ޖަވާބެއް ނުދެ އެވެ.

އަލީ ވަހީދު ހާޒިރު ނުކުރެވުނަސް ޣައިރު ހާޒިރުގައި އިސްތިއުނާފު އަޑުއެހުން ކުރިއަށް ގެންދަން ހައި ކޯޓުގައި އެދުނު ގޮތަށް ސުޕްރީމް ކޯޓުގައި ވެސް އެދުނެވެ. ނަމަވެސް އަސާސީ ހައްގުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުންނާއި ގާނޫނީ އެހެން ސަބަބުތައް ވެސް ހުރުމުން ދައުލަތުން ބުނީ ހައްގުތައް އޮންނާނީ ހަމައެކަނި ދައުވާ ލިބޭ ފަރާތަށް ނޫން ކަމަށާއި ދައުވާކުރާ ފަރާތަށް ވެސް ހައްގުތައް އޮންނާނެ ކަމަށެވެ. އަދި މިއީ ވަރަށް ގިނަ، "ވަލްނަރަބްލް" ހެކިންތަކެއް ހިމެނޭ މައްސަލައެއް ކަމަށް ބުންޏެވެ. މައްސަލަ ލަސްވާ ކޮންމެ ދުވަހަކީ އަނިޔާ ލިބުނު މީހުން އިތުރަށް ވިކްޓިމައިޒްވަމުންދާ ދުވަހެއް ކަމަށް ބުންޏެވެ. ދައުލަތުން ބުނީ އަލީ ވަހީދަށް ގުޅޭ ވައިބަ ނަންބަރެއް ހައި ކޯޓާ ހިއްސާކޮށްފައި ވާނެ ކަމަށާއި އެ ނަންބަރު މެދުވެރިކޮށް ކޯޓު އަމުރު ފޮނުވި ކަމަށެވެ. ދައުލަތުން ބުނީ އަލީ ވަހީދަށް އޮންނާނީ އަމުރު ރައްދުވެފައި ކަމަށާއި އެކަމަކު އޭނާ ކޯޓަށް ހާޒިރުވާން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ އަލީ ވަހީދު ވަނީ އެ ހައްގު ދޫކޮށްލާފައި ކަމަށް ބަލަންޖެހެ އެވެ.

ޣައިރު ހާޒިރުުގައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ އެކަމުގެ ނަހަމަ ބޭނުން ހިފޭނެތޯ ފަނޑިޔާރު އަލްމިރަލްދާ ޒާހިރު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ އެގޮތަށް ނިންމާ ނަމަ ނިންމަން ޖެހޭނީ ވަރަށް ހަރުކަށި އުސޫލުތަކަކާ އެކުގައި ކަމަށެވެ. ދައުލަތުން އެހެން ބުނުމުން ފަނޑިޔާރު ވިދާޅުވީ އުސޫލުތައް ހެދުމަކީ ކޯޓުތަކުން ކުރެވޭނެ ކަމެއްތޯ އާއި އަސާސީ ހައްގުތައް ހަނިކުރުމާ ބެހޭ ގޮތުން ގާނޫނުއަސާސީ އޮތް ގޮތުން އެފަދަ އުސޫލުތަކަކީ ގާނޫނީ ބާރެއް އޮތް ނިންމުމަކަށް ވާނެތޯ ސުވާލުކުރައްވައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދެކެވުނަސް ތަކުރާރުވީ އެއް ވާހަކަތަކެކެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން، ރިއާސަތުން ފަނޑިޔާރު މަހާޒް ވިދާޅުވީ މައްސަލަ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ނިންމާ ގޮތެއް އެންގުމަށް އިތުރު އަޑުއެހުމެއް ދެން ނުބާއްވާނެ ކަމަށާއި ގޮތެއް ނިންމުމަށް ފަހު ދައުލަތާއި ކަމާބެހޭ ފަރާތްތަކަށް އަންގައި ކޯޓުގެ ވެބްސައިޓުގައި ވެސް ހާމަކުރާނެ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރު ބާތިލްކުރުމުން މިހާރު ވާނީ ކޮން ފައިދާއެއްތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ ޕާސްޕޯޓް ދޫކުރި އަމުރު ބާތިލްކޮށްފި ނަމަ އަލީ ވަހީދު މިހާރު ހުރި ތަނެއް އިންޓަޕޮލް މެދުވެރިކޮށް ހޯދައި އޭނާ ގެންނަން ކުރަންޖެހޭ މަސައްކަތަށް ފަސޭހަވާނެ ކަމަށެވެ.

21 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަމަލު

06 May 2021

އާދައިގެ މީހެއްނަމަ މިހެން އަމަލު ކުރާނެބާ؟ މިގައުމަކީ އަބަދުވެސް ވެރިންނާ މުއްސަނދިންނަށް ތަނަވަސް މާބޮޑަށްވެސް އިންސަފުވެރު ގައުމެއް

The name is already taken The name is available. Register?

ދެންބަލާ

06 May 2021

އެ ހުރިހާ އަންހެނުންގެ ހައްގު ގެއްލުނީ ކަމަށް ދެން ބަލާ. ތިޔައީ ކުރިއަށްދާނެ ކަމެއް ނޫން. ބޯދަމައިގަނެވޭނެ ލޫޕްހޯލްތައް ހޯދާ ބަލައިގެން ފަހުން ލިއެކިއުންތަކަށް ބަލައި ކުރެވެނޭކަމެއް ނޯންނާނެކަން އެނގިގެން ރާވާފަ އޮތް ކަމެއް ތިއީ.

The name is already taken The name is available. Register?

