ޚަބަރު / އަލީ ވަހީދު ފުރުވާލުން

އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް ކުޑަކަކޫ ޖަހާތަން ފެނިގެން ނުވާނެ: ސުޕްރީމް ކޯޓު

"ވަކި މީހަކަށް ވީމާ ކޯޓުތަކުން ވަކި ގޮތަކަށް ކަން ކުރާ ކަމުގެ އިހުސާސް ރައްޔިތުންގެ މެދުގައި އުފެދިއްޖެ ނަމަ ކޯޓުތައް ހުރުމުގެ ބޭނުމާ މެދު ސުވާލު އުފެދޭނެ"

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު: އެ ކޯޓުން މިއަދު ހުކުމް ކުރީ އަލީ ވަހީދު ޖަލަށް ލާން -- ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެންނަ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލި، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ކްރިމިނަލް ކޯޓުން ނިންމުމުގެ އިސްތިއުނާފު މައްސަލައަށް އޭނާއަށް ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން ވެސް ކޯޓަށް ހާޒިވެފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލަައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތުގައި އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް، އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވުމުން އޭނާ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ފުރާވަޑައިގެންނެވި ގޮތަށް އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ގެންދަނީ ވެސް އޮންލައިންކޮށެވެ. ނަމަވެސް، އޭނާގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ އާއި ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގެ އަޑުއެހުމަށް ޗިޓު ފޮނުވުމުން ވެސް އޭނާ ހާޒިރެއް ނުވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވަވައި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ތާއީދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ކޯޓުތަކުގެ ނިންމުންތައް އަލީ ވަހީދު ތަބާނުވުމުން އޭނާގެ މައްޗަށް ފިޔަވަޅު ނޭޅި ދޫކޮށްނުލެވޭނެ ކަމަށެވެ. އެގޮތަށް ކަންތައް ކުރާ ނަމަ ކޯޓުތައް ހުރުމުގެ ބޭނުމާ މެދު ސުވާލު އުފެދޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ކޯޓުގެ އަމުރަށް އަލީ ވަހީދު ކިޔަމަން ނުވާ ހާލަތުގައި ފިޔަވަޅެއް ނާޅައި ދޫކޮށްލާ ނަމަ ކޯޓުތަކުގެ ބާރުވެރިކަމާ މެދު ސުވާލު އުފެދި އިތުބާރު ގެއްލޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށް ނުވަތަ ވަކި މީހަކަށް ވީމާ ކޯޓުތަކުން ވަކި ގޮތަކަށް ކަން ކުރާ ކަމުގެ އިހުސާސް ރައްޔިތުންގެ މެދުގައި އުފެދިއްޖެ ނަމަ ކޯޓުތައް ހުރުމުގެ ބޭނުމާ މެދު ސުވާލު އުފެދޭނެ. ކޯޓުތަކުގެ ލެޖިޓިމެސީއާ މެދު ސުވާލު އުފެދޭނެ،" ހުކުމުގައިވެ އެވެ.

"އަލީ ވަހީދަށް ސުޕްރީމް ކޯޓުގެ އަމުރު ލިބި އެ އަމުރަށް ކިޔަމަން ނުވާ ހާލަތުގައި އެކަމާ މެދު ފިޔަވަޅެއް ނާޅައި ދޫކޮށްލުމަކީ ކޯޓުތަކުގެ ބާރުވެރިކަމާ މެދު ސުވާލު އުފެދި ކޯޓުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެއް،" ހުކުމުގައިވެ އެވެ.

މީގެ އިތުރުން، އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެނުމުން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭނެ ކަމަށް ހުކުމުގައިވެ އެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި، ކޯޓުތަކުން މިކަމާ މެދު ކަމެއް ނުކުރެވި، މައްސަލަތައް ހިންގޭ ގޮތެއް ނުވެ، އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާން ދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް. އެހެންކަމުން އަލީ ވަހީދާ މެދު ގާނޫނުގައިވާ ގޮތަށް ކޯޓުތަކުން އަމަލު ކުރަން ޖެހޭނެ،" ހުކުމުގައިވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރާ ކޯޓުތަކުން، އިޖުރާއީ ބާގަނޑުތައް ފޭކޮށް، ގާނޫނުގެ ބާރު ބައެއް މީހުންނަށް ނުފޯރާ ކަމުގެ ތަސައްވުރު އުފެދޭ ގޮތަށް އެއްވެސް ކޯޓަކުން ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތައް ދިފާއުކުރުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތެއް ކަމަށް ވާއިރު ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ތަބާވުމަކީ ވަކި މީހެއް ފަރަގުވުމެއް ނެތި، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެ މައްޗަށް ވާޖިބެއްކަން ވަނީ ހުކުމުގައި ފާހަގަކޮށްފަ އެވެ.

18 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 10%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަންފައްތަ

12 August 2021

"ކޯޓުތައް ކުޑަކަކޫ ޖަހާތަން ފެނިގެން ނުވާނެ" މިއީ މިބަސް މިހާލަތުގައި ބޭނުންކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ގޯސްވަނީ އެމަންޒަރު ފެނުނީމަ ކަމަށް މާނަކުރެވެއެވެ. އަސްލު ބުނަންޖެހޭނީ ޢަލީވަހީދު ކުރިމަތީގަ "ކޯޓުތައް ކުޑަކަކޫޖަހަން ޖެހިގެން ނުވާނެ." މިގޮތަށެވެ. ގަޓު ހުންނާނީ މިގޮތަށް ބުނީމައެވެ.

The name is already taken The name is available. Register?

ގާލިއްލިއްލި

11 August 2021

ހުކުމެއް ކުރުމުން އެނިމުނީތޯ؟ އެހުކުމް ތަންފީޒު ނުކުރެވޭނަމަ ސްޕްރީމްކޯޓް ވެސް އެޖަހަނީ ކުޑަކަކޫ.

The name is already taken The name is available. Register?

ކުޗީ

11 August 2021

ދެން އަޅެ އަލީވަހީދު ގެނެބަލަ ... އަދި ހުކުމެއް ކުރިއަކަސް ނުވާނެ. ތިކަހަކަ ހުކުމެއް ކުރީ އަދީބު ކިޔާ މިހާކަށްވެސް ، ގޭގެ ހުންނަ މެށިނެއް ކައިރީ އޮވެގެން ނޫނީ ނުނިދެޔޭ ކިޔާފަ ގެނެސް އެހުރީ ގޭގަ ބަހައްޓާފަ. 3 ބިލިޔަން ރުފިޔާ އިން އެންމެ ލޯލާރިއެއްވެސް އަދި ދައުލަތަކަށް ނުލިބޭ.

The name is already taken The name is available. Register?

ވަހީދު

11 August 2021

ރައީސް ނަޝީދު ކުރިމަތީގައި ހެޔޮދޯ ސަޖިދައަށް ތިއްބަސް.

The name is already taken The name is available. Register?

އިންތިޒާރު

11 August 2021

ހުކުމްތިއޮތީ އިއްވިފަ. އަދި ތަންފީޒުކުރެވުނުކަމުގަވާނީ ޢަލީވަޙީދުގެެނެސް ޖަލަށްލުން. ތަންފީޒުކުރާތަން ބަލަން ތިބެންވީ!

The name is already taken The name is available. Register?

އުދުހޭ

11 August 2021

ކުޑަކުކޫ އެކަނިތޯ؟ ބަނޑުވަތަށްހެން އަޅުގަނޑަށް ހީވަނީ ބައެއްފަހަރު.

The name is already taken The name is available. Register?

އންސުރު

11 August 2021

އެމް.އެމް.ޕީ.އާރ.ސީ އާއި ގުޅޭ ކޭސްތަކުގައި ޕޖ ވެސް ފަސްޖެހި ވަޑައިގެން ކުޑަކަކޫ ޖައްސަވާތަން ފެނިގެންމިދަނީ..

The name is already taken The name is available. Register?

2000

11 August 2021

ޜައްޖެގެ ޓުރިޒަމް މިނިސްޓްރި ެަކުw

The name is already taken The name is available. Register?

އަލިބޭ

11 August 2021

ދެން އެހެންވިޔާ އަބްދުﷲ ނަމަކަށް ނިޔާ ގާޒީ އަކު ހައްޔަރުކޮށް ނިޒާމުން ގެއްލުވާލީ މައްސަލަ އަވަހަށް ބަލާ ނިންމަންވީނު. އެޔޮތީ ވަކި މީހެއްގެ މައްސަލައެއްވީމަ ނުބެލި ނޫންބާ. ދެން ހޮޑައިދޫ މީހުން ކުޑަކަމުދާ ތަކެތި ނުދީން މައްސަލަ ކޮބާ. އިސްވެ އެކަންކަން ނިންމަށް އަވަސް ކުރަންވީނު. އަނެއްކާ ވެރިކަމަށް އައިސް އެތައްބަޔަކު ޖަލުން މިނިވަން ކުރީވެސް ހަމަ ރަގަޅަށްބާ؟؟؟

The name is already taken The name is available. Register?

އުމަރުބެ

11 August 2021

ގާސިމްގެ ނުފޫޒުން ކޯޓްތައް މިނިވަންވި ދުވަހަކުން ނޫނީ ރާއްޖޭގައި ޢަދުލްއިންސާފް ގާއިމެއް ނުކުރެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454