12 މެއި 2021 - 16:03
މަޖިލިސް މެމްބަރުންގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ހައުސިިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން ވެސް އެ ލިސްޓްގައި އެބަ އޮތް.
ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދުގެ ނަން މި ލައިވްގައި ޖެހުނީ އޮޅުމަކުން.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
— People's Majlis (@mvpeoplesmajlis) May 12, 2021
ރިޕޯޓު ބައްލަވާލެއްވުމަށް: https://t.co/EQQNgrUukU
ހިޔާނާތުގެ ލިސްޓުގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރުންނަނަކީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް (އެމްޑީޕީ) އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ (އެމްޑީޕީ) އާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ޕީޕީއެމް) އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ޕީޕީއެމް) އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް، ޕީޕީއެމް) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ) އާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން (ޕީޕީއެމް) އާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު (ޕީޕީއެމް) އާއި ވިލިނގިލި ދާއިރާގެ މެމްމަބަރު ސައުދު ހުސައިން އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ޕީޕީއެމް) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން (ޖޭޕީ).
މި ލިސްޓްގައި ބުނެފައިވާ ގޮތުން، މިއީ އަދި ތަހުގީގު ވެސް ނުނިމޭ ލިސްޓެއް. ލިސްޓްގައި ހިމެނޭ ބައެއް މީހުންގެ ނަމާ ދިމާލުގައި މައުލޫމާތު އެއްކުރާ ކަމަށާއި ތަހުގީގު ކުރިއަށް ދާ ކަމަށް ވެސް އޮތީ ޖަހައިފައި. މަޖިލީހުން މި ލިސްޓް އާންމުކުރީ، އެ މީހުންގެ ނަން އާންމުކުރިޔަސް ތަހުގީގަށް އެޅިދާނެ ހުރަހެއް އޮތް ކަމަށް ނުބެލެވޭތީ. އަދި މި ލިސްޓްގައި ނަން ހިމެނުނަސް މިއަދު ބޭއްވި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެކި މީހުން މިކަމުގައި ބައިވެރިވެފައި ވަނީ އެކި ގޮތަށް. އޭގެ ތެރޭގައި، ޑޮލަރު ގަތް މީހުން ވެސް ހިމެނޭ. ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ކުށެއް ނޫން.
މިހާރު ތިއްބެވި ވަޒީރުންގެ ތެރެއިން ލިސްޓްގައި ނަން ހިމެނެނީ ހަމައެކަނި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ނަން އެކަނި. އޭނާގެ މައްސަލަ މިހާރު އޮތީ ދައުވާކުރަން ފޮނުވުމުގެ މަރުހަލާގައި ކަމަށް ލިސްޓްގައި ވަނީ ފާހަގަކޮށްފައި.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ނަން ވެސް ހިމެނޭ.
އައްޑޫ މޭޔަރު ކަމަށް ހޮވި ވަޑައިގެންފައިވާ އަލީ ނިޒާރުގެ ނަން ވެސް ލިސްޓްގައި ހިމެނޭ. އޭނާ އަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް.
އާންމުކުރި ލިސްޓްގައި ޕީޖީ ހުސެއިން ޝަމީމްގެ ނަމެއް ނެތް. އެކަމަކު އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ނަން އެބައޮތް. ހަސަން ޒިޔަތު އަށް ލިބިފައިވާ ފައިސާ އަކީ ރައްޔިތުންގެ މަޖިލިސްގެ ކެމްޕޭނަށް ލިބިފައިވާ ފައިސާ.
މި ދެ ލިސްޓްގައި ވެސް ހިމެނެނީ ހަމައެކަނި ނަންތައް. އެ ފައިސާ ލިބިފައި ވަނީ ކޮންކޮން ގޮތަކަށްތޯ، އަދި އެއީ ކިހާވަރެއްކަން އެނގޭކަށް ނެތް. އެކަމަކު އެއީ ކޮންކޮން ތަންތަނެއްގައި ވަޒީފާ އަދާކުރާ މީހުންކަން އެނގެން އޮތް.
މަޖިލީހުން ވަނީ ދެ ލިސްޓެއް އާންމުކޮށްފައި. އެއީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ، އަދި މަންފާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހެއްގެ ލިސްޓަކާއި، މުޅި ހިޔާނާތުގެ ތެރޭގައި ހިމެނޭ 281 މީހުންގެ ލިސްޓް.
ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި މީހުންގެ ތެރެއިން، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ 119 މީހެއްގެ ނަމާ އެކު ރައްޔިތުންގެ މަޖިލީހުންް ދެންމެ ލިސްޓް އާންމުކޮށްފި އެވެ.
(ތަފުސީލު އަންނަނީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަ
14 May 2021
ކޮބާ؟؟؟ މަޖިލީހުން ނެރުނު ލިސްޓްގަ ބައެއް ނަންނަން މަދު. އެމްޑީޕީންގެ ބޮޑުންނާއި ބޮޑުންގެ ފިރިން. އޭގެއިން އިނގެނީ އެމް.ޑީ.ޕީގެ އިހުލާސްތެރިކަމެއް ނެތްކަން.
ޑުންުޔާ
13 May 2021
ޙެރިޓޭޖް ތޯރިގް އޭނާގެ ރައްޓެހިންނަށް އެދޭ އެކިވަރުގެ ބިޑްތައް ހުއްޓުވަންޖެހޭ. ޢޭނަގެ ޖީބަށްވެސް ފައިސާ ވަދޭ. ޢެތާ އުޅޭ ވަހީދާވެސް ވަޒީފާއިން ވަކި ކުރަންޖެހޭ. ޥަގުން ހައްޔަރު ކުރޭ
އަލީ ނާސިރު
13 May 2021
ކަނާއަތުން ފައިސާކޮޅުގަ ހިފާއިރު، ވާއަތް ވެސް ބެނުމެއްނުވޭ އެއީ ކޮން ގޮތަކުން ލިބުނު ފައިސާ އެއްތޯ ބަލާކައް! ދެނޯ؟
އިސްތިއުފާ
12 May 2021
ހައުސިންގ މިނިސްޓްރީގަ އުޅޭ އަކުރަމް ވެސް އެބަ އޮތެެއްނު؟ ނަމުގަ މިނިސްޓަރު ނުލިޔަސް ކަން ކުރަނީ އޭނައަށް ފެންނަ ގޮތަށް. މި ސަރުކާރުގެ އަޑިން ހިންގާފަ ހުރި ކަމަށް ބުނާ ހިޔާނާތަކާއި އެންމެ ގުޅުން ހުރި ފަރާތް. އަކުރަމް އިސްތިއުފާ. އަކުރަމް އިސްތިއުފާ. އަކުރަމް އިސްތިއުފާ. އަކުރަމް އިސްތިއުފާ. އަކުރަމް އިސްތިއުފާ
އެދުރުކަލޭގެފާނު
12 May 2021
ވަޒީރު ތިޔަހާ ނަޒާހަތްތެރި ނަމަ މި ޚަބަރު ޝާއިއު ކުރިމާއި އެކު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާނެއެވެ. ނަމަވެސް މަހްލޫފުއަކީވެސް އެއްވެސް ކަހަލަ ނަޒާހާތްތެރި ކަމެއް ހުރި އިޚްލާސްތެރި ބޭފުޅެއް ނޫންކަން މީގެ ކުރީން ފެނިފައި ހުރި މަންޒަރުތަކުން ސާފުވެ އެނގޭއެވެ. ބަޔަކު ލަފުގައި ހިތްޕަވައި ބޭރު ކުރެއްވިޔަސް ގޮނޑިކޮޅުގައި ބައްދައިގެން ހުންނަވަރު ފެންވަރު ދަށް ސިޔާސީ ބޭފުޅުން ގިނައީއެެވެ.
އަމީތާބު ބަޗަން
12 May 2021
ހަމަމިހާރުންމިހާރަށް އާޒިމު ހިފާހައްޔަރުކުރާންޖެހޭ. މާބޮޑަށްށޭ ބުންޏަސް ހަމަ މާވޮޑަށް އޮތީ އަދީބު ދަށުވެފާ. ހީވާގޮތުން ޔާމީނާ ދެތިންމީހުންނަގާފާ ދެން އެންމެބޮޑުއެއްޗެއް އަރާފާ އޮންނާނީ އާޒިމު އަތަށް.
ތޮށަލިތަކުރު
12 May 2021
ޑޮލަރު ގަންކަމަށްވާނަމަ އެއަށް އަގުދެއްކިކަމާއި، އަގުދެއްކި ފައިސާ އެއީ ކިހިނެއް ހޯދިފައިސާއެއްކަން ވެސް ސާބިކޮށްދެވެންވާނެ. ހަމަބުނުމަކުން ނުފުދޭ.
ބަގުޑި
12 May 2021
ގެއްލިއްޖެ އިތުބާރެއް ހޯދަން ވަރަށް އުނދަގޫވާނެ. މ.ޑ.ޕ އަށް މިހާރު މިއޮތީ މިހެންވެފަ. އިހްލާސްތެރިނަމަ ތިޔަ ލިސްތެއް އާމުކޮށް ފިޔަވަޅު އެޅިތާ އެތަށް ދުވަހެއް. ޝަމީމު މެން މޭގަ އަތްޖަހާފަ ލިސްޓްގައި ނަމެއް ނޯންނާޔޭ އެބުނަނީ އެޔަޤީންކަން އޭނައަށް ލިބިފަ އޮތީމާ. މަޤާމު ތަކުގައި ތިބެގެން އެމީހުން އެޔަޤީންކަން އެވަނީ ހޯދާފަ. ޔާމީނު ގޮޅިޔަށް ލާން ވެގެން އަދީބު، ޒިޔަތު އަދި މޮހޯ ގްރޫޕާއި ޑީލް ހެދި ހިސާބުން އެއޮތޯ ގޯސް ހެދިފަ.
އަކިލީ
12 May 2021
އެފަދަ ކަމެއް ނުކުރަންޏާ ޔަގީންކަން އޮންނާނެ
ބަގުޑި
12 May 2021
ވީނުވީއެއް ނޭނގި ނަންތަކެއް ގެއްލިއްޖެ އެއާއެކު ތިޔަލިސްޓަށް އިތުވަރުވެސް ގެއްލިއްޖެ. ލަސްކުރީމަ އޭގެ ފައިދާ ނަގާ މުޅިއެތި ތިއޮތީ ގަޑުބަޑު ވެފަ. ސޯލިހު ތިޔަ ލިސްޓްގެ މަތީ އިށީނދެ އިނދެ ލިސްޓް ހޫނުކުރާތާ އެތަށް މަހެއް ވެއްޖެ. އިންތިހާބުން ބަލިވެ އިތުބާރު ގެއްލި ނަޝީދު ވައްވައް ޖަހައިގަތީމަ ދެން ނުވާނޭހެން ހީވީމަ ލިސްޓް ދިނީވެސް.
އަލީ
12 May 2021
ލިސްޓުން މީހުން އުނިވަނީ. އައްދޯއި