ފުހި

06 May 2021

އައްޗީޑި. ދެންވެސް ދޮގުތައްނުހަދާ. ޥެއްޓެނީ ތިބާމެންގެ އަގު.

The name is already taken The name is available. Register?

ސާހުރު

06 May 2021

ޖާމިނުވިމީހާ މީ ކީއްކުރާ މީހެއް. އެމީހާހިފާ ހައްޔަރުކުރޭ. އަޑުބަރަކަސް މިއީ ބޮޑުވަރު...

The name is already taken The name is available. Register?

އަހުމަދުބޭ

06 May 2021

އަލީ ވަހީދު އުޅޭތަނެއް ނޭގިގެން ދައުވާއެއް ނުކުރޭ، އެކަމަކު ކޯޓުން ޗިޓްދޭންވީމާ މީހައި ނެތިއްޔާ ދޮރުގައި ވެސް އެބަހަރުކުރޭ، އަލީ ވަހީދު ގައިމު މާލޭގައި ރެޖިސްޓްރީ ކޮއްފައިވާ އެޑްރެސް އިންގޭނެދޯ، ދެންކޮންހައި ވާހަކައެއް، ނިކަމެތި މީހެއްނަމަ ކޯޓުންވެސް އަދި ސަރުކާރުންވެސް ކަމާބެހޭ މުއްސަސާއާއި ނުބެހޭ މުއައްސަސާތަކުން ހީވާނީ ފަޔަށް ހިނިއަރައިގެން އުޅޭހެން،

The name is already taken The name is available. Register?

ޒީތު

06 May 2021

މިކަން ބަލަން މި ދައުލަތް އަދި މަޖިލިސްވަނީ ނުކުޅެދިފަ އެއީ ކީއްވެތޯ.. އަހަރެމެން އަންހެނުންނަށް ހައްދުވާ މިންވަރުތޯ މީ އަބަދު ޝިކާރަވެރިންގެ ވަކިތަކު ދަށުލުމަކީ

The name is already taken The name is available. Register?

އެއީ

06 May 2021

ބޫންބޫނަށް އަޑު ހަރުކޮށް ދެއްކޭނެ މާ ގިނަ ވާހަކަ ހުންނާނެތީ އޭނާގެ މައްސަލަ ބަލަން ނުކުޅެދެނީ. ޔާމީން ކިޔާ މީހަކު ވެރިކަމުން ދުރުކޮށްފަ މި އެންމެންގެ ކުޅިގަނޑު ކުޅެން ވެރިކަމަށް އަރަން ކޮންމެހެންވެސް އެންމެން އަތުގުޅާ އެކައްޗަކަށްވީ ވާހަކަ އެއީ ވަރަށް ދިގު ވާހަކައެއް. އެއްކޮށް ވެރިކަމަށް އެރީ. އެއްކޮށް ވެރިކަން ދިފާއުކުރާނީ އެކަކު އަނެކަކުގެ ކަންކަން ފޮރުވަދީގެން. ކަން ހިނގާ ގޮތް.

The name is already taken The name is available. Register?

ސަމޭދާން ބުނި ގަތޫރާ

06 May 2021

މިގައުމުގާ މީހަކު މިހާތަނަށް ހިންގި ޖަރީމާއަކީ ރިހާކުރުފުޅިއެއް ވަގައްނެގުމެވެ. ޖިންސީއަމަލުތަކާ ބިލިޔަނުންބިލިޔަން ރޯމާދުވާލު ވައްކަންކުރުމަކީ އެއްވެސްކަމެއްނޫނެވެ.

The name is already taken The name is available. Register?

ދަމް

06 May 2021

މި ޕާޓީސިސްޓަމް އައިސުރެ ށަރިޔަތް މިހިނގަނީ މިގޮތަށް.ދެރަކަމަކީ, ޕާޓީތަކައް ދިވެހިން ވޯޓް ދޭތީވެ.

The name is already taken The name is available. Register?

ނުހައްގުން މުއްސަދި މަޖިލިސް

06 May 2021

މީނާއަކީ ވެސް މަޖިލިހަށް ހޮވުނު ފަހުން ބޫންބޫންކިޔާފަ ކިއްލިތަޅާގެން މުއްސަދިވިމީހެއް. އެކަމުވެސް ނުހައްގު މުއްސަދިކަމޭ ކިޔާފަ މީނާއަށްވެސް ލިބުނީ ޓޫރިޒަމް މިނިސްޓަރުކަން. ދެން އެހިސާބުންވެސް ކާނރވަރަކަށް ކާއިފަ ކޯޓަށް ހާޒިރުވާން އެންގީމަ ޖާމިނެއްވެ އެކަންތައް އެނުމުނީ. ދެން އަނެއްކާވެސް ފެންނާނީ ކޮންމެސް އެހެން ބޮޑުމަޤާމަކުން ކަމަށް ލަފާކުރެވޭ. ރާއްޖޭގަ މަޖިލިސް ގެ މީހުން ދާއިރާގެ މީހުން ބޭނުން ވެއްޖެނަމަ ވަކިކުރެވޭނެ ގޮތެއް ބޭނުން.

The name is already taken The name is available. Register?

ޑރ ޕްރޮފެޝަނަލް

06 May 2021

ޑޮ ކްޓަރުން ނަށް އިތުބާރުކުރެވޭ ޒަމާންވެސް ހިގައްޖެ. ޑޮކ ކްޓަރުން ބަލިނުވާ މީހުން ބަލިމީހުން ކަމަށް ލިޔެ ކިއުމުން ނިންމުމީމަ މުޅި މެޑި ކަލް ޕްރޮފެޝަންގެ އަގު ވައްޓާލުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454