ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް: އޭނާ ވިދާޅުވަނީ ގައުމު މި ހާލަތަށް ވެއްޓުމުގައި 12 މެމްބަރުންގެ އިހުމާލު ބޮޑު ކަމަށް.
13 މެއި 2021 - 00:21
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ ދައުލަތުގެ އިސް މަގާމުތަކުގައި އެހާރާއި މިހާރު ތިއްބެވި އިސް ބޭފުޅުންނަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބާރާހީމް ރޭ ރައްދު ދެއްވައިފި އެވެ.
ނިޔާޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އިއްޔެ އާންމުކުރި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް، މިލިއަނުން ފައިސާ ނެންގެވި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އެ ލިސްޓުގައި، ރައްޔިތުންގެ މަޖިލީހުގެ އެހާރާއި މިހާރުގެ ބައެއް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ އެހާރާއި މިހާރުގެ ބައެއް ވެރިންނާއި ވަޒީރުކަމުގެ މަގާމު ފުރުއްވާފައިވާ އަދި މިހާރު ވެސް ފުރުއްވަމުން ގެންދަވާ އެއް ބޭފުޅަކު ހިމެނެ އެވެ.
"އަދާކުރާ ދައުލަތުގެ ވަޒީފާއިން 60،000 ރުފިޔާގެ މުސާރަ ލިބޭ މީހަކު މިލިއަނުން މިލިއަނުން ހަދިޔާ ދީ، ފައިސާ ބަހާ ހަދާއިރު، މި ވާނުވާ ނޭނގޭވަރުގެ ތެތްކަން ސިކުނޑީގައި ނެތް މީސްމީހުން ދައުލަތުގެ ޒިންމާދާރު މަގާމުތަކަށް ކުފޫ ހަމަނުވޭ،" ނިޔާޒް އިބްރާހިމްގެ ޓުވީޓުގައި ވެ އެވެ.
އޭނާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ފެންމަތި ކުރެއްވި ބޭފުޅާ އެވެ. އޭރު ނިޔާޒް އިބްރާހިމް ހުންނެވީ އޮޑިޓާ ޖެނެރަލްކަމުގެ މަގާމުގަ އެވެ. އެ މަގާމު ގެއްލެން މެދުވެރިވި އެއް ސަބަބަކީ ވެސް އެ ބޮޑު ހިޔާނާތާ ދެކޮޅަށް ފާޅުގައި ނުކުންނެވުމެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓުގައި ނަން ހިމަނާފައި އޮތުމުންް އެ ގެއްލެނީ މުޅި އޮފީހުގެ ކަރާމާތް ކަމަށް ވިދާޅުވެ އެ މަގާމުން، އެންމެ ފަހުގެ އޮޑިތަ ޖެނެރަލް ހަސަން ޒިޔަތު ވެސް ރޭ ވަނީ އިސްތިއުފާ ވެސް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޒިޔަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓަ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް އަދި އެއްވެސް ރިޝްވަތެއް، ނުވަތަ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެކަމުގެ ޔަގީން ވެސް ދެއްވާ ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޒިޔަތު ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ލިބިވަޑައިގެންފައިވާ ފައިސާ އަކީ، 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރި އިރު ޕީޕީއެމްގެ ޓިކެޓާ އެކު ކެމްޕޭން ކުރަން ދިން ދެ ލައްކައެއްހާ ރުފިޔާ އެވެ. އެއީ އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ދިން ފައިސާއެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެ ފައިސާ ދިންއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެއްވެސް ވާހަކައެއް ފެންމަތިވެފައި ނުވާ ކަމަށާއި އެ ފައިސާއަކީ ޚިޔާނާތުގެ ފައިސާއެއްކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމް އެޗް
13 May 2021
ނިޔާޒް ހަސަދަވެރިވަނީ. ޒިޔަތު އޮޑިޓް އޮފީހާ ހަވާލުވިފަހުން ތަނަށް އައި ކުރިއެރުން ފެނި ހަޖަމުނުވީ. ޒިޔަތު އަކީ މުވައްޒަފުންނަށްވެސް އެހާ ހެޔޮ ބޭފުޅެއް. ނިޔާޒު އޭޖީ އަކަށް ހުރި އިރުވެސް އެތާ އުޅުނު މީހެއް އަޅުގަނޑަކީ. މޮޅުވާހަކަ ދެއްކިޔަސް ޒިޔަތު ހިންގާ ފެންވަރާ ގާތަށްވެސް ނިޔާޒަކަށް ނުވާނެ. ކުފޫ ހަމަވާނީ ހަމަ އެކަނި އަނގަޔަކުން ނޫން
އޮޑިޓަރ
13 May 2021
ސިޔާސީ ޕާޓީއަކުން ފައިސާ ދިނަސް އެޕާޓީއަށް އެވަރަށް ފައިސާލިބޭނެ ގޮތެއް ނެތި ފައިސާ ބަހާނަމަ އެއީ "ޝައްކު" އުފެދޭ ފައިސާއެއްކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް އެނގޭނެ. އަނެއްކާ އެކިއެކި ވައިބާ ގުރޫޕުތަކުގައި ދެކެވިފައިހުރި ވާހަކަތަކައް ބަލާއިރު ބަހަމުންދިޔަ ފައިސާއަކީ "ގޮތްނޭނގޭ" ފައިސާއެއްކަމަށް ނުބެލެވޭ. މިހާރު ދައްކާނެ އިތުރު އުޒުރެއް ނޯންނާނެ
ނާނު
13 May 2021
މަހު ކުއްްޔަށް ހިފައިގެން ތިބުމަށްވުރެ ތަނެއްހަދައިގެން ތިބީމަ މަހުކުލި ދެއްކުމަށް ވުރެ ޚަރަދު ކުޑައީ ކަމަށް ވެދާނެއެއްނު
ސަފާ.
13 May 2021
ނިޔާޒަކކ ކީ އިޚުލާސްތެރި ތެދުވެރި ބޭފުޅެއް.
1976
13 May 2021
ފައިސާ, ގޯތި, ގެދޮރު, ވިޔަފާރި, ސަރުކާރަށް ނަގާ.ދުވަހަކު ވެސް ދިވެއްސަކު މީހަކު ދޭ އެއްކެއްގެ އަސްލު ނުބަލާ ބެނުންނުކުރާވަރު ކޮއްލާ.
1976
13 May 2021
ހިޔާނާތް ތެރިން އަތުން ގަނެފަހުރި ފްލުތްތައް އަތުލާ.ގެދޮރު ސަރުކާރަށް ނަގާފަ ޕާކުތައް ހަދާ.އެ ފައިސާ ހޯދާދާ
1976
13 May 2021
ތެދުވެރިކަމާ އެކު މަގާމަށް ފައިނަގާނަމަ, މަރްހަބާ.
ބޯބުރާންޗުތަކުރު
13 May 2021
ނިޔާޒަކީ ހިތްވަރުގަދަމީހެއް. އަދީބު ނޭއްގާނީކަމަށް ފާޅުގާތެދުންވަންކެރުނު މަދު ދެތިންމީހުންކުރެ އެކަކު. ދެން ޒިޔަތުގެ އިސްތިއުފާއާމެދު ބުނެވޭނީ އެއީ ވަރަށް ފުރިހަމަ އިސްތިއުފާއެކޭ. ދެބޭފުޅުންނަށް ޝުކުރިއްޔާ އަދި އީދުމުބާރިކް.
ހިރާފް
13 May 2021
ލައްކައެއްހާ ރުފިޔާ މުސާރަ ލިބޭ ރައީސް އިބޫ ފަޅިއަށް މަޖިލީހުގެ މެޖޯރިޓީ މެންބަރުން އެރީ ކީއްވެ؟؟ ގިނަ މެންބަރުންނަކީ ނަޝީދު ފޫބުޑުން އުޅުން މީހުން..
ލަދު
13 May 2021
ޢެއީ ޒަކާތު ލިސްޓުގައިވާ ފަގީރުންކޮޅެއް